ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ހަރުކަށި ފިކުރާ ގުޅުވައި ހިއުމަން ރައިޓްސް ވޮޗުގެ ފާޑުކިޔުން ސަރުކާރަށް

މޭ 6 2021: ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ސިފައިންގެ މީހަކު ހަމަލާދިން ސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓަނީ. ފޮޓޯ: އަދަދު ފައިލް

މޭ 6 2021: ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ސިފައިންގެ މީހަކު ހަމަލާދިން ސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓަނީ. ފޮޓޯ: އަދަދު ފައިލް

ދީނީ ހަރުކަށި ޖަމާއަތްތަކުގެ ފަރާތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ނުރައްކާ ހުއްޓުވަން ރާއްޖޭގެ ސަރުކާރުން އެދެވޭ މަސައްކަތްތަކެއްކޮށްފައި ނުވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ވޮޗުން ރާއްޖެއަށް ފާޑުކިޔައިފި އެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު "އައި ކުޑް ހޭވް ބީން ނެކްސް، ސްޓައިމީޑް ރިފޯމްސް އިން ދަ މޯލްޑިވްސް" ރިޕޯޓެއްގައި ބުނީ ދިވެހި ސަރުކާރުން ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދާއިރާއިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ނަމަވެސް, ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބައެއް އެހެން ކަހަލަ މުހިންމު ބަދަލުތައް ގެނައުމުގައި ފަރުވާކުޑަ ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެފަދަ ދާއިރާތަކުން މަސައްކަތްކުރާ ޖަމާއަތްތަކާއި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކާއި ނޫސްވެރިންނަށް ހުރަސްއަޅައި އަނިޔާވެރިކަމަށް ގޮވާލާ ޖަމާއަތްތަކަށް އަދުލުއިންސާފުގެ ނިޒާމު ބަލިކަށިކޮށް ފެންނަ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

ޖުމްލަ 56 ސަފްހާގެ އެ ރިޕޯޓުގައި ވަނީ ސަރުކާރުގެ ފަސް އަހަރު މެދަކާ ހިސާބަށް ގޮސްފައިވާއިރު، ރިޔާސީ އިންތިހާބަށް ވެފައިވާ ބައެއް ވައުދުތައް ފުއްދިފައިނުވާކަން ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ނުރައްކާ ނައްތާލުމަށާއި، ޖިނާއީ އަދުލުގެ ނިޒާމަށް ގެންނަން ނިންމި ބަދަލުތަކާ ގުޅޭ ވައުދުތައް ހިމެނޭކަމަށް ހިއުމަން ރައިޓްސް ވޮޗުން ފާހަގަކުރެ އެވެ.

އެ ރިޕޯޓުގައި ވަނީ މިދިޔަ އަހަރުގެ މޭ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާ އެފަދަ އެއް މިސާލުގެ ގޮތުގައި ފާހަގަކޮށްފަ އެވެ. އެގޮތުން، ސިޔާސީ ގޮތުން ހިމާޔަތް ލިބިފައިވާ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ކިބައިން ކުރިމަތިވާ ނުރައްކާތަކަށް ފިޔަވަޅު އަޅަން ސަރުކާރަށް ނުކުޅެދިފައިވާ ކަމަށް އެ ޖަމިއްޔާއިން އެ ރިޕޯޓުގައި ފާހަގަކުރެ އެވެ.

އޭގެ އިތުރުން ވެސް ރާއްޖޭގައި ދީނުން ބޭރުވެފައިވާ ކަމަށް ބުނެ ބިރުދެއްކުމާއި އިންޒާރު ކުރިމަތިވާ ދީނީ އިލްމުވެރިންނާއި، އަންހެނުންގެ ހައްގުތަކަށް ވަކާލާތްކުރާ މީހުންނާއި، ޖިންސީ ގޮތުން އެކި ކަންކަމަށް ވަކާލާތުކުރާ ފަރާތްތަކާއި، ނޫސްވެރިންނަށް އެފަދަ ހަރުކަށި ޖަމާއަތްތަކުގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ވެސް ސަރުކާރަށް ހުއްޓުވިފައިނުވާ ކަމަށް އެ ޖަމިއްޔާގެ ރިޕޯޓުގައި ފާހަގަކުރެ އެވެ.

"އަޅުގަނޑަކީ މިހާރު ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން އަބަދު ވެސް ބިރު ދެއްކުމުގެ ގޮތުން އަމާޒުކުރާ މީހަކަށް މިވަނީ ވެފަ،" ހިއުމަން ރައިޓްސް ވޮޗުގެ އެ ރިޕޯޓަށް އިންޓަވިއުއެއް ދިން ހަރުކަށި ފިކުރާ ދެކޮޅަށް ވަކާލާތުކުރާ ރާއްޖޭގެ އެކްޓިވިސްޓެއް ބުނެ އެވެ.

ނަމަވެސް އެ ޖަމިއްޔާއިން ބުނީ މި ސަރުކާރުގެ ފަރާތުން ނޫސްވެރިންނަށް އޮތް ބިރާއި ނުރައްކާ ބޮޑުތަނުން ދަށްވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން، މިހާރު ނޫސްވެރިންގެ ފަރާތުން ސަރުކާރަށް ޖެހިލުންނުވެ ޒިންމާ އަދާކުރުމުގައި ޖޫރިމަނާ، ޖިނާއީ ދައުވާ، ސެންސަޝިޕުގެ ވާހަކަތައް ނުއިވޭ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

ނަމަވެސް، ސިޔާސީ ފަރާތްތަކާއި، ވަރުގަދަ ދީނީ ޖަމިއްޔާތަކުގެ ފަރާތުން އަންނަ ފިއްތުންތަކަށް ސަރުކާރު ލެނބުމުގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭކަން ފާހަގަކުރެވޭ ކަމަށް އެ ޖަމިއްޔާއިން ނެރުނު ރިޕޯޓުގައި ބުނެ އެވެ.

"ވަކި ބަޔަކަށް އަމާޒުކޮށް ދޭ ނުރައްކާތެރި ހަމަލާތައް ސަރުކާރަށް ތަހުގީގުކޮށް ދައުވާކުރުމުގައި ނާކާމިޔާބުވެފައިވާތީ، ޖިނާއީ އަދުލުގެ ނިޒާމު ބަލިކަށިވެފައިވާ ކަމަށާއި އަދި އެއްވެސް އަދަބެއް ނުލިބި ސަލާމަތްވެވޭނެކަމުގެ އިހުސާސް ބައެއް ފަރާތްތަކަށް ކުރެވިފައިވޭ،" ޕެޓްރިޝިއާ ގޮސްމެން، ހިއުމަން ރައިޓްސް ވޮޗުގެ އެސޯސިއޭޓް އޭޝިއާ ޑިރެކްޓަރު އެ ރިޕޯޓާއި ގުޅިގެން ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް ވޮޗުން އެ ރިޕޯޓު ތައްޔާރުކުރީ ޖުމްލަ 26 ފަރާތަކާއި އިންޓަވިއު ކުރުމަށް ފަހު އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ކަމާގުޅޭ މީހުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ އެފަދަ މީހުން ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

ހިއުމަން ރައިޓްސް ވޮޗުން ގޮވާލީ، ރާއްޖެއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ޔޫރަޕިއަން ޔޫނިއަން، އިނގިރޭސިވިލާތް އަދި އެމެރިކާ ފަދަ ގައުމުތަކުން ވެސް އިންސާނީ ހައްގުތައް ހިމާޔަތްކުރާ މިނިވަން މުސްތަގިއްލު މުއައްސަސާތައް އިތުރަށް ބާރުވެރިކުރުވުމަށް މަސައްކަތް ކުރުމަށެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނީ އެ ރިޕޯޓަށް ރައީސް އޮފީހުން ލިޔުމުން ޖަވާބު ދެއްވި ކަމަށެވެ. އަދި، އެ ޖަވާބުގައި ދީނީ ހަރުކަށި ފަރާތްތަކުގެ ކިބައިން ނުރައްކާ ކުރިމަތިވާ މީހުން އެފަދަ ކަންކަން ރިޕޯޓު ކުރުމުން އެދެވޭ މިންވަރަކަށް ތަހުގީގު ނުކުރެވޭމކަމަށް އިހުސާސްވާމކަމަށް ބުނާމކަމަށް ރައީސް އޮފީހުން ފާހަގަކޮށްފައިވެ އެވެ.

ސަރުކާރުން އިތުރަށް ބުނީ އެކަންކަން ހައްލުކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި ކަމާގުޅޭ މުއައްސަސާތަކާ އެކުގައި މަސައްކަތްކުރަމުންދާ ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗުން އިތުރަށް ބުނީ، ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު ގާއިމުކުރެއްވި ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަަކުގެ މައްސަލަ ބަލާ ކޮމިޝަން، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭ އެކަންކަން ތަހުގީގު ކުރުމުގައި ކުރިއެރުމެއް ހޯދިފައި ނުވާކަން ފާހަގަކޮށްފަ އެވެ. އަދި، ސިޔާސީ ފަރާތްތަކުން ޖިނާއީ އަދުލުގެ ނިޒާމަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކެއް ވެސް އެ ކޮމިޝަނާއި ގުޅިގެން ކުރެވިފައިވާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.

އެ ޖަމިއްޔާއިން ބުނީ ފުލުހުންގެ ތަހުގީގުތައް ވަޅުލެވިފައިވާއިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށާއި ކޯޓުތަކަށް ވެސް މައްސަލަތަކުގައި ދައުވާކޮށް އަދަބު ދިނުމުގައި ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި، ސިޔާސީ ފަރާތްތަކުން ކުށްވެރިންނާއި ގޭންގުތަކަށް އެމީހުންގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނީ އެފަދަ މައްސަލަތަކުގައި އަދި މިހާތަނަށް ދައުވާކުރެވިފައި ވަނީ އެންމެ މަރެއްގައި ކަމަށެވެ. އަދި، ދެން ހުރި މައްސަލަތަކުގައި ތުހުމަތުވާ މީހުން މިނިވަންވެފައިވާ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުގެ އެބަ އޮތް ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެ ޖަމިއްޔާއިން ފާހަގަކުރި އެފަދަ ބައެއް މައްސަލަތަކަުގެ ތެރޭގައި ޑރ. އަފްރާޝީމުގެ މަރުގެ މައްސަލަ، ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މައްސަލަ، ނޫސްވެރިޔާ އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ، ނޫސްވެރިޔާ އަދި ބްލޮގަރު ހިއްލަތު ރަޝީދަށް 2012 ވަނަ އަހަރު ދިން ހަމަލާގެ މައްސަލަ ހިމެނެ އެވެ.

"އެތައް އަހަރެއްގެ ހުދުމުހުތާރު ވެރިކަމެއް ދަށުން ރާއްޖެ މިނިވަންވީ ވަރަށް ފަހުން. އެކަމަކު ވަރުގަދަ އަދި ދިގުދެމިގެންދާ ޑިމޮކްރެސީއެއް ގާއިމުކުރުމަށް ރާއްޖެއިން އެދޭނަމަ، ރައީސް ސޯލިހުގެ ސަރުކާރުން އަދުލު އިންސާފުގެ ނިޒާމަށް ބޭނުންޖެހިފައިވާ އަވަސް ބަދަލުތައް ގެނައުމުގައި އަމާޒުހިފަން ޖެހޭ. އެކަމަކު މިހާރު ބޮޑަށް މި ފެންނަނީ ސަރުކާރު، އަސާސީ މިނިވަންކަމާއި ދެކޮޅުހަދާ ދީނީ ހަރުކަށި ޖަމާއަތްތަކަށް ސަރުކާރުން ގޮތް ދޫކުރާތަން،" ޕެޓްރިޝިއާ ގޮސްމެން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox