ރަސްފަރީ ފަރަށް އެރި ބޯޓުގެ ޖޫރިމަނާއަށް ބަދަލެއް ގެންނަން ނުފެންނަކަމަށް މިނިސްޓަރު ނިންމަވައިފި

އެމް.ވީ ނަވިއޯސް އަމަރިލިސް ރަސްފަރީ ފަރަށް އުރިފައި. -- ފޮޓޯ: އެމްއެންޑީއެފް

އެމް.ވީ ނަވިއޯސް އަމަރިލިސް ރަސްފަރީ ފަރަށް އުރިފައި. -- ފޮޓޯ: އެމްއެންޑީއެފް

ކ. ރަސްފަރީ ފަރަށް އެރި ޕެނަމާގެ އާގު ބޯޓު ޖޫރިމަނާކުރުމަށް އީޕީއޭއިން ނިންމި ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް މިނިސްޓަރު ނިންމަވައިފި އެވެ. މިނިސްޓްރީން މިގޮތަށް ނިންމީ އެ ބޯޓުގެ ވެރި ފަރާތުން އީޕީއޭގެ ނިންމުން އިސްތިއުނާފްކޮށް އެންވަރަންމެންޓް މިނިސްޓްރީއަށް ހުށަހެޅި މައްސަލައިގަ އެވެ.

އެންވަރަންމެންޓް މިނިސްޓްރީން މިއަދު ބުނީ އެމް.ވީ ނަވިއޯސް އަމަރިލިސް ރަސްފަރީ ފަރަށް އެރުމާއި ގުޅިގެން އެންވަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކޮށްފައިވާ 100 މިލިއަން ރުފިޔާގެ ޖޫރިމަނާގެ މައްސަލަ ބޯޓުގެ ވެރި ފަރާތުން އެ މިނިސްޓަރީއަށް އިސްތިއުނާފަށް ހުށަހެޅިކަމަށެވެ.

އެހެން ނަމަވެސް އީޕީއޭގެ އެ ނިންމުން ބަދަލުކުރަން އަންގަންޖެހޭ އެއްވެސް ތަނެއް ނެތްކަމަށް މިނިސްޓަރު ޝައުނާ މިއަދު ނިންމަވާފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ.

ބޯޓު ފަރަށް އެރުމުގައި ބޯޓު ދުއްވަން އިން ފަރާތުގެ އިހުމާލު ވަރަށް ބޮޑަށް އޮތްކަން މިނިސްޓަރުގެ އެ ނިންމެވުމުގައި ފާހަގަކުރެެއްވި އެވެ. އަދި އެ ހާދިސާއާ ގުޅިގެން ލިބުނު ލިޔެކިޔުންތަކަށް ބަލާއިރު، ބޯޓުގެ އިންޖީނެއްގެ ހޫނުގަދަވިކަން ފާހަގަވެ، އޯގަސްޓް 18 ވަނަ ދުވަހު 2:30 ގައި ބޯޓުގެ އެ އިންޖީނު ނިވާލާފައިވާކަން އެނގެން އޮންނަކަމަށްވެސް މިނިސްޓަރުގެ ނިންމެވުމުގައި ފާހަގަކުރައްވާފައި ވެއެވެ.

މިނިސްޓަރުގެ ނިންމެވުމުގައި ފާހަގަކުރައްވާފައިވާގޮތުން އެ ބޯޓު ފަރަށް އަރާފައި ވަނީ އޯގަސްޓު 19 ވަނަ ދުވަހުގެ ދަންވަރު 3:00 ޖެހިއިރު އެވެ. އެހެންނަމަވެސް އެކަން ބޯޓުގެ ވެރިފަރާތުން ރަސްމީކޮށް ސަރުކާރުގެ މުއައްސަސާތަކަށް ރިޕޯޓުކޮށްފައި ވަނީ އެދުވަހުގެ ރޭ 9:00 ޖެހިއިރުކަމަށް ވެސް މިނިސްޓަރުގެ އެ ނިންމެވުމުގައި ފާހަގަކުރައްވާފައި އޮވެ އެވެ.

ބޯޓު ފަރަށް އެރިކަން ބޯޓުގެ ވެރިފަރާތުގެ ކުރިން ރަސްފަރީ ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ ދިރާގުގެ މުވައްޒަފުންތަކެއް ރިޕޯޓުކުރިކަމަށް ވެސް މިނިސްޓަރުގެ ނިންމުމުގައި ފާހަގަކުރެ އެވެ. ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުން ދިރާގުން އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ އޯގަސްޓު 19 ވަނަ ދުވަހުގެ މެންދުރު 1:30 ކަންހާއިރު އެވެ.

ކަންމިހެން ހިނގާފައި އޮތުމުން ބޯޓުގެ ވެރިފަރާތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އެ ހާދިސާގެ ކަންކަން އަންގައި އެއްބާރުލުން ދިންކަމަށް ބަލައިގަނެވޭނެ ޖާގައެއް ނެތްކަމަށްވެސް މިނިސްޓަރުގެ ނިންމެވުމުގައި ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން ވެސް އެ ހާދިސާއަކީ ކުއްލި ހާލަތެއްކަމަށް ބޯޓުގެ ވެރި ފަރާތުން ގަބޫލުކޮށް، ވަގުތު އޮއްވައި ކަމާބެހޭ ފަރާތްތަކަށް އެކަން އަންގައިގެން އެ ފަރާތްތަކުގެ އެހީތެރިކަން ހޯދިނަމަ، ބޯޓު ފަރަށް އެރުމުން ސަލާމަތްކުރެވުނީސް ކަމަށް ދާއިރާގެ މާހިރުންނާއި ސަރުކާރުގެ ގުޅުންހުރި މުއައްސަސާތަކުން ލަފާދޭކަމަށް ވެސް މިނިސްޓަރުގެ ނިންމެވުމުގައި ފާހަގަކޮށްފައި އޮވެ އެވެ.

ދިވެހިރާއްޖޭގެ ފަރުތަކަކީ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ އެންމެ ބޮޑު ރައުސްލްމާލުކަން މިނިސްޓަރު ޝައުނާގެ ނިންމެވުމުގައި ފާހަގަކުރެއްވި އެވެ. އަދި ފަރުގެ ނިޒާމަކީ އޭގެ މައްޗަށް ރާއްޖޭގެ މުޅި އިގްތިސާދު ބިނާވެފައިވާ، ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓެނިވިގޮތެއްގައި އެއާނުލާ ކުރިޔަށް ނުގެންދެވޭނެވަރުގެ މުހިންމު ނިޒާމެއްކަމަށްވެސް އެ ނިންމުމުގައި ވެއެވެ.

ބޯޓު ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އިތުރުން ތެޔޮ ލީކުވުން ފަދަ ހާދިސާއެއް ހިނގިނަމަ، ރާއްޖޭގެ ތިމާވެއްޓަށާއި، މަސްވެރިކަމަށާއި، އާންމު ސިއްހަތާއި ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު އެތައް އަހަރުތަކެއް ވަންދެން ކުރާނެކަމަށް ވެސް މިނިސްޓަރުގެ ނިންމެވުމުގައި އޮވެ އެވެ.

މިނިސްޓަރުގެ ނިންމުމުގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުން ރަސްފަރީ ފަރަކީ މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދަށްވާއިރު، އެއީ 1995 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ފަރެކެވެ. އަދި އެއީ ޑައިވަރުންގެ މެދުގައި މަޝްހޫރު ފަރެއް ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރަސްފަރީ ފަރުގައި އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިން ސްޓޭޝަން" އެއް ހިމެނޭ ކަމަށާއި، އެ ސަރަހައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި، ހިމާޔަތްކޮށްފައިވާ މާހުޅުނބު ލަނޑާއާއި، މަޑިއާއި، މިޔަރާއި، ވެލާ ފަދަ ދިރުންތައް ފެންނަ ސަރަހައްދެއްކަން ވެސް މިނިސްޓަރުގެ ނިންމެވުމުގައި ބަޔާންކޮށްފައި އޮވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox