މަހުލޫފް މަގާމުން ވަކިނުކޮށް ސަރުކާރުގެ ބަހާއި އަމަލު ދިމާ ނުވި!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ޔޫތު މިނިސްޓަރު މަހުލޫފް. މަހުލޫފްގެ މައްޗަށް ހިޔާނާތުގެ މައްސަލައިގައި ދައުވާކުރިތާ ފަސް ދުވަސް ފާއިތުވިއިރު ވެސް ސަރުކާރުން އެކަމަށް ވަކި އެއްޗެއް ބުނެފައެއް ނުވޭ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ޔޫތު މިނިސްޓަރު މަހުލޫފް. މަހުލޫފްގެ މައްޗަށް ހިޔާނާތުގެ މައްސަލައިގައި ދައުވާކުރިތާ ފަސް ދުވަސް ފާއިތުވިއިރު ވެސް ސަރުކާރުން އެކަމަށް ވަކި އެއްޗެއް ބުނެފައެއް ނުވޭ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރެއިން މަގާމެއްގައި ހުރި މީހަކަށް ދައުވާކުރާ ހިސާބުން ވަކިކުރާނެ ކަމަށް ކުރިން ބުނެފައި އޮތަސް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ އުފުލިތާ ފަސް ދުވަސް ފާއިތުވެ ދިޔަ އިރުވެސް ނިންމާފައިވާ ގޮތެއް ވެސް، މައްސަލައާ ގުޅޭ ގޮތުން ބަހެއް ވެސް ސަރުކާރުން ނުބުނެ އެވެ.

ބޮޑު ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

ބުދަ ދުވަހު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެ ދައުވާ ކުރުމާ ގުޅިގެން، މަހުލޫފުގެ މިނިސްޓަރުކަމުގެ މަގާމާމެދު ވަކި ގޮތެއް ނިންމާފައިވޭތޯ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ރައީސް އޮފީހުން ޖަވާބެއް ނުދިނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނޭ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްސަލަ ކޯޓަށް ފޮނުވާ ހިސާބުން މަގާމުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެފައިވެ އެވެ.

މަބްރޫކު މެއި މަހު "އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ހިޔާނާތުގެ ތުހުމަތުވާ ފަރާތްތަކުގެ ތެރެއިން މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅާނެ ފިޔަވަޅުތައް ނިންމާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި ތަހުގީގުކޮށް ދައުވާ ކުރުމާއެކު އެ ބޭފުޅަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށާއި "ކޯޓު މަރުހަލާ ނިމެންދެން މަޑެއް ނުކުރައްވާނެ" ކަމަށް މަބުރޫކު ވިދާޅުވެފައިވެ އެވެ.

އެ މޭރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވާހަކަ ދައްކާފައިވެ އެވެ.

ކޮރަޕްޝަންގެ މައްސަލަތަކުގައި ޒީރޯ ޓޮލަރެންސްގެ ސިޔާސަތެއް ގެންގުޅުއްވުމަކީ، އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެވަޑައިގަތް ވައުދެކެވެ. ނަމަވެސް, އެމްއެމްޕީއާރުސީގެ ލިސްޓުގައި އޮތް ހަމައެކަނި މިނިސްޓަރާމެދު އަދި ފިޔަވަޅެއް ނާޅަ އެވެ.

މަހުލޫފްގެ މައްޗަށް ދައުވާކުރީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ދިން 33،000 ޑޮލަރު ހިފާފައިވާތީ އެވެ. އެ ފައިސާ ދޫކޮށްފައި ވަނީ އެސްއޯއެފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުންނެވެ.

ދައުވާ އުފުލުމާއެކު މަހުލޫފް ވަނީ، މަހުލޫފްގެ ޕީއޭ އަޒުމޫން އަހުމަދާއި ޕީޖީ ޝަމީމާ ދެމެދު މިދިޔަ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ދުވަސްވަރު ދެކެވުނު ވާހަކަތަކެއްގެ ޗެޓްލޮކް އާންމުކުރުމަށް ފަހު، ބުނެފައިވަނީ އޭނާގެ މައްޗަށް ދައުވާކުރީ ޒާތީ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

މަހުލޫފް ވެސް ކުރިން ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ދައުވާ އުފުލާ ހިސާބުން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. ނަމަވެސް، ފަހުން އޭނާ ވަނީ އެ މައްސަލައިގައި ކަންކަން ހިނގާ ގޮތާއި ދޭތެރޭ ހިތްހަމަނުޖެހިވަޑައިގެން، މައްސަލައިގައި ޒާތީ ގޮތުން ކަންކަން ކުރައްވާ ކަމަށް ތުހުމަތުކުރައްވައި މަގާމުން އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

މަހުލޫފްގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ރައީސް ވަނީ މީގެ ކުރިން މަހުލޫފް ސަސްޕެންޑް ވެސް ކޮށްފަ އެވެ. އެހެންނަމަވެސް މައްސަލައިގައި ގޮތެއް ނުނިމި ދިގުދެމިގެންދާތީ ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް އޭނާގެ ސަސްޕެންޝަން ރައީސް އޮފީހުން ވަނީ އުވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox