ފުލުހުންގެ ސްޓްރެޓީޖިކް ޕޮލިސިން ރިކުއާމަންޓް ކަނޑައަޅައިފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (ވ) ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއެކު.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (ވ) ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއެކު.

ފުލުހުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި ގުޅިގެން ގާނޫނީ ގޮތުން ހޯމް މިނިސްޓަރު ކަނޑައެޅުން ލާޒިމުކުރާ ސްޓްރެޓީޖިކް ޕޮލިސިން ރިކުއާމަންޓް ކަނޑައަޅުއްވައި އެއަށް އަމަލުކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަށް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު އަންގަވައިފި އެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ކަނޑައަޅަން މިނިސްޓަރުގެ މައްޗަށް އޮންނަ އެ ސްޓްރެޓީޖިކް ޕޮލިސިން ރިކުއަޔަމަންޓް މިއަދު ކަނޑައަޅައި ނިންމައި އެޔަށް އަމަލުކުރަން ކޮމިޝަނަރަށް އަންގާފައިވާ ކަމަށެވެ. އަދި އެ ރިކުއާމަންޓްތައް ކަނޑައެޅުމުގައި މިނިސްޓަރު ބެއްލެވީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ރޫހަށާއި، އެ ހިދުމަތް މިހާރު ހުރި ހާލަތާއި ރާއްޖޭގެ ދާހިލީ ސަލާމަތާއި ހުރި އެކިކަހަލަ ގޮންޖެހުންތަކަށާއި ކުށުގެ މާހައުލަށް އަންނަ ބަދަލުތަކުގެ މައްޗަށް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނީ ފުލުހުންގެ ހިދުމަތުގެ އެންމެހާ ކަންކަން ތަރުތީބުކޮށް އިންތިޒާމުކުރުމާއި ކަންކަން ޕްލޭންކޮށް ރޭވުމުގައި އެ ކަނޑައެޅި ސްޓްރެޓީޖިކް ޕޮލިސިން ރިކުއާމަންޓަށް އަމަލުކޮށް އޭގައިވާ ކަންކަން ހާސިލުކުރުމަށް މަސައްކަތްކުރުމަށް ވެސް ހޯމް މިނިސްޓަރު، ޕޮލިސް ކޮމިޝަނަރަށް އަންގާފައިވާ ކަމަށެވެ.

އަދި ސްޓްރެޓީޖިކް ޕޮލިސިން ރިކުއާމަންޓުގައިވާ އަމާޒަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތް ބައްޓަންކުރުމުން ފުލުހުންގެ ހިދުމަތް އިތުރަށް ތަރައްގީވެ، ރާއްޖޭގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތައް މަދުވެ، މުޖުތަމައުގެ އަމާންކަމާއި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ.

އަދި އެހެން އާ ސްޓްރެޓީޖިކް ޕޮލިސިން ރިކުއާމަންޓެއް މިނިސްޓަރު ކަނޑައަޅުއްވަންދެން ފުުލުހުންގެ މަސައްކަތާއި ގުޅޭ ގޮތުން ސަރުކާރުން ދޭ އިރުޝާދުގެ ގޮތުގައި މިފަހަރު މިނިސްޓަރު އެ ކަނޑައެޅުއްވި ރިކުއާމަންޓްތަކުގައި ބަޔާންކުރާ ކަންކަން ބެލުމަށް ވެސް މިނިސްޓަރު އެންގެވި ކަމަށް އެ ބަޔާނުގައި ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox