އަދަދު ނޫހަށް ފުލުހުން ވަނުމުން މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ތެދުވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަނީ: އެމަނިކުފާނު ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ބަޔަކަށް އަނިޔާތަކެއް ވެގެން ވަރަށް އުނދަގުލުން ހޯދި ހައްގެއް ކަން ހަނދުމަކޮށްދީފަ --- ފޮޓޯ: އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަނީ: އެމަނިކުފާނު ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ބަޔަކަށް އަނިޔާތަކެއް ވެގެން ވަރަށް އުނދަގުލުން ހޯދި ހައްގެއް ކަން ހަނދުމަކޮށްދީފަ --- ފޮޓޯ: އަދަދު

އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީ މައްސަލައިގައި މި ނޫހުގެ އޮފީސް ބަލާފާސްކުރުމާ ގުޅިގެން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ތެދުވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފި އެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ގަލޮޅު ކަންމަތީގައި ބޭއްވެވި ބައްދަލުވުމެއްގައި ނަޝީދު މިހެން ވިދާޅުވިއިރު، ފުލުހުން ދިޔައީ އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަމުންނެވެ.

"އަޅުގަނޑުމެންނާ ދިމާކުރަން ނަހައްދަވާތި، ވަޑައިގެން ތިޔަ ކަންތައްތައް ކުރައްވަން ނަހައްދަވާތި، ނޫސްވެރިކަމުގެ މިނިވަންކަން ނަގާލައްވަން ނުހައްދަވާތި،" އެމަނިކުފާނު ވިދާޅުވި އެވެ. 

ކެމްޕެއިން އިވެންޓުގެ ފަހުން ނަޝީދުގެ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ އެއް ބަޔަކަށް އަނިޔާ ލިބިގެން ވަރަށް އުނދަގުލުން ދިވެހިން ހޯދި ހައްގެއް ކަން ހަނދުމަކޮށްދެއްވާފަ އެވެ. އަދި، އަދަދު އޮފީސް ބަލާފާސްކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުން ބަލައިނުގަނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.  


އަދަދުގެ އޮފީސް ބަލާފާސްކުރަން ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ އެ ޑޮކިއުމެންޓްރީގައި ރައީސް މުހައްމަދު މުއިއްޒުއަށް ކުރި ތުހުމަތުތަކާ ގުޅިގެން މިއަދު ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި ސުވާލުކުރި ފަހުންނެވެ. 

މި މައްސަލައިގައި އަދަދުގެ އޮފީސް ބަލާފާސްކުރުމުގެ އިތުރުން، މި ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާގެ ޕާސްޕޯޓު ތިން މަސް ދުވަހުގެ މުއްދަތަކަށް ހިފަހައްޓަން ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox