'ރަސްމާލެ ވިއްކާލާ ބިލު' ހިމެނޭ ގޮތަށް ހަތަރު ބިލެއް މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހިންނަށް ބޯހިޔާވަހިކަން ދޭން ކަމަށް ބުނެ ހިއްކަމުންދާ ފުށިދިއްގަރުފަޅުން އެއްބައި އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލުމަށް ފަހިކުރާ ބިލު (ރިއަލް އެސްޓޭޓް ބިލް) ހިމެނޭ ގޮތަށް ހަތަރު ބިލެއް މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ އެޖެންޑާގައި ހިމަނާފައިވާ ހަތަރު ބިލުގެ ތެރެއިން ރަސްމާލެ ވިއްކާލާ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ފެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން އެވެ. 

ސަރުކާރުގެ ފަރާތުން ދެން މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހެޅުއްވި މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހަޅުއްވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލުގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅުއްވާ ދިވެހިރާއްޖޭގެ އިމިގްރޭޝަނުގެ ބިލެވެ. 

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ހަތަރު ބިލުގެ ފުރަތަމަ ކިޔުން އިއްވުން ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްވެސް މިއަދު ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ. 

ރަސްމާލެ ވިއްކާލުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައި މިވަނީ އެފަދަ ބިލެއް ހުށަހަޅާނެކަން ސަރުކާރުން އިއުލާނު ކުރުމަށްފަހު އެވެ. އެފަދަ ބިލެއް ހުށަހަޅަން އުޅޭކަން ހާމަކުރީ ރަސްމާލެ ވިއްކާލުމުގެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުކަން ފާގަހަކުރެވެ އެވެ. މި ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ދެ ހަފުތާގެ ވަގުތު ދެއްވާނޭކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ރަސްމާލެ އެއްބަސްވުމުގެ ކުރިން ހަދާ ރިއަލް އެސްޓޭޓު ގާނޫނަށް ހިޔާލު ހުށަހަޅަން ދެ ހަފުތާ ދޭނަން: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހަޅަން އާންމުންނަށް ދެ ހަފުތާގެ މުއްދަތެއް ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ. އަދި މަޝްރޫއުގެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ހުށަހަޅައިގެން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި.

ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި ރަސްމާލޭގެ ބިމުން 500 ހެކްޓަރު އީގަލް ހިލްސްއަށް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ.

ރަސްމާލޭގެ އެއްބައި އީގަލް ހިލްސްއަށް ދޫކޮށްލާތީ އާއި އެ ކުންފުނީގެ ވެރިޔާ އަލައްބާރު އަކީ އިޒްރޭލްގެ އެކުވެރިއެއް އަދި މަދަދުވެރިއަކަށް ވުމުން ދީނީ އިލްމުވެރިންނާއި އިދިކޮޅު ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިވުމަށް ފުރުސަތު ހުޅުވިގެންދާތީވެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް، މި މަޝްރޫއުއާ ދެކޮޅަށް މަސައްކަތްކުރާ "ގައުމީ ހަރަކާތުން" އަދި އިދިކޮޅު އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީން ފެންނަ މަންޒަރު ތަފާތުވެއްޖެ: އެމްޑީޕީ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށާއި، އެ ޕާޓީން ވަކާލާތުކުރި އަސާސްތަކާ މިއަދު ފެންނަ މަންޒަރު ތަފާތު ކަމަށް އަސްލަމް ވިދާޅުވި. އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމުގެ ތުހުމަތުތައް ބައެއް މެންބަރުން ކުރަމުންދާއިރު، މިއީ ޕާޓީ އުފެދުނު މަގުސަދާ ހިލާފު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި.

ގުރުއާނު އާޔަތެއް ނުބައިކޮށް ކިޔާތީ ޕަރީ 1' ދެއްކުން ހުއްޓުވައިފި

މި މައްސަލައާ ގުޅިގެން އެންބީސީން އާންމުންގެ ކިބައިން މައާފަށް އެދިފައިވާއިރު، ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން ބުނީ މިއީ ޑަބިންގެ ތެރެއިން ގަސްދަކާ ނުލައި އެރި އޮޅުމެއް ކަމަށް. މިއީ މި އަހަރުގެ ޖެނުއަރީގައި އެޅުވި ފިލްމެއް.

ބޭބެއިންނަށް ގާލިބުގެ ނަސޭހަތާއި ސިޔާސީ ދައުވަތު

ވަށަފަރު ބައި-އިލެކްޝަނުން ސަރުކާރު ބަލިވުމާ ގުޅިގެން މަގާމުތަކުން ވަކިކުރި ރައީސްގެ އާއިލީ ތިން ބޭފުޅުންނަށް، އެމްޑީޕީއާ ގުޅިވަޑައިގަތުމަށް މާލެ ސިޓީ ކައުންސިލަރު އަހުމަދު ގާލިބު ދައުވަތު ދެއްވައިފިއެވެ. ގާލިބު ވަނީ އެ ބޭފުޅުންނަށް ހިތްވަރު ދެއްވައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ ބިދޭސީއަކު ފިިހިއްޖެ

ތ. ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއް މަރާމާތުކުރަން އުޅުމުގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބިދޭސީއަކު ވަރަށް ބޮޑަށް ފިހި ހާލު ސީރިއަސްވެއްޖެ. އާންމުންނާއި އެއާޕޯޓު ފަޔާ ގުޅިގެން އަލިފާންގަނޑު ނިއްވާލާފައިވީ ނަމަވެސް، މި ހާދިސާގައި އެ ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފަ.

އެއް ޖިންސުން ގުޅުން ހިންގި އަލަމްގީރު ޑީޕޯޓުކޮށްފި

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ވީޑިއޯ ކުރި މައްސަލައިގައި ޖަލު ހުކުމް ތަންފީޒުކުރި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރު، ދުވަހަކުވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފިއެވެ. އޭނާ ޑީޕޯޓުކޮށްފައިވަނީ އެކި މައްސަލަތަކުގައި އިއްވި ޖުމްލަ ހަތަރު އަހަރަށްވުރެ ދިގު ޖަލު ހުކުމްތައް ތަންފީޒުކޮށް ނިމުމުން މި މަހުގެ 26 ވަނަ ދުވަހުއެވެ.

ހެލްޕް-ޓު-ބިލްޑް ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މި ސްކީމުގެ ދަށުން ރަށްރަށުގެ ގޯތިތަކަށް 200,000 ރުފިޔާ އަދި މާލޭގެ ގޯތިތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޫކުރުމަށް ވަނީ ނިންމާފަ.

އިމިގްރޭޝަން އޮފިސަރެއް ފުލުހުން ހައްޔަރުކޮށްފި

ރާއްޖެއިން ޑީޕޯޓުކޮށްފައިވާ ބިދޭސީއަކު އަލުން ރާއްޖެއަށް އެތެރެކުރި ކަމުގެ ތުހުމަތުގައި އިމިގްރޭޝަން އޮފިސަރަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، ހައްޔަރުކުރި މުވައްޒަފާ ބެހޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox