ޗެޓްލޮގާ ގުޅޭ ގޮތުން ޝަމީމް ވާހަކައެއް ނުދެއްކެވި

ޕީޖީ ހުސެއިން ޝަމީމް. މިނިސްޓަރު މަހުލޫފު ލީކުކުރި ޗެޓްލޮގްތަކާ ގުޅިގެން އިތުރު ކޮމެންޓެއް ނެތް ކަމަށް ޝަމީމް ވިދާޅުވި.

ޕީޖީ ހުސެއިން ޝަމީމް. މިނިސްޓަރު މަހުލޫފު ލީކުކުރި ޗެޓްލޮގްތަކާ ގުޅިގެން އިތުރު ކޮމެންޓެއް ނެތް ކަމަށް ޝަމީމް ވިދާޅުވި.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ޕީޖީ އޮފީހުން މިއަދު ދައުވާ އުފުލުމާއެކު ރައްދުގައި އެ ނިންމުމަކީ ޒާތީ ނިންމުމެއްކަމަށް ވިދާޅުވެ މިނިސްޓަރު މަހުލޫފު ލީކުކޮށްލި ޗެޓްލޮގްތަކަކާ ގުޅޭ ގޮތުން ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވާހަކަ ދައްކަވަން އިންކާރުކުރައްވައިފި އެވެ.

ޝަމީމް ކުރައްވާފައިވާ ކަމަށް ބުނާ މެސެޖްތަކެއްގެ ސްކްރީންޝޮޓްތަކެއް ލީކްކުރައްވައި, އިސްތިއުފާ ނުދެއްވާނެ ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވީ އޭނާގެ މައްޗަށް ރިޝްވަތު ހިފިކަމުގެ ދައުވާ އުފުލައި, ކުރިމިނަލް ކޯޓަށް ފޮނުވުމުންނެވެ.

އެކަމާ ގުޅިގެން މަހުލޫފް ވަނީ ދައުވާ ކުރަން ނިންމި ނިންމުމަކީ ޒާތީ ކަމެއްގެ ގޮތުގައިކަން ދައްކަވަން ޓްވިޓާގައި ޝަމީމާއި ކުރީގެ ނޫސްވެރިޔާ އަދި މިހާރު މިނިސްޓަރު މަހުލޫފުގެ ޕީއޭ އަޒުމޫން އަހުމަދާ ދެމެދު ދައްކާފައިވާ ވާހަކަތަކެއްގެ ސްކްރީންޝޮޓްތަކެއް އާންމުކޮށްފަ އެވެ. "ބޭކާރު ގޮތުގައި ފުއްޕީމަ ވާ ގޮތް މީ, ޕޮލިސް ވެސް ނޯ ސިންޕަތީ ނައު," ޝަމީމް ކުރެއްވި ކަމަށް ބުނާ މެސެޖުގައިވެ އެވެ.

އެކަމާ ގުޅިގެން މި ނޫހުން ޕީޖީ ޝަމީމަށް ގުޅުމުން ވިދާޅުވީ އިތުރު ކޮމެންޓެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ދައްކާނެ ވާހަކައެއް ވިއްޔާ ދައްކަވާނީ ކޯޓުގައި ކަމަށެވެ.

އަޒުމޫން މި ނޫހަށް ބުނީ މަހުލޫފް އާންމު ކުރައްވާފައިވާ ޗެޓްލޮގްތަކަކީ ސައްހަ އެއްޗެއް ކަމާއި އެއީ އޭނާ އާއި ޝަމީމާ ދެމެދު ދެކެވުނު ވާހަކައެއް ކަމަށެވެ.

ޝަމީމްގެ ސްކްރީންޝޮޓްތަކާއެކު ކުރެއްވި ޓްވީޓްގައި މަހުލޫފް ވިދާޅުވީ, ދައުވާ ކުރަން ނިންމި ނިންމުމަކީ ކަނޑައެޅިގެން ޝަމީމްގެ ވަރަށް ޒާތީ ނިންމުމެއްކަން އަޒްމޫން އާއި ޝަމީމުގެ ޗެޓްލޮގުން އެކަނި ވެސް ހާމަވާ ކަމަށެވެ.

"ޝަމީމްގެ ފޮތުގައި އޮންނަ ގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު "ފުއްޕާވަރަށް އަދި ސައިޒުވާ" މިންވަރުގެ މައްޗަށް. އިސްތިއުފާއެއް ނުދޭނަން އަދި ކޯޓުގަ ހަގީގަތް ސާފުވާނެ،" މަހުލޫފް ޓްވިޓާގައި ލިޔުއްވި އެވެ.

މަހުލޫފުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އޭނާ ވަނީ މީގެ ކުރިން ދައުވާކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް, ފަހުން އެ މައްސަލާގައި ކަން ހިނގަމުންދާ ގޮތުން އިންސާފުން ބޭރުވެފައިވާ ކަމަށް ވިދާޅުވެ, އިސްތިއުފާ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހުލޫފްގެ މައްޗަށް ދައުވާކޮށްފައިވާއިރު, އޭނާއާމެދު ސަރުކާރުން އަމަލު ކުރާނެ ގޮތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތަކީ މިފަދަ މައްސަލަތަކުގައި ޒީރޯ ޓޮލަރެންސް އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ މަހުލޫފްގެ މައްޗަށް ދައުވާކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން އޭނާއަށް ދިން 33,000 ރުފިޔާ, އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ އެވެ.

މައްސަލަ ތަހުގީގުކުރި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ އެ ފައިސާ އަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ކަން ދެއްކުމުގެ ގޮތުން އެސްއޯއެފްގެ ނަމުގައި ތައްޔާރުކޮށްފައިވާ ޕޭމަންޓް ރިސީވްޑް ލިއުމެއް މަހްލޫފްގެ ފަރާތުން ހުށަހަޅާފައިވާކަމަށެވެ. އެކަމަކު އެ ފައިސާ އަކީ ޑޮލަރު ގަތުމަށް ދިން ފައިސާކަން އެނގެން ނެތް ކަމަށް އޭސީސީން ބުނެ އެވެ.

އެ ތުހުމަތާއެކު މަހްލޫފް ވިދާޅުވެފައިވާ ގޮތުގައި އެކައުންޓަށް 33،000 ޑޮލަރު ވަދެފައި އޮތީ ސައްހަ މުއާމަލާތަކުންނެވެ. އަދި އެ މުއާމަލާތާ ގުޅިގެން މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، "އެއީ އަޅުގަނޑުގެ އާއިލާއިން ދަ ޖީންސްގެ ނަމުގައި ފިހާރައެއް ހިންގި އިރު އަޅުގަނޑުގެ އެއްބަފާ ކޮއްކޮ އަލީ މުބީން ގ. ހާފްސީ މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox