މުޅި އޭޝިއާއިން އިގުތިސޯދު އެންމެ ކުރިއަރާނެ ގައުމަކީ ރާއްޖެ: އޭޑީބީ

ކޮންސްޓަރަކްޝަން ސައިޓެއްގައި ބަޔަކު މަސައްކަތް ކުރަނީ: އިގުތިސޯދު ކުރިއަރާ ސަބަބުތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން ސިނާއަތަށް އަންނަ ކުރިއެރުން އޭޑީބީން ފާހަގަކުރޭ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ކޮންސްޓަރަކްޝަން ސައިޓެއްގައި ބަޔަކު މަސައްކަތް ކުރަނީ: އިގުތިސޯދު ކުރިއަރާ ސަބަބުތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން ސިނާއަތަށް އަންނަ ކުރިއެރުން އޭޑީބީން ފާހަގަކުރޭ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އޭޝިއާގެ ތަރައްގީވަމުން އަންނަ ގައުމުތަކާއި ޕެސިފިކުގެ ޖަޒީރާ ގައުމުތައް ހިމެނޭ ގޮތަށް، މި އަހަރު އެންމެ ބާރު ދުވެލީގައި ކުރިއަރާނީ ރާއްޖޭގެ އިގުތިސޯދު ކަމަށް އޭޝިއަން ޑިވަލޮޕްމަންޓް ބޭންކު (އޭޑީބީ)އިން ލަފާކޮށްފި އެވެ.

އަހަރަކު އެއް ފަހަރު އެ ބޭންކުން ނެރޭ އޭޝިއަން ޑިވަލޮޕްމަންޓް އައުޓްލުކްގައި ހިމަނާފައިވާ 46 ގައުމުގެ ތެރެއިން ދެ ޑިޖިޓުގައި ކުރިއަރާނެ ކަމަށް ލަފާކުރާ ހަމައެކަނި އިގުތިސޯދަކީ ވެސް ރާއްޖެ އެވެ.

އިގުތިސޯދީ ދުވެލި ބާރު ވާނެ ކަމަށް އެ ރިޕޯޓުގައި ބުނި ނަމަވެސް، ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ޓޫރިސްޓުންގެ އަދަދު 10 ޕަސެންޓު ދަށަށް ދާނެ ކަމަށް އެ ބޭންކުން ލަފާކުރެ އެވެ. އެއީ 1.18 މިލިއަން ޓޫރިސްޓުންނެވެ.

މިއީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ލަފާކުރި 1.6 މިލިއަން ޓޫރިސްޓުންނަށް ވުރެ ބައި މިލިއަނެއްހާ މަދު އަދަދެކެވެ.

ޓޫރިޒަމަށް ލޮޅުމެއް އައި ނަމަވެސް އިގުތިސޯދު މި މިންވަރަށް ކުރިއަރާނެ ކަމަށް އޭޑީބީން ލަފާކުރި ސަބަބުތަކުގެ ތެރޭގައި ފާހަގަކުރީ ކޮންސްޓްރަކްޝަން ސިނާއަތެވެ. އެގޮތުން މިހާރު ފަށާފައިވާ މާލެ-ތިލަފުށި ބްރިޖު މަޝްރޫއާއި މި އަހަރު ފަށަން ރާވާފައިވާ ގުޅިފަޅު ޕޯޓް މަޝްރޫއުގެ ސަބަބުން ކޮންސްޓްރަކްޝަން ސިނާއަތަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

މި ލަފާކުރުންތަކަށް ހުރި ގޮންޖެހުންތަކުގެ ގޮތުގައި އޭޑީބީން ފާހަގަކުރީ މިހާރަށް ވުރެ ނުރައްކާތެރި ކޮވިޑު ވޭރިއަންޓެއް ފެތުރުމުގެ ބިރާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ދިގުލައިގެން ދިޔުމެވެ.

މި ދެ ކަމަކީ ވެސް ޓޫރިޒަމް އިތުރަށް ހީނަރުވެ، އޭގެ އަސަރު ދައުލަތުގެ އާމްދަނީއަށް ކުރާނެ ކަންކަމެވެ. އެއާ އެކީ، ހަރަދުތައް ހަމަޖެއްސުމާއި ދަރަނި އަދާކުރުމުގެ ގާބިލިއްޔަތަށް އަސަރު ކުރާނެ ކަމަށް އޭޑީބީން ބުންޏެވެ.

ތެލުގެ އަގާއި މިނިމަމް ވޭޖާ ހެދި އިންފްލޭޝަން މަތި ވާނެ

ދިވެހި އިގުތިސޯދަށް އޮތް އަނެއް ނުރައްކަލަކީ މުދަލުގެ އަގު އުފުލުމެވެ. މިގޮތުން މި އަހަރުގެ ތެރޭގައި އިންފްލޭޝަން (މުދަލުގެ އަގު އުފުލޭ ނިސްބަތް) ތިން ޕަސެންޓަށް އުފުލޭނެ ކަމަށް އޭޑީބީން ލަފާކުރެ އެވެ.

މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން 2.6 ޕަސެންޓަށް ވުރެ މަތީ އަދަދެކެވެ.

އިންފްލޭޝަން މައްޗަށް ދާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބަކީ އިގުތިސޯދީ ހަރަކާތްތަކަށް ކޮންމެހެން ބޭނުންވާ ތެލުގެ އިމްޕޯޓުތަކުގެ އަގު އުފުލުމެވެ. އަނެއް ސަބަބަކީ ޖެނުއަރީން ފެށިގެން ތަންފީޒުކުރަން ފަށާފައިވާ މިނިމަމް ވޭޖެވެ.

މުދަލުގެ އަގު އުފުލުނު ނަމަވެސް އަވައްޓެރި ގައުމުތަކާއި އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކާ އަޅާކިޔާ އިރު ރާއްޖޭގެ އިންފްލޭޝަން މަތިވާ މިންވަރު ކުޑަ އެވެ. އޭޑީބީގެ މެމްބަރު ގައުމުތަކުގެ އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކުރާ 3.7 ޕަސެންޓުގެ އެވަރެޖަށް ވުރެ ވެސް ކުޑަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސްގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމެވެ. 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ބަލައިގެންފައިވާ މި ދުވުން އޮންނާނީ 20 ނޮވެމްބަރު 2026 ގައި ހުޅުމާލޭގައެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ބާއްވާ މި ހަރަކާތުގައި ހާފް މެރަތަން އާއި އެކި ކިލޯމީޓަރުތަކުގެ ދުވުންތައް ހިމެނެއެވެ.

އެސްޖޭ ދިހެރެޔާ ރެސިޑެންސްގެ އެޕާޓްމަންޓް ބުކިންއަށް ހުޅުވާލައިފި

އެސްޖޭ ގްރޫޕުން ހުޅުމާލޭ ފޭސް 1 ގައި ތަރައްގީކުރާ 'އެސްޖޭ ދިހެރެޔާ ރެސިޑެންސް' ގެ އެޕާޓްމަންޓްތައް 3.6 މިލިއަން ރުފިޔާއިން ފެށޭ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް އަމާޒުކޮށްފައިވާ މި ކޮންޑޮމީނިއަމްގައި އިންފިނިޓީ ޕޫލާއި، ޖިމް އަދި ޕާކިން ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭއިރު، މިއީ ހުރިހާ ޚިދުމަތްތަކެއް ކައިރިން ލިބޭނެ ހިތްގައިމު ސަރަހައްދެއްގައި ބިނާކުރާ އިމާރާތެކެވެ.

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

Newsletter

Get the latest news delivered straight to your inbox