މަރުގެ ހުކުމް ތަންފީޒުނުކުރަން ޒަމާނުއްސުރެ އޮތް ސިޔާސަތު ބަދަލެއް ނުވޭ: އިމްރާމް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ-- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މަރުގެ އަދަބާމެދު ރާއްޖެއިން ގެންގުޅޭ ސިޔާސަތު ބަދަލުނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން، މި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ގުޅޭ ގޮތުން ސުވާލުކުރުމަށް މިނިސްޓަރު އިމްރާން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށްފަ އެވެ. މިކަމާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލުކޮށްފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ.

"އެކަމާ ގުޅޭ ގޮތުން މިހާރު ވެސް އަމަލު ކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުން، މިއީ މި ސަރުކާރުން އަލަށް އުފަން ކުރި ސިޔާސަތެއް ނޫން، މިއީ ޒަމާނުއްސުރެ ރާއްޖޭގައި އަމަލު ކުރަމުން އައި ގޮތް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ވޭތުވެދިޔަ ބައެއް ސަރުކާރުތަކުން މަރުގެ ހުކުމް ތަންފީޒު ކުރުން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށެވެ. އެގޮތުން އެކި ފަހަރު މަތީން އެކަމާ ގުޅޭ ވާހަކަ ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް ދެވަނަ ޖުމްހޫރިއްޔާގެ އެއްވެސް ވެރިކަމެއްގައި މަރުގެ ހުކުމާ ގުޅިގެން އަމަލު ކުރަމުން އަންނަ ސިޔާސަތަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.

"ވޭތުވެދިޔަ ސަރުކާރުގައި އެ ކަން ތަންފީޒު ނުކޮށް އޮތީ މި މޭރުމުން ކަމުގައި އަޅުގަނޑު ދެކެން،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ނުސީދާކޮށް އިޝާރާތް ކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުގައި ހުންނެވިއިރު، އެ މަނިކުފާނުގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރަން ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެ، ދެއްކެވި ވާހަކަތަކަށް ކަމަށް ބެލެވެ އެވެ.

ޔާމީންގެ ސަރުކާރުގައި ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމައި އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ސާމާނު ވެސް ގެނެސްފައިވާ ކަމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވެ އެވެ.

އަދި މަރުގެ ހުކުމް ތަންފީޒު ކުރަން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ހިމެނޭ ތަފްސީލީ ގަވައިދެއް ވެސް އެކުލަވައިލި އެވެ. ނަމަވެސް، ޔާމީން ވެރިކަން ނިމުމާ ހަމައަށް އެކަމަށް އަމަލީ ސިފައެއް ގެނެސްފައެއް ނުވެ އެވެ.

ރާއްޖޭގައި މަރަން ހުކުމްކޮށްފައިވާ މީހުންގެ ތެރެއިން އިސްތިއުނާފުގެ ހުރިހާ މަރުހަލާތަކެއް ނިމިފައި މިވަގުތު ތިބީ ތިން މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox