މާލެ ތިލަފުށި ބްރިޖަށް އިންޑިއާއިން 15 މިލިއަން ޑޮލަރު ދީފި

މާލެ ތިލަފުށި ބްރިޖު މަޗްރޫގެ ކުރެހުމެއް. އެ މަޝްރޫއަށް އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދޭ.

މާލެ ތިލަފުށި ބްރިޖު މަޗްރޫގެ ކުރެހުމެއް. އެ މަޝްރޫއަށް އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދޭ.

އިންޑިއާގެ އެހީގައި މާލެއާ ތިލަފުއްޓާ ދެމެދުގައި އަޅާ ބްރިޖުގެ މަޝްރޫއަށް އެ ގައުމުން 15 މިލިއަން ޑޮލަރު ދީފި އެވެ.

ބްރިޖު މަޝްރޫއަށް އިންޑިއާއިން ފައިސާ ފޯރުކޮށްްދީފައިވާކަން "އަދަދު" އަށް ވަނީ ކަށަވަރު ވެފަ އެވެ. އަދި އެ ފައިސާ ދެ ދުވަހެއްގެ ތެރޭ ރާއްޖެ ސަރުކާރަށް ލިބޭނެކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެ ފައިސާއަކީ ބްރިޖުގެ މަޝްރޫއަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެޑްވާންސް ފައިސާކަން ވެސް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެގޮތުން އެ ފައިސާ އަކީ ހިލޭ އެހީގެ 100 މިލިއަން ޑޮލަރުގެ 15 ޕަސަންޓު އެޑްވާންސް ފައިސާ އެވެ.

ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ މި މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ. މި ޕްރޮޖެކްޓަށް ހަރަދުކުރަނީ އިންޑިއާ ސަރުކާރުން ދިން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އިންޑިއާ އެގްޒިމް ބޭންކުން ހަމަޖެހިފައިވާ 400 މިލިއަން ޑޮލަރުގެ ލޯނުންނެވެ.

ބްރިޖުގެ އަމަލީ މަސައްކަތް އަދި ނުފަށަ އެވެ. އެ މަސައްކަތްކުރަން ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބްރިޖުގެ މަޝްރޫއު މި ދައުރު ނިމެންވާއިރަށް ނުނިމިދާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ބައިގައި ހިމެނެނީ މާލެއިން ގުޅީފަޅަށް ގުޅާލުމެވެ. މި މަސައްކަތް 27 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވެ އެވެ. ދެވަނަ ބައިގައި ހިމެނެނީ ތިލަފުށިން ގުޅިފަޅަށް ގުޅާލުމެވެ. މި މަސައްކަތް ނިންމަން 32 މަސް ހޭދަވާނެ އެވެ. އެކަމަކު މި ދެބައިގެ މަސައްކަތް ފަށާނީ އެއް ފަހަރާ އެވެ.

މާލެ-ތިލަފުށި ލިންކް ދަށުން މާލެ އާއި، ވިލިމާލެ އާއި، ގުޅިފަޅާއި، ތިލަފުށި ގުޅާލާނެ އެވެ. އަދި މި ލިންކު ގުޅާލަން އަޅާ ބްރިޖާއި ކޯސްވޭ އަދި މަގުތަކުގެ ނެޓްވާކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ. މި ލިންކުގެ ބައިތަކުގެ ތެރޭގައި ތިން ބްރިޖާއި، ދެ މަގާއި، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ގާއިމު ކުރެވޭނެ އެވެ.

އެ މަސައްކަތް ހަވާލުކުރި އިންޑިއާގެ އެފްކޮންސް ކުންފުންޏަކީ މިފަދަ މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ ތަޖުރިބާކާރު ކުންފުންޏެކެވެ. އެގޮތުން އިންޑިއާ އަދި އެފްރިކާ ބައްރުގައި ބޮޑެތި މަޝްރޫއުތަކެއް މި ކުންފުނިން ވަނީ ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox