ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ކޯސްތައް ފުޅާކުރަން މާފުށި ޖަލުގައި ހަތަރު މިލިއަން ރުފިޔާގެ އިމާރާތެއް އަޅަނީ

މާފުށި ޖަލު: އެ ޖަލުގައި ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފުޅާކުރަން އާ އިމާރާތެއް އެޅުމުގެ މަސައްކަތް ވަނީ ފަށާފަ-- ފޮޓޯ:ޓްރެވެލްލޮގް

މާފުށި ޖަލު: އެ ޖަލުގައި ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފުޅާކުރަން އާ އިމާރާތެއް އެޅުމުގެ މަސައްކަތް ވަނީ ފަށާފަ-- ފޮޓޯ:ޓްރެވެލްލޮގް

މާފުށި ޖަލުގައި ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރުކޮށް ފުޅާކުރަން އާ އިމާރާތެއް އެޅުމުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ބަޔަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދަން ނިންމައިފި އެވެ.

އެ މަސައްކަތް ހަވާލުކުރަން ހުޅުވާލި ބީލަން ކާމިޔާބުކުރީ އެލަވަރު މޯލްޑިވްސް ޕވޓ. ލޓޑ އެވެ. މަސައްކަތުގެ އިއުލާނުގައި ޖުމްލަ 175 ދުވަސްތެރޭ އެ އިމާރާތުގެ މަސައްކަތް ނިންމަން ޖެހޭނެކަމަށް ބުނެ އެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 4.7 މިލިއަން ރުފިޔާއަށެވެ.

ކަރެކްޝަންސްއިން ބުނީ މާފުށި ޖަލުގައި އަޅާ އާ އިމާރާތަކީ މިހާރު ވެސް އެ އިދާރާއިން ގައިދީންނަށް އަމާޒުކޮށް ކުރިޔަށް ގެންދާ އެކި އެކި ޕްރޮގްރާމްތަކާއި ކޯސްތައް އިތުރުކުރުމުގެ އަމާޒުކޮށް އަޅާ އިމާރާތެއް ކަމަށެވެ.

"މާފުށީގައި އެންމެ ގިނަ އަދަދަކަށް ގައިދީން ތިބޭތީވެ ގައިދީންނަށް ހިންގާ ޕްރޮގްރާމްތައް ވެސް އެންމެ ގިނަ ވާނީ މާފުށި ޖަލުގަ. އެހެންވެ އެ ކެޕޭސިޓީ އިތުރުކުރުމަށް އަޅާ ރިހެބިލިޓޭޝަން ސެންޓަރެއް އެ އާ އިމާރާތަކީ އެއީ،" ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވި އެވެ.

މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ހިންމަފުށީގައި ވެސް ރިހެބިލިޓޭޝަން ސެންޓަރެއް އެޅުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަމަށް ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ޔުސްރީން ވިދާޅުވީ ހިންމަފުށީގައި ވެސް އަޅަނީ ހަމަ މާފުށީގައި މި އަޅާ އާ އިމާރެތެކޭ އެއްގޮތަށް ރިހެބިލިޓޭޝަން ކޯސްތައް ހިންގާ އިމާރާތެއްކަމަށާއި އަދި އެތަނުގެ ވެސް 80 ޕަސަންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އަދި އަލަށް ހަދާ އެ ދެ އިމާރާތުގައި ވެސް އިތުރު ކްލާސްރޫމް ހަދައި، ގައިދީންގެ ރިހެބިލިޓޭޝަން މަސައްކަތް އިތުރަށް ފުޅާ ކުރުމުގެ ވިސްނުން ކަރެކްޝަންސްއިން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަރެކްޝަންސްއިން މިހާރު ހިންގާ ކޯސްތަކަށް ބަލާލާއިރު، ސިއުއިން ނުވަތަ ފެހުމުގެ ކޯސްތައް، ކޮމްޕިއުޓާ އެޕްލިކޭޝަން ކޯސް، ގާރީކަމުގެ ކޯސް، ވަޔަރިން އަދި އިލެކްޓްރިކަލް މަސައްކަތްތަކުގެ ކޯސް، އެގްރިކަލްޗާ ކޯސްތައް އަދި އޯލެވެލްއާއި އެސްއެސްސީ އިމްތިހާނުތަކަށް ތައްޔާރުކުރާ ކޯސްތައް ވެސް ހިމެނޭ،" ޔުސްރީން ފާހަގަކުރެއްވި އެވެ.

އަލަށް ހަދާ އެ ދެ އިމާރާތާއެކު މި ކޯސްތަކުގައި އިތުރު ގައިދީންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ޔުސްރީން ވިދާޅުވި އެވެ.

އަދި ކަރެކްޝަންސްއިން ހިންގާ މިފަދަ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވާ ގައިދީންގެ އަދަދު މިހާރު ވެސް ރަނގަޅުއިރު، ކުރިޔަށް އޮތް ތަނުގައި މި ދެ އިމާރާތާއެކު އެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވެގެން ދާނެކަމަށް އޭނާ ލަފާކުރެއްވި އެވެ.

ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ 7،496 މީހުން އުޅޭ ކަމަށް އެކުވެރި ދައުލަތްތަކުގެ ކުށްކުށާއި މަސްތުވާތަކެއްޗާ ބެހޭ އޮފީހުން 2011 ވަނަ އަހަރު ކުރިއަށްގެންދިޔަ ސާވޭއަކުން އޮތީ ހޯދާފަ އެވެ. އަދި ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ 2500 ވަރަކަށް މީހުން އުޅޭއިރު އޭގެ ތެރެއިން 80 ޕަސެންޓު މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގައި ޖަލަށްލާފައި ތިބި މީހުން ކަމަށް އެ ދިރާސާތަކުން ދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox