މީޑިއާތައް ކުށްވެރިނުކޮށް އަމަލުތައް އިސްލާހު ކުރަން މުއިއްޒުއަށް ޔާމީން ގޮވާލައްވައިފި

ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް ޔާމީން

ފުލުހުން އަދަދު ނޫހުގެ އޮފީސް ރެއިޑްކޮށް ޗެނަލް 13 ގެ ބްރޯޑްކާސްޓަަށް ކޮންޓްރޯލް ކޮމިޝަނުން ހުރަސް އަޅާފައިވާ ދަނޑިވަޅެއްގައި މީޑިއާތައް ކުށްވެރިނުކޮށް އަމަލުތައް އިސްލާހުކުރަން ކުރީގެ ރައީސް އަބްދުالله ޔާމީން ރައީސް މުހައްމަދު މުއިއްޒުއަށް ގޮވާލައްވައިފި އެވެ. 

ކޯޓު އަމުރެއްގެ ދަށުން ފުލުހުން 'އަދަދު' ނޫހުގެ އޮފީހަށް ރޭގެ ވަގުތެއްގައި ވަދެ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަނީ ގެންގޮސްފަ އެވެ. އެއީ 'އައިޝާ' ގެ ނަމުގައި އަދަދު ނޫހުން ދެއްކި ޑޮކިއުމަންޓްރީއާ ގުޅިގެން ހެކި ހޯދުމަށް ކަމަށް ބުނެ ހިންގި އޮޕަރޭޝަނެކެވެ.

ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްްރޮންޓް (ޕީއެންއެފް) އިން މިހާރު ކުރިއަށްގެންދާ ސިލްސިލާ މަގުމަތީ ހަރަކާތްތަކުގެ ލައިވް ކަވަރޭޖު ހުއްޓާލުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން އެންގީ ވެސް ރޭގެ ވަގުތެއްގަ އެވެ.

Advertisement

"މީޑިއާ ކުށްވެރިނުކުރައްވާ، އަމަލުތައް އިސްލާހު ކުރައްވާ،" ޕީއެންއެފްގެ މީޑިއާ ގްރޫޕަށް ފޮނުވި ކުރު މެސެޖެއްގައި ޔާމީން ވިދާޅުވި އެވެ. 

މީގެ ކުރިން އޮތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ތަހުގީގު ކުރި މައްސަލައަކާ ގުޅިގެން ސެޕްޓެމްބަރު 17، 2025 ގައި ވެސް ޗެނަލް 13 ގެ ބްރޯޑްކާސްޓް ދެ ގަޑިއިރަށް މެދުކަނޑާލި އެވެ. އަދި އޮގަސްޓު 2025، ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވާ ޖަލްސާއެއް އެ ޗެނަލްއިން ދުރަށް ފޮނުވަން ތައްޔާރުވެފައި ވަނިކޮށް ބްރޯޑްކާސްޓް ހުއްޓާލަން ވެސް އެންގި އެވެ.

މިދިޔަ މާޗް މަހުގެ އަށާވީސް ވަނަ ދުވަހު އަދަދު ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި މި ޑޮކިއުމަންޓްރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މުވައްޒަފަކު ވަނީ ރައީސް މުއިއްޒާއެކު ޒާތީ ގުޅުމެއް އޮތް ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.

ޖިނާއި މައްސަލައެއްގެ ތަހުގީގަށް ހެކި ހޯދުމަށް ވުރެ އަދަދުގެ އޮފީހަށް ވަދެ ފުލުހުން ހަރަކާތްތެރިވީ ތަން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox