ފުލުހުންގެ އިންޓެލިޖެންސް ނިޒާމު ސިޔާސީވެ، އިތުބާރު ގެއްލުމުގެ ބިރު އެބައޮތް: ހަމީދު

ޕޮލިސް ކޮމިޝަނަރަކަށް ހަމީދު ހުންނެވިއިރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް

ޕޮލިސް ކޮމިޝަނަރަކަށް ހަމީދު ހުންނެވިއިރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް

ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސް ނިޒާމު ސިޔާސީ ވަސީލަތަކުން ފުލުހުންގެ މުހިންމު މަސައްކަތަކަށް ބަދަލުކުރުމަށް ކުރެވުނު މަސައްކަތްތަކާއި، މިހާރު އެ ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކަންބޮޑުވުން ފާހަގަކުރައްވައިފިއެވެ.

ނަޝީދުގެ ވެރިކަން ބަދަލުކުރުމުގެ ކުރިން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔަކަށް ހުންނެވި އަދި 2018-2023 އަށް ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ހަމީދު އޭނާގެ ބޮލުގުގައި ލިޔުއްވާފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ އިންޓެލިޖެންސް ނިޒާމު ހަރުދަނާކުރުމަށް ކުރެވިފައިވާ މަސައްކަތްތަކަށް ފަހަތަށް ސޮއްސާލައިގެން ގޮސްދާނެ ކަމުގެ ބިރު ހީވާން ފަށާފައިވާ ކަމަށެވެ. 

މީގެ ފަނަރަވަރަށް އަހަރު ކުރިން، 2009 ގައި މަތީ ތައުލީމު ނިންމަވައި ރާއްޖެ ވަޑައިގެން 2010 ވަނަ އަހަރު ފުލުހުންގެ އިންޓެލިޖެންސްގެ އިސް މަގާމަކާ ހަވާލުވެވަޑައިގަތްއިރު، އެ ނިޒާމު އޮތީ ވަރަށް ބޮޑަށް ސިޔާސީ ކަންކަން ބެލުމަށް އަމާޒުކުރެވިފައި ކަމަށް ހަމީދު ވިދާޅުވި އެވެ. 

Advertisement

އެ ދުވަސްވަރު އިންޓެލިޖެންސްގެ މަސައްކަތްތައް ބިނާވެފައި އޮތީ ކުށްތައް ތަހުގީގުކުރުމާއި ދާހިލީ ސަލާމަތަށްވުރެ ބޮޑަށް، ވަކިވަކި ފަރުދުންނަށް ފާރަލުމަށް ކަމަށާއި މިއީ ޑިމޮކްރެޓިކް ނިޒާމެއްގައި އިންޓެލިޖެންސް މަސައްކަތް ކުރަންޖެހޭ ގޮތެއް ނޫންކަމަށް ހަމީދު ފާހަގަ ކުރައްވާފައިވެ އެވެ.

އެހެންވެ، އެ ނިޒާމު އިސްލާކޮށް، ފުލުހުންގެ އޮޕަރޭޝަންތަކަށް އެހީތެރިވާ ފަންނީ މަސައްކަތަކަށް ބަދަލުކުރުމުގެ މަސައްކަތް އޭރު ފެށި ކަމަށް ހަމީދު ވިދާޅުވި އެވެ. ނަމަވެސް ފެބްރުއަރީ 7، 2012 ގައި އޭރު ރައީސަކަށް ހުންނެވި މުހައްމަދު ނަޝީދުގެ ވެރިކަން ކުއްލި ގޮތަކަށް ބަދަލުވުމާއެކު ހަމީދު ފުލުހުންގެ ހިދުމަތުން ވަކިކުރި އެވެ. 

ހަމީދު ބްލޮގުގައި ވިދާޅުވީ ބައިނަލްއަގުވާމީ މާހިރުންގެ އެހީތެރިކަމާއެކު، އިންޓެލިޖެންސްގެ މަސައްކަތްތަކަށް އޮނިގަނޑުތަކެއް ކަނޑައަޅައި، ތަމްރީނާއި ފަންނީ މިންގަނޑުތައް ތައާރަފުކުރެވުނު ކަމަށާއި މީގެ ނަތީޖާއެއްގެ ގޮތުން، އިންޓެލިޖެންސަކީ ހަމައެކަނި އަޑުއިވޭ ވާހަކަތަކެއް ރިޕޯޓުކުރުމުގެ ބަދަލުގައި، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ، އިތުބާރު ހިފޭ ތަހުލީލުތަކެއް ކުރާ ދާއިރާއަކަށް ބަދަލުވިއެވެ.

ހާއްސަކޮށް އޭނާގެ ޕޮލިސް ކޮމިޝަނަރުކަމުގެ ދައުރުގައި އިންޓެލިޖެންސްގެ ދާއިރާ ވަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ފަންނީ މިންގަނޑަކަށް ތަރައްގީކުރެވިފައި ކަމަށް ހަމީދު ވިދާޅުވި އެވެ. 

"މި މުއްދަތުގެ ތެރޭގައި، އިންޓެލިޖެންސްގެ މަސައްކަތްތައް ވަނީ ހަމައެކަނި ރާއްޖޭގެ ފެންވަރުގައެއް ނޫން،  ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައިވެސް ބަލައިގަންނަ ފަދަ ފަންނީ ފެންވަރަކަށް ތަރައްގީވެ ފައްކާވެފަ،" ހަމީދު ވިދާޅުވި އެވެ. 

ނަމަވެސް، މިހާރު ފެންނަމުންދާ ބައެއް ބަދަލުތަކަކީ އިންޓެލިޖެންސްގެ މިނިވަންކަމާއި ފަންނީ މިންގަނޑުތަކަށް އޮތް ނުރައްކަލެއްގެ ގޮތުގައި ހަމީދު ސިފަކުރެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އިންޓެލިޖެންސް ރިޕޯޓެއްގައި ރަސްމީ ތައްގަނޑެއް އޮތުމަކީ އެއީ އިތުބާރު ހިފޭ މައުލޫމާތަކަށް ވުމެއް ނޫނެވެ. އޭގެ ބަދަލުގައި، މައުލޫމާތު ހޯދި މަސްދަރާއި، އެ މައުލޫމާތު ތަހުލީލުކުރި ގޮތުގެ ފަންނީ ހަމަތަކަކީ އެންމެ މުހިންމު އަސާސެވެ. މި އަސާސްތަކުން ބޭރުވެ، ވަކި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް އިންޓެލިޖެންސް ބޭނުންކުރުމަކީ މުޅި ނިޒާމުގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް ހަމީދު ވިދާޅުވި އެވެ.

ދިވެހިރާއްޖެ ފަދަ ސިޔާސީ ގޮތުން ބައިބައިވެފައިވާ މުޖުތަމަޢެއްގައި، އިންޓެލިޖެންސް މައުލޫމާތު ބޭނުންކުރާ ފަރާތްތަކުން، ހާއްސަކޮށް ދައުލަތުގެ އެންމެ މަތީ ވެރިން، އެ މައުލޫމާތުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ބަލަންޖެހޭނެ ކަމަށް ހަމީދު ވިދާޅުވި އެވެ. އިންޓެލިޖެންސްގެ ނަމުގައި ކުރެވޭ މަސައްކަތްތަކަކީ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ހިނގާ، ފަންނީ މިންގަނޑުތަކަށް ފެތޭ މަސައްކަތްތަކަކަށް ވާންޖެހޭ ކަމަށާއި އެހެންނޫންނަމަ، އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވެދާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

އިންޓެލިޖެންސަކީ ހަމައެކަނި މައުލޫމާތު އެއްކުރުމެއް ނޫން ކަމަށާއި، އެއީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ކަމަށް ހަމީދު ވިދާޅުވި އެވެ. އެހެންކަމުން، ފާއިތުވި އަހަރުތަކުގައި ހޯދި ކުރިއެރުންތައް ދަމަހައްޓައި، އިންޓެލިޖެންސް ނިޒާމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ގައުމީ މަސްލަހަތު އިސްކުރާ ފަންނީ ދާއިރާއެއްގެ ގޮތުގައި ބޭއްވުމަކީ މުއައްސަސާތަކާއި ވެރިންގެ ބޮޑު މަސްއޫލިއްޔަތަކަށް ވާންޖެހޭ ކަމަށް ހަމީދު ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox