ހުލާސާކޮށް އިއްޔެ: އަދަދު ހުއްޓުވާލުމަށް ސަރުކާރުން ފުލުހުން ފޮނުވުން

އަދަދުގެ އޮފީހަށް ފުލުހުން ވަންނަނީ

އަދަދުގެ އޮފީހަށް ފުލުހުން ވަންނަނީ

އަދަދު ހުއްޓުވާލުމަށް ސަރުކާރުން ފުލުހުން ފޮނުވުން

'އައިޝާ' ގެ ނަމުގައި އަދަދު ނޫހުން ދެއްކި ޑޮކިއުމަންޓްރީއާ ގުޅިގެން 'އަދަދު' ހިންގާ އޮފީސް ފުލުހުން ބަލައިފާސްކޮށް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ގެންދިޔައީ އިއްޔެ ރޭގެ ވަގުތެއްގަ އެވެ. 

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން

'އަދަދު' ނޫހުގެ އޮފީސް ބަލާފާސްކުރުން

މިއީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ދޮގުކުރައްވައި، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވަނިކޮށް ހިންގި އޮޕަރޭޝަނެކެވެ.

'އައިޝާ' ޑޮކިއުމަންޓްރީގެ މައްސަލައިގައި ފުލުހުން 'އަދަދު' ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި

'އަދަދު' ނޫހުން އާންމުކުރި 'އައިޝާ' ޑޮކިއުމަންޓްރީގައި ރައީސް މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާތީ، އެ މައްސަލައިގެ ހެކި ހޯދުމަށް ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފިއެވެ. ރައީސް ވަނީ އެ ޑޮކިއުމަންޓްރީގައި ހުރި ވާހަކަތައް ދޮގުކުރައްވައި، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

'އަދަދު' ނޫހުގެ ސީއީއޯ ފުރުން މަނާކުރުން

ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކަށް ރިއާޔަތްކޮށް ނެރުނު މި އަމުރުގެ ދަށުން، އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އޭނާ ފުރުން ވަނީ މަނާކުރެވިފައެވެ.

ފުރަން އުޅޭ ކަމަށް "އިންޓެލިޖެންސް ލިބިގެން" އަދަދު ނޫހުގެ ސީއީއޯ ފިޔާޒު ފުރުން މަނާކޮށްފި

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ފިޔާޒު ފުރުން މަނާކުރަނީ އޭނާ ފުރައިގެން ދާން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަކަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް. މައްސަލައިގައި ލިބިފައިވާ ހަމައެކަނި ހެއްކަކީ ވެސް މި ބުނާ އިންޓެލިޖެންސް ރިޕޯޓު.

އަދަދު' ނޫހަށް ފުލުހުން ވަނުން: "މިއީ ޑިމޮކްރަސީގެ އަސާސްތަކާ ހިލާފު ކަމެއް" ސޯލިހު

'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ނޫހުގެ އޮފީސް ބަލައި ފާސްކުރުމުން، އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ބުނެ ކުރީގެ ރައީސް ސޯލިހާއި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި.

"މިނިވަން ނޫސްވެރިކަމަށް ހަަމަލާއެއް" އަދަދު ބަލާފާސްކުރާތީ ފާޑުކިޔަނީ

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ގަޒްފުކުރި ކަމުގެ ތުހުމަތުގައި ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލާފާސްކުރާތީ، އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި ބިރުދެއްކުމުގެ އަމަލެއް ކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން.

ޗެނަލް 13 އަށް އެންގި އެންގުން

ޕީއެންއެފް އިން ކުރިއަށްގެންދާ މުޒާހަރާތަކުގެ ލައިވް ކަވަރޭޖު ހުއްޓާލުމަށް މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ޗެނަލް 13 އަށް ވަނީ އަންގާފަ އެވެ. މި އެންގުން އައީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނި ނަމަވެސް، އެއީ ކޮން މައްސަލައެއްކަން ސާފުކޮށްދީފައެއް ނުވެ އެވެ.

ޕީއެންއެފްގެ މުޒާހަރާތައް ލައިވްްކުރުން ހުއްޓާލުމަށް ކޮންޓްރޯލް ކޮމިޝަނުން ޗެނަލް 13 އަށް އަންގައިފި

ޕީއެންއެފް އިން ބާއްވަމުންދާ މުޒާހަރާތަކުގެ ލައިވް ކަވަރޭޖް ހުއްޓާލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 އަށް އަންގައިފިއެވެ. މި އެންގުން އައީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަކި ގޮތެއް ނިންމަންދެން ކަމަށް މައުލޫމާތު ލިބެއެވެ.

ސިޔާސީ މަގާމުތަކުގެ އައްޔަނުކުރުންތައް

މާލޭ ސިޓީ ކައުންސިލްގެ މެންބަރަކަށް ހުންނެވި އިބްރާހީމް އަބޫބަކުރަށް އައިޖީއެމްއެޗްގެ އިސް މަގާމެއް ސަރުކާރުން ވަނީ ދީފައެވެ. މީގެ އިތުރުން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު އަފީފް ހުސައިން ވަނީ އައްޔަނުކުރައްވާފައެވެ. އަދި ކެބިނެޓުން ވަކިކުރި ބައެއް ވަޒީރުންނަށް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމު ދީފައިވާ މައްސަލައިގައި ރައީސް މުއިއްޒު ވަނީ އެއީ "އިތުރު މަގާމެއް" ނޫން ކަމަށް ވިދާޅުވެ ދިފާއުވެވަޑައިގެންފައެވެ.

އިބްރާހީމް އަށް ހަދިޔާއެއްގެ ގޮތުގައި އައިޖީއެމްއެޗްގެ ބޮޑު މަގާމެއް

މި މަގާމަކީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓަށް ތާއިދުކުރުމުން އޭނާއަށް ދިން "ހަދިޔާއެއް" ކަމަށް ބައެއް މަސްދަރުތަކުން ބުނޭ، މި ވަޒީފާ ހަމަޖެހުމުން އޭނާ ވަނީ ކައުންސިލްގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައި.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު އަފީފް އައްޔަނުކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ކުރިން އެމްޓީސީސީގެ ޗެއާމަންކަން ކުރެއްވި މުހައްމަދު އަފީފް ހުސައިން އައްޔަނުކޮށްފިއެވެ. ސަރުކާރަށް 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަފީފް މި މަގާމަށް އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ނަޖާހު ވަކިކުރުމާ ގުޅިގެންނެވެ.

ވަކިކުރި ދެ މިނިސްޓަރުންނާއި ދިޔާނާއަށް ދިނީ "އިތުރު މަގާމެއް ނޫން" ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ސަރުކާރަށް ސިޔާސީ މަގާމުތައް އިތުރު ނުކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހު ތިން ބޭފުޅަކަށް ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކެއް ދިނުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައި. މި ސަރުކާރު އައުމަށް ފަހު މިހާތަނަށް އައްޔަނުކުރީ ކިހާ ސިޔާސީ މުވައްޒަފުންނެއް ކަމެއް މިހާތަނަށް ނޭނގެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox