އަދަދު ނޫހާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގަން އެންގުމަށްފަހު، އައްބާސްގެ ސިއްރު ބައްދަލުވުމެއް މުލީއާގޭގައި

އައްބާސް ޝަރީފް ޕީޖީގެ ހުވާ ކުރައްވައި ފަތްކޮޅާ ހަވާލުވުމަށް ފަހު މުއިއްޒުއާ ވާހަކަ ދައްކަވަނީ. އެ މަގާމާ ހަވާލުވުމުގެ ކުރިން މުއިއްޒުގެ ގާނޫނީ އެޑްވައިޒަރަކަށް ހުންނެވީ އައްބާސް --- ފޮޓޯ: ރައީސް އޮފީސް

އައްބާސް ޝަރީފް ޕީޖީގެ ހުވާ ކުރައްވައި ފަތްކޮޅާ ހަވާލުވުމަށް ފަހު މުއިއްޒުއާ ވާހަކަ ދައްކަވަނީ. އެ މަގާމާ ހަވާލުވުމުގެ ކުރިން މުއިއްޒުގެ ގާނޫނީ އެޑްވައިޒަރަކަށް ހުންނެވީ އައްބާސް --- ފޮޓޯ: ރައީސް އޮފީސް

އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް އެންގެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައި ރައީސް މުހައްމަދު މުއިއްޒުއާއެކު ސިއްރު ބައްދަލުވުމެއް ބޭއްވެވިކަމުގެ މައުލޫމާތު ލިބިއްޖެ އެވެ. 

އަދަދު އަށް އެކި މަސްދަރުތަކުން މި ބައްދަލުވުން ބޭއްވިކަން ކަށަވަރުވެފައިވީ ނަމަވެސް، ބައްދަލުވުމުގައި ދެކެވުނީ ކޮން ވާހަކައެއްކަން ކަށަވަރު ކުރެވިފައެއް ނުވެ އެވެ. 

މިކަމާ ގުޅޭގޮތުން ޕީޖީ އައްބާސް ޝަރީފްގެ ބަހެއް ހޯދަން ތަކުރާރުކޮށް އޭނާއަށް ގުޅައި މެސެޖުކުރުމުންވެސް މުއިއްޒުއާ ބައްދަލުކުރެއްވިކަން ދޮގުކުރައްވާފައެއް ނުވެ އެވެ. 

ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު މުއިއްޒު އެންމެ ފުރަތަމަ އައްޔުަނުކުރި ސިޔާސީ މުވައްޒަފުންގެ ތެރޭގައި އައްބާސް ހިމެނެ އެވެ. ނޮވެމްބަރު 17، 2023 ގައި އޭނާ އައްޔަނުކުރީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީގެ މަގާމަށެވެ. އޭނާ ޕީޖީގެ މަގާމާ ހަވާލުވީ ސެޕްޓެމްބަރު 18، 2024 ގަ އެވެ. 

އައްބާސް އާއި މުއިއްޒު ބައްދަލުކުރައްވާފައި މިވަނީ އިއްޔެ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ފުލުހަށް ހާޒިރުކޮށް އެ ދެ މީހުންގެ މައްޗަށް ފަސް ޖިނާއީ ކުށެއްގެ ތުހުމަތު އުފުލާފައި ވަނިކޮށެވެ. 

ފުލުހުން ފިޔާޒާއި ހަސަންގެ މައްޗަށް ތުހުމަތުކުރަނީ މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށާއި، ގަޛްފުގެ ކުށާއި، ކުށެއް ކުރުމަށް އެދުމުގެ އިތުރުން ކުށެއް ކުރުމަށް ރޭވުމެވެ. 

މި މައްސަލައާ ގުޅިގެން ފިޔާޒު އާއި ހަސަންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި މުވައްޒަފެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވަނީ އެމަނިކުފާނުގެ މައްޗަށް ޑޮކިއުމަންޓްރީގައި އަމާޒުވި ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

ނަމަވެސް އަދަދު ނޫހަށް ފުލުހުން ވަދެ ބަލައިފާސްކުރީ ޑޮކިއުމަންޓްރީއާ ގުޅޭ ވާހަކަތައް ދައްކާ އެންމެންނަށް ދައުވާކުރަން ކަމާބެހޭ ފަރާތްތަކަށް މުއިއްޒު ގޮވާލެއްވިތާ 12 ގަޑިއިރުވެސް ނުވަނީހެވެ. 

މި މައްސަލައިގައި ފުލުހުން އަދަދު އޮފީސް ރެއިޑްކޮށް ގާތްގަނޑަކަށް ހަތަރު ގަޑިއިރު ބަލައިފާސްކުރުމުގައި ހޭދަކުރިއިރު، އެ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. 

ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ އައިޝާ ޑޮކިއުމަންޓްރީގައި މުއިއްޒުއަށް އަމާޒުވެފައިވާ ތުހުމަަތުތަކުގެ ވާހަކަ ދައްކާ ހުރިހާ އެންމެންނަށް ދައުވާކުރަން އެމަނިކުފާނު އެދިވަޑައިގަތުމުގެ ކުރިން އަދަދު ނޫހުގެ މައްޗަށް ތަހުގީގު ހިންގަން އެދިފައިވަނީ ޕީޖީން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox