އާސަންދައިގެ ބަޖެޓު ކުޑަކުރުމަކީ ދެވޭ ދެރައެއް: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް. އާސަންދައަށް ދިން ބަޖެޓު ކުޑަކުރުމުން ޝިޔާމް ވަނީ އެކަމަށް ފާޑުވިދާޅުވެފަ. ފޮޓޯ: ޕީޕީއެމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް. އާސަންދައަށް ދިން ބަޖެޓު ކުޑަކުރުމުން ޝިޔާމް ވަނީ އެކަމަށް ފާޑުވިދާޅުވެފަ. ފޮޓޯ: ޕީޕީއެމް

އަންނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު، އާސަންދައަށް ކުރާ ހޭދަ ކުޑަކުރުމަކީ ރައްޔިތުންނަށް ދެވޭ ދެރައެއް ކަމަށާއި، އެކަމުގެ ސަބަބުން އެތައް ބަޔެއްގެ ބޭސްފަރުވާގެ ހައްގު ގެއްލިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ބަޖެޓާ ގުޅޭ ގޮތުން މެމްބަރު ޝިޔާމް ބުރާސްފަތި ދުވަހު "އަދަދު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވި ގޮތުގައި، ދިވެހި ރައްޔިތުންގެ ބޭސްފަރުވާ އަށް ކޮންމެ އަހަރު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އާސަންދަ ކުންފުނި މެދުވެރިކޮށް ހޭދަކުރަމުން ދިޔައިރު، 2022 ގެ ބަޖެޓުގައި އޮތީ ވޭތުވެދިޔަ އަހަރުތަކާ އަޅައިބަލާއިރު މަދު އަދަދެކެވެ.

"އާސަންދަ، މިއޮތީ ހަމަ ދެބައިކުޅަ އެއްބައި ކުޑަކޮށްފަ. 730 މިލިއަން މިފަހަރު އިނީ އާސަންދަ އަށް. އާންމު ގޮތެއްގައި އާސަންދަ އަށް އެބަ ހޭދަވޭ 1.4 ބިލިއަން ރުފިޔާ. އެކަމަކު މި ފަހަރު އޮތީ ބަޖެޓް ކަނޑާލާފައި،" ޝިޔާމް ވިދާޅުވި އެވެ.

"އާސަންދައިގެ ހަރަދުތައް ކަނޑާލުމަކީ ރައްޔިތު މީހާއަށް ވެސް ދެވޭނެ ވަރަށް ބޮޑު ދެރައެއް."

އެ ބަޖެޓު ކުޑަކުރަން ސަރުކާރުން ނިންމީ ބޭހުގެ ނަމުގައި ބޭކާރުވެގެންދާ ހަރަދު ކުޑަކޮށް އެ ދާއިރާގެ ހަަރަދުތައް މެނޭޖުކުރުން ހަރުދަނާ ކުރުމަށް ކަމަށް ފިނެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޝިޔާމް ވިދާޅުވީ އާސަންދައަށް ކުރާ ހަރަދު ކުޑަކުރުމަށްޓަކައި ހަމައެކަނި ބޭހުގެ ރިޓެއިލް ޕްރައިސް ނުވަތަ (އެމްއާރުޕީ) ކޮންޓްރޯލްކޮށްގެން ނަތީޖާއެއް ހާސިލެއް ނުވާނެ ކަމަށެވެ. ހަރަދު ކުޑަކުރެވެން ހުރި އެހެން ކަންކަމުގެ ވާހަކަ ސަރުކާރުން ނުދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަހަރު މި ކުޑަކުރީ ކުރިން 1.4 ބިލިއަނުގައި ހުރި އާސަންދަ، އޭގެ ދެބައިކުޅަ އެއްބަޔަށް ވެސް ދަށަށް. ދެން އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ހަމައެކަނި ބޭހުގެ އެމްއާރުޕީ ކަނޑައަޅައިގެން އެކަން ވާނެއެކޭ، މިބުނީ ހަރަދުތައް ދަށްކުރެވޭނެއެކޭ. ހަގީގަތުގަ ޖެހޭނެ އާސަންދައާ އެއްބަސްވުމެއްގެ ދަށުން ތިބި ހޮސްޕިޓަލްތަކުގެ އަގުތައް ވެސް ކުޑަކުރަން. އެކަމަކު އެ ވާހަކައެއް ނާދޭ އެއްވެސް ތާކުން ހަމަ. މިދަނީ ހަމަ އެތައް ބައެއްގެ ބޭސްފަރުވާގެ ހައްގު ގެއްލިގެން ނިގުޅިގެން،" ޝިޔާމް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އާސަންދައިގެ ހަރަދުގެ ބޮޑު ބައެއް ހޭދަވަނީ ބޭހަށެވެ. އެކަން ހައްލުކޮށް އަގު ކޮންޓްރޯލުކުރުމުގެ ގޮތުން ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) މިހާރު ވަނީ ކަނޑައަޅައިފަ އެވެ. ޖެނުއަރީ މަހުން ފެށިގެން އަސާސީ ބޭސްތަކަށް ލެވޭނީ 100 ޕަސެންޓުގެ ފައިދާ އެވެ.

އެ އުސޫލުގެ ސަބަބުން ބޭހުގެ އަގު ވަރަށް ބޮޑަށް ވެއްޓި، ދައުލަތުން އާސަންދައަށް ކުރާ ހަރަދުން 205 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ބެލެވެ އެވެ. އަދި ބޭހުގެ އަގަށް، 200 ނުވަތަ 400 ޕަސެންޓުގެ ފައިދާ ލައިގެން ކުރާ ވިޔަފާރި ހުއްޓުމަކަށް އަންނާނެ އެވެ.

ބަޖެޓުގެ މައުލޫމާތުތަކަށް ބަލާއިރު ފާއިތުވި ދެ އަހަރު ވެސް، އާސަންދައަށް ކުރި ހޭދައިގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައި ހަރަދު ކުރީ ބޭހަށެވެ. އަދި 2014 ވަނަ އަހަރާ 2020 ވަނަ އަހަރާ ދެމެދު އަހަރަކު އެވަރެޖުކޮށް 23.7 ޕަސެންޓުން ބޭހުގެ ހަރަދު ވަނީ ކޮންމެ އަހަރަކު ވެސް އިތުރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox