އެހެން ދީންތައް ފަތުރާ ވެބްސައިޓްތައް ބްލޮކްކުރަން ކޯޓު އަމުރެއް ނެރެފި

ކްރިމިނަލް ކޯޓު. ރާއްޖޭގައި އެހެން ދީންތައް ފަތުރާ ވެބްސައިޓްތައް ބްލޮކްކުރަން އެ ކޯޓުން ވަނީ އަމުރެއް ނެރެފަ. ފޮޓޯ: އަދަދު

ކްރިމިނަލް ކޯޓު. ރާއްޖޭގައި އެހެން ދީންތައް ފަތުރާ ވެބްސައިޓްތައް ބްލޮކްކުރަން އެ ކޯޓުން ވަނީ އަމުރެއް ނެރެފަ. ފޮޓޯ: އަދަދު

އިސްލާމް ދީން ނޫން އެހެން ދީންތައް ފެތުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ސޯޝަލް މީޑިއާ ޕޭޖުތަކަކާއި އޮންލައިން ވެބްސައިޓުތަކަކަށް އާންމުންނަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.

ފުލުހުން ބުނީ ދިވެހިންނަށް އަމާޒުކޮށްގެން އިސްލާމް ދީން ނޫން އެހެން ދީންތައް ފެތުރުމަށް ސޯޝަލް މީޑިއާ، އޮންލައިން ވެބްސައިޓް އަދި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން، ގުޅުން ހުރި އިދާރާތަކާއެކު އެ މައްސަލަ ތަހުގީގުކޮށްފައިވާކަމަށެވެ.

އެކަމާ ގުޅިގެން އެފަދަ ވެބްސައިޓް، ޕޭޖު، ޗެނަލް އަދި އެޕްލިކޭޝަންތަކަށް އާންމުންނަށް ނުވަދެވޭނެހެން ބްލޮކް ކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި ފުލުހުން އެދުމުން، އެ ކޯޓުން އެފަދަ އަމުރެއް ނެރެދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އަމުރު ނެރެދިނުމާއެކު އެ އަމުރު ތަންފީޒުކުރުމަށް ފުލުހުންގެ ފަރާތުން ވަނީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ރަސްމީކޮށް ސިޓިއަކުން އަންގާފައިކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލައިގައި ފުލުހުން ހަވާލާ ދޭ އެ ވެބްސައިޓްތަކަކީ ކޮން ވެބްސައިޓްތަކެއް ކަމެއް ހާމަނުކުރި ނަމަވެސް، މިފަހުން ރާއްޖޭގައި ނަސާރާ ދީން ފެތުރުމަށް އަމާޒުކޮށް ދިވެހި ބަހުން ފޭސްބުކް ޕޭޖުތަކެއް ހިންގިކަމުގެ ވާހަކަތަކެއް އާންމުންގެ ތެރޭގައި ވަނީ ފެތުރިފަ އެވެ.

އަދި ނަސާރާ ދީނުގެ ފޮތް "ބައިބަލް" ގެ ތަރުޖަމާކޮށްފައިވާ ޕޯސްޓުތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox