އަދަދު އޮފީސް ރެއިޑްކުރުން
43 ލިޔުން
ފަހުގެ
ހަބަރު"މުއިއްޒަށް ކުރާ ތުހުމަތު މަޖިލީހުން ތަހުގީގުކުރަންޖެހޭ"
"އައިޝާ" ޑޮކިއުމެންޓަރީގައި ރައީސް މުއިއްޒުގެ މައްޗަށް ކޮށްފައިވާ ސީރިއަސް ތުހުމަތުތައް ރައްޔިތުންގެ މަޖިލީހުން ތަހުގީގު ކުރަންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ. މި މައްސަލާގައި ފުލުހުން ހިންގާ ތަހުގީގަށް ފާޑުވިދާޅުވަމުން، ރައީސުލްޖުމްހޫރިއްޔާއަކީ މައުސޫމް ޝަހުސެއް ނޫން ކަމަށާއި ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިއްޖެނަމަ އެމަނިކުފާނު ޖަވާބުދާރީވާން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަބަރުފުލުހުންގެ އިންޓެލިޖެންސް ނިޒާމު ގޯސްވެދާނެކަމުގެ ބިރު
ފުލުހުންގެ އިންޓެލިޖެންސް ނިޒާމު ސިޔާސީ ވަސީލަތަކަށް ބަދަލުވެ، އެ ދާއިރާގެ އިތުބާރު ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން އިންޓެލިޖެންސް ނިޒާމު ހަރުދަނާކޮށް ފަންނީ މަސައްކަތަކަށް ބަދަލުކުރުމަށް ކުރެވުނު މަސައްކަތްތައް ފަހަތަށް ސޮއްސާލައި، ވަކިވަކި ފަރުދުންނަށް ފާރަލުމުގެ ސަގާފަތް އަލުން އިއާދަވެދާނެ ކަމުގެ ކަންބޮޑުވުން އެބައޮތެވެ.
