
އަހުމަދުﷲ އަބްދުލްހާދީ
ސީނިއާ ޖާނަލިސްޓް
އަހުމަދުﷲ އަބްދުލްހާދީ އަކީ އެންމެ ކުރިން ޓްރެވަލް ލިޔުންތެރިއެކެވެ. ރާއްޖޭގެ ޓޫރިޒަމާ ގުޅުން ހުރި ލިޔުންތައް އޭނާ ލިޔުނެވެ. އޭގެ ފަހުން މަސައްކަތްކުރީ ރާއްޖޭގެ ހަބަރުތަކަށް ހާއްސަ ނޫސްވެރިއެއްގެ ގޮތުގަ އެވެ. ހާއްސައީ އިޖްތިމާއީ ދާއިރާއަށެވެ. މައްސަލަތަކުގެ ފުނަށް ވަދެ ލިޔަން އޭނާ ޝައުގުވެރިވެ އެވެ. ކުރިން މަސައްކަތްކުރީ "ސަން އޮންލައިން" ގަ އެވެ.
512 ލިޔުން
ހަބަރުއަދީބާއި ޒިޔަތުގެ ހެކިބަސް ސުޕްރީމް ކޯޓުން ބަލައިނުގަތް
ތިން ގަޑިއިރަށްވުރެ ގިނައިރު ދިގު ދެމިގެންދިޔަ މިއަދުގެ ހުކުމް އިއްވުމުގެ އަޑުއެހުމުގައި ފަނޑިޔާރު މަހާޒް ވަނީ އަދީބާއި ޒިޔަތުގެ ހެކިބަހުގެ މައްސަލައިގެ އިތުރުން ވެސް އެހެން ގިނަ އެތައް ނުކުތާއަކަށް އަލިއަޅުވައި ވާހަކަފުޅުދައްކަވާފަ.
ހަބަރުއެހެން ދީންތައް ފަތުރާ ވެބްސައިޓްތައް ބްލޮކްކުރަން އަމުރެއް
މިފަހުން ރާއްޖޭގައި ނަސާރާ ދީން ފެތުރުމަށް އަމާޒުކޮށް ދިވެހި ބަހުން ފޭސްބުކް ޕޭޖުތަކެއް ހިންގިކަމުގެ ވާހަކަތަކެއް އާންމުންގެ ތެރޭގައި ވަނީ ފެތުރިފަ. އަދި ނަސާރާ ދީނުގެ ފޮތް "ބައިބަލް" ގެ ތަރުޖަމާކޮށްފައިވާ ޕޯސްޓުތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ.
ހަބަރުބޮޑެތި ރޭވުންތަކާއެކު މާލޭގެ ލޭންޑްޔޫސް ޕްލޭން އެކުލަވާލައިފި
އެ ޕްލޭނުގައި ވަނީ މާލޭގެ ބޯހިޔާވަހިކަމާއި، ޕާކިން ޖާގައިގެ ދަތިކަމުގެ އިތުރުން އެންޓަޓެއިންމެންޓާއި މުނިފޫހިފިލުވުމާ ގުޅޭ އެތައް މަޝްރޫތަކެއް ހިމަނާފަ. އެގޮތުން 25 ބުރީގެ ފަސް ޓަވަރެއް ބޯހިޔާވަހިކަމަށް އަޅައި، ގާޑިޔާ ބަހައްޓަން ވަކި ސަރަހައްދެއް ކަނޑައެޅުން ފާހަގަކުރެވޭ.
