ޖަލުތަކަށް 250 ޖާގަ އިތުރުކޮށް، މާލޭ ޖަލު ހުޅުމާލެއަށް

މާލެ ޖަލު. ސަރުކާރުން މާލޭގައި ހުންނަ ޖަލު ހުޅުމާލެއަށް ބަދަލުކުރަން ވަނީ ނިންމާފަ-- ފޮޓޯ: އަދަދު

މާލެ ޖަލު. ސަރުކާރުން މާލޭގައި ހުންނަ ޖަލު ހުޅުމާލެއަށް ބަދަލުކުރަން ވަނީ ނިންމާފަ-- ފޮޓޯ: އަދަދު

ރާއްޖޭގެ ޖަލުތަކުގައި ހުރި ކެޕޭސިޓީގެ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން 250 ޖާގަ އިތުރުކޮށް، މާލޭގައި ހުންނަ ޖަލު އަންނަ އަހަރު ތެރޭ ހުޅުމާލެއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިޔަށްދާ ޕްރެސް ކޮންފަރެންސްއެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ހުރި މައްސަލަތައް ދަނެގަނެ، އެކަންކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ކޮވިޑުގެ ހާލަތުގައި ވެސް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

އެގޮތުން ސަރުކާރުން ކޮވިޑާއެކުގައި ވެސް ޖަލުތަކަށް ދިމާވެފަ ހުރި ޖާގައިގެ ދަތިކަން ހައްލުކުރުމަށް މަސައްކަތްތަކެއްކޮށް، ރިމާންޑް އަދި އެހެނިހެން ކުއްވެރިންނަށް ވެސް އިތުރު ޖާގަ މިހާރު ހަދާފައިވާކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

"މިދިޔަ މުއްދަތުގެ ތެރޭގައިވެސް މި ގޮންޖެހުންތަކާއެކުވެސް، ކަރެކްޝަނަލް ސާވިސްގެ ދަށުގައި ހިނގާ ޖަލުތަކަށް 250 ޖާގަ އަޅުގަނޑުމެން ވާނީ އިތުރު ކޮށްފައި،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އަދި ރިމާންޑް ކުއްވެރިން ބޭއްތިބުމުގައި ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން އަދި ޖަލުތަކުގެ ހާލަތަށް ރިއާޔަތްކޮށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޖަލުތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ވަރަށް ފުރިހަމަ ހައްލެއް ލިބިގެންދާނެކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

"ރިމާންޑް ޖާގައަށް 400 އެއްހާ ޖާގަ އިތުރުކުރެވިގެންދާނެ. މީ މިހާރު ހާއްސަކޮށް ރިމާންޑް ކުށްވެރިން ގެންގުޅެން ޖެހިފައިވާ ވުމަށް، ކުރިމަތިވެފައިވާ ބޮޑު މައްސަލައަށް ލިބިގެންދާނެ ވަރަށް ފުރިހަމަ ހައްލެއް،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް މާލެ ޖަލު ހުޅުމާލެއަށް ބަދަލުކުރުމަށް ވެސް ސަރުކާރުން ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި މިހާރު އެކަމަށްވާންޖެހޭ ތައްޔާރީތައްވުމުގެ ފަހުގެ މަރުހަލާތައް ކުރިއަށް ދާކަމަށާއި އެ ހުރިހާ ކަމަކާއެކު ޖަލުތަކުގައި ހުރި ގިނަ މައްސަލަތަކެއް ހައްލުވެ ގައިދީންގެ ހައްގުތައް ވެސް ކަށަވަރުވެގެންދާނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން ދަނީ މާލެ ޖަލު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތްކުރުމަށް. މިހާރު ވަނީ އެކަމަށްތަކައި ވާންޖެހޭ ތައްޔާރީވުމުގެ ފަހުގެ މަރުހަލާގައި،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox