ނިމިދިޔަ ހަފްތާ: މަސް ނުކިރުމުން ގިނަ ކަންބޮޑުވުންތަކާ އެކު މަސްވެރިން އިހުތިޖާޖަށް

ގއ. ކޫއްޑޫ ބަނދަރުގައި މަސް ކިރަން ގޮސް ތިބި ދޯނިތަކެއް. މަސްވެރިން ބާނާ މަސް ގަނެ ފިނިކުރާނެ ކެޕޭސިޓީއެއް މިފްކޯގައި ނެތުމަކީ އެމީހުންގެ ބޮޑު ކަންބޮޑުވުމެއް --- ފޮޓޯ: ޒުވާން މަސްވެރިޔާ

ގއ. ކޫއްޑޫ ބަނދަރުގައި މަސް ކިރަން ގޮސް ތިބި ދޯނިތަކެއް. މަސްވެރިން ބާނާ މަސް ގަނެ ފިނިކުރާނެ ކެޕޭސިޓީއެއް މިފްކޯގައި ނެތުމަކީ އެމީހުންގެ ބޮޑު ކަންބޮޑުވުމެއް --- ފޮޓޯ: ޒުވާން މަސްވެރިޔާ

ދެކުނުގެ މަސްވެރިކަން އިންތިހާއަށް ރަނގަޅުވެ ގއ. ކޫއްޑޫގެ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ކިރަން ދޯނިފަހަރު ދިޔުމާ ގުޅިގެން މަސް ގަންނަ މިންވަރު މިފްކޯ އިން ލިމިޓު ކުރުމުން މަސްވެރިން ނިމިދިޔަ ހަފްތާގައި އިހުތިޖާޖުކޮށް އެ މީހުންގެ ހުރި ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރި އެވެ.

ދުވަހުން ދުވަހަށް މަސްވެރިން ބާނާ މަސް ކިރުމުގެ ގޮތުން އެޕްރީލް 6 އިން ފެށިގެން މިފްކޯއިން ދޯންޏަކުން ފަސް ޓަނު މަސް ކިރަމުންދާތީ ގާތްގަނޑަކަށް 50-100 އާ ދެމެދުގެ އަދަދަކަށް މަސްވެރިން ވަނީ މިދިޔަ ހަފުތާގައި ކޫއްޑޫއަށް އަރައި ހިތްހަމަނުޖެހުން ފާޅުކޮށް، އިހުތިޖާޖުކޮށްފަ އެވެ.

އެއާއެކު މަސްވެރިންގެ ޝަކުވާތައް އަޑުއަހައި، ހައްލެއް ހޯދުމަށްޓަކައި މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އެކު ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހު ކޫއްޑޫ ބަނދަރުގައި އޮތް ދޯނިފަހަރުގެ ހުރިހާ މަހެއް ކިރަން ފެށި އެވެ.

ރާއްޖޭގެ އިގްތިސާދު ކުރިއެރި ނަމަވެސް ދަރަނީގެ ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ސަބަބުން ރާއްޖެއަށް ވަނީ ނާޒުކު ހާލަތެއް ކުރިމަތިވެފައި ކަމަށް ވޯލްޑް ބޭންކުން ބުނީ ވެސް މިދިޔަ ހަފްތާގަ އެވެ. މި އަހަރު ރާއްޖޭގެ އިގްތިސޯދު 7.6 ޕަސެންޓުގައި ކުރިއަރާނެ ކަމަށް އެ ބޭންކުން ލަފާކޮށްފައިވާ މިދިޔަ ހަފްތާ ނެރުނު "މޯލްޑިވްސް ޑިިވެލޮޕްމެންޓް އަޕްޑޭޓް" ރިޕޯޓްގައިވާ ގޮތުން އަންނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެ އެވެ.

އޭޝިއާގެ ތަރައްގީވަމުން އަންނަ ގައުމުތަކާއި ޕެސިފިކުގެ ޖަޒީރާ ގައުމުތައް ހިމެނޭ ގޮތަށް، މި އަހަރު އެންމެ ބާރު ދުވެލީގައި ކުރިއަރާނީ ރާއްޖޭގެ އިގުތިސޯދު ކަމަށް އޭޝިއަން ޑިވަލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ލަފާކުރީ މިދިޔަ ހަފްތާގަ އެވެ. އަހަރަކު އެއް ފަހަރު އެ ބޭންކުން ނެރޭ އޭޝިއަން ޑިވަލޮޕްމަންޓް އައުޓްލުކްގައި ހިމަނާފައިވާ 46 ގައުމުގެ ތެރެއިން ދެ ޑިޖިޓުގައި ކުރިއަރާނެ ކަމަށް ލަފާކުރާ ހަމައެކަނި އިގުތިސޯދަކީ ވެސް ރާއްޖެ އެވެ.

ދީނީ ހަރުކަށި ޖަމާއަތްތަކުގެ ފަރާތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ނުރައްކާ ހުއްޓުވަން ރާއްޖޭގެ ސަރުކާރުން އެދެވޭ މަސައްކަތްތަކެއްކޮށްފައި ނުވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ވޮޗުން ރާއްޖެއަށް ފާޑުކީ ވެސް މިދިޔަ ހަފްތާގަ އެވެ. އެ ޖަމިއްޔާއިން މިދިޔަ ހަފްތާ ނެރުނު ރިޕޯޓެއްގައި ބުނީ ސަރުކާރުން ނޫސްވެރިކަމާއި މީޑިއާ އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދާއިރާއިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ނަމަވެސް, ސަރުކާރުން ބައެއް އެހެން ކަހަލަ މުހިންމު ބަދަލުތައް ގެނައުމުގައި ފަރުވާކުޑަ ކޮށްފައިވާ ކަމަށެވެ.

ޓެރަރިޒަމްގެ ތުހުމަތެއްގައި ރާއްޖޭގެ ޖަލެއްގައި ބަންދުކޮށްފައި ހުއްޓައި މަރުވި ޔަމަންގެ ޔާސިރު ޔަހްޔާ ސޯލިހް އާއި އައިސިސްގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ މުހައްމަދު އަމީންއާ ގުޅުމެއް އޮތް ކަމަށް ދައުލަތުން ޝަރީއަތަށް ހުށަހެޅި ހެކިވެރިއަކު ބުނީ ވެސް މިދިޔަ ހަފްތާގަ އެވެ.

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ޝަރީއަތުން ނިންމީ ވެސް މިދިޔަ ހަފްތާގަ އެވެ.

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންނާއި އެ ހިޔާނާތް ހިންގުމަށް ނުއަގުގައި ވިއްކާފައިވާ ރަށްތަކާއި ފަޅުތަކުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާނީ އެކީގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކުރީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.

ފަނޑިޔާރުންނަށް ފްލެޓް ދޭ ސްކީމެއް ސަރުކާރުން ތައާރަފްކޮށްފައި ނެތުމުން، އެ މައްސަލައިގައި އިހްތިޖާޖަށް ނިކުމެ، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނުގެ "ކަރުބުޑުގައި ރަހަލާ ވަރު" ކުރަންޖެހޭ ކަމަށް ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމް ވިދާޅުވީ ވެސް މިދިޔަ ހަފްތާގަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރަޝިއާ ޓޫރިސްޓުންގެ އަދަދު 56 ޕަސެންޓު ދަށަށް ދިޔުން
  • ދެކުނު އެފްރިކާއަށް މޯލްޑިވިއަނުން ދަތުރުތައް ފަށަން ތައްޔާރުވުން
  • ކުލި ނުލިބެންޏާ އެޗްޑީސީއަށް ލޯނެއް ނުދެއްކޭނެ ކަމަށް އޮޑިޓް އޮފީހުން ބުނުން
  • ހިޔާ ފްލެޓަށް ކުލި ނުދައްކަން ގޮވާލި މައްްސަލަ ބަލަން އެޗްޑީސީން ހުށަހަޅަނީ
  • ފުށް ފެކްޓްރީ އެޅުމަށް ކުޅުދުއްފުށިން ބިމެއް ކަނޑައަޅައި މަސައްކަތް ފަށަން ތައްޔާރުވުން
  • ބައެއް މުހިންމު ކަންތައްތަކަށް އާސަންދަ ނުލިބޭ މައްސަލަ ހައްލުކުރަނީ
  • ރިސޯޓުތަކާއި ވިޔަފާރި ކުންފުނިތަކަށް ވިއްކާ ތެލުގެ އަގު ބޮޑުކުރުން
  • މިފްކޯއަށް މަސް ގަނެވޭ ވަރު އިތުރު ކުރަން ބޭރުގެ ބޯޓެއް ގެންނާނެކަން ހާމަކުރުން

ހަފުތާގެ ހޮވާލެވޭ ބައެއް ލިޔުން

  1. މިއީ ހާއްސަ އެހީއަށް ބޭނުންވާ ދެ ދަރިންނާއެކު ކުރަންޖެހުނު ރާޅު ގިނަ ދަތުރުގައި ކުރި ތަޖުރިބާއާ އެކު، އޭނާ ފަދަ މައިންނަށް އުފާވެރި، ލުއި ދިރިއުޅުމެއް ހޯދައިދިނުމަށް އައިޝަތު އެމީލާ، (އެމީ) ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލާއި ޖަވާބު ހިމެނޭ އައިމިނަތު އިބްރާހިމް ލިޔެފައިވާ ރިޕޯޓެކެވެ.
  2. މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަނެ ފުރިހަމަ ވަމުން އަންނަ މަރުހަލާގައި ހިތުގައި ގުދުރަތީ ގޮތުން އުފެދޭ ލޯވަޅުތައް ބެއްދުމަށް ނެޝަނަލް ކާޑިއެކް ސެންޓަރު (އެންސީސީ) އިން އަލަށް ބޭނުންކުރި ޓްރާންސްކެތެޓާ ޑިވައިސް ކްލޯޝާ ފަރުވާ އާ ގުޅޭ ތަފްސީލްތައް އަހްމަދުﷲ އަބްދުލްހާދީ މި ރިޕޯޓުގައި ގެނެސްދީފައިވެ އެވެ.
  3. މަގުމަތީގައި އާންމު ބޭނުމަށް ހުންނަ ހުސް ޖާގަތައް (ޕަބްލިކް ސްޕޭސް) އާންމު އެންމެންގެ ބޭނުމަށް އޮތުމުގެ ބަދަލުގައި ދިގު މުއްދަތަކަށް ޕާކިން ސްލޮޓްގެ ގޮތުގައި ވިއްކުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިފައިވޭތޯ ކުރަމުންދާ ސުވާލަށް ޖަވާބު ހޯދުމުގެ ގޮތުން މުހައްމަދު އުޝާމް ލިޔެފައިވާ ރިޕޯޓެކެވެ.

ދިރާސާތަކުން ކިޔާލުމަށް

"މޯލްޑިވްސް - ޕަބްލިކް ސެކްޓާ އެކައުންޓިން އެންޑް އޮޑިޓިން"

މިއީ ރާއްޖޭގެ އޮޑިޓް ކުރުމާއި އެކައުންޓިން ދާއިރާގައި ބޭރުގެ އެހެން ގައުމުތަކާ މެދު ހުރި ތަފާތުތައް ދެނެގަތުމަށް ވޯލްޑް ބޭންކުން ކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގެ އަލީގައި ރާއްޖޭގައި އެކައުންޓިން އަދި އޮޑިޓް ކުރުމަށް ގެނެވިދާނެ ބަދަލުތަކެއް ވެސް ވަނީ ހުށަހަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox