ރާއްޖެއިން އިޒްރޭލު ބަލައި ނުގަނެ އޮއްވައި، ގާނޫނުގައި އިޒްރޭލުގެ ވާހަކަ ލިޔުމަކީ އެ ގައުމު ބަލައިގަތުން: އަލީ ހުސައިން

އަލީ ހުސައިން: އޭނާ ވިދާޅުވީ ރިއަލް އެސްޓޭޓް ބިލާއެކުވެސް އެހެން ދީންތަކުގެ މީހުންނަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް -- ފޮޓޯ؛ އަދަދު

އަލީ ހުސައިން: އޭނާ ވިދާޅުވީ ރިއަލް އެސްޓޭޓް ބިލާއެކުވެސް އެހެން ދީންތަކުގެ މީހުންނަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް -- ފޮޓޯ؛ އަދަދު

ރާއްޖެއިން އިޒްރޭލަކީ ގައުމެއް ގޮތުގައި ބަލައި ނުގަނެ އޮއްވައި، އެ ގައުމުގެ ވާހަކަ ގާނޫނުއަސާސީގައި ލިޔުމަކީ އިޒްރޭލު ގައުމެއްގެ ގޮތުގައި ބަލައިގަތުން ކަމަށް "ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުގެ ތަރުޖަމާނު އަލީ ހުސައިން ރޭ ވިދާޅުވެއްޖެ އެވެ. 

ގައުމީ ހަރަކާތުން ބޭއްވި މުޒާހަރާގައި އަލީ ހުސައިން ވިދާޅުވީ އިޒްރޭލަކީ ގައުމެއް ގޮތުގައި ދިވެހި ރައްޔިތުން ގަބޫލުނުކޮށް، ދިވެހިން ގަބޫލުކުރަނީ އެއީ ޒަޔަނިސްޓް އެންޓިޓީއެއް ގޮތުގައި ކަމަށެވެ. ނަމަވެސް އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖެއަށް ނާދެވޭނެ ވާހަކަ ގާނޫނުގައި ލިޔުމުން އެއީ އިޒްރޭލަކީ ގައުމެއްގެ ގޮތުގައި ރާއްޖެއިން ބަލައިގަތުން ކަމަށް އޭނާ ވިދާޅުވި އެވެ. 

"ރައީސް މުއިއްޒު މި ކުރެއްވި ކަމަކީ ދިވެހި ދައުލަތުން އިޒްރޭލު ބަލައިގަތުން. ބަލައިގަތީމަ ނޫންތޯ އިޒްރޭލުގެ ވާހަކަ ގާނޫނެއްގައި، ބިލެއްގައި މި ލިޔަނީ ނާދެވޭނޭ ކިޔާފައި ކިޔާފައި. މިއީ މިހާތަނަށް ދިވެހި ރައްޔިތުން އިޒްރޭލު އެއީ ގައުމެއްގެ ގޮތުގައި ބަލައެއް ނުގަނޭ. އަޅުގަނޑުމެން ގަބޫލުކުރަނީ އެއީ ޒައިނިސްޓު އެންޓިޓީއެއްގެ ގޮތުގައި،" އަލީ ހުސައިން ވިދާޅުވި އެވެ.

"އިސްލާމީ ގިނަ ގައުމުތަކުން އީރާން އަދި ސައުދީ އަރަބިއްޔާ ފަދަ އަދި އެހެންވެސް އިސްލާމީ ގައުމުތަކުން އިޒްރޭލު ބަލައެއް ނުގަނޭ. އެ ތަނަށް ކިޔަނީ ޒައިނިސްޓު އެންޓިޓީއެއް. އެ ތަނުގައި ވަޒަންވެރިވެގެން އުޅޭ މީހުންގެ މައްޗަށް ނުފޫޒު ފޯރުވަނީ."

އަލީ ހުސައިން ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުން ރާއްޖޭގައި އެހެން ދީންތަކުގެ މީހުންނަށް ވަޒަންވެރިވުމުގެ ފުރުސަތު ފަހިވުން ނުހުއްޓުވޭ ކަމަށެވެ. އޭގެއިތުރުން އިޒްރޭލު މީހުންނަށް ރާއްޖެއަށް ނާދެވޭނެ ކަމަށް ބުނާއިރު، ފަލަސްތީނަށްވެސް ޒަޔަނިސްޓް އެންޓިޓީން މީހުން ވަޒަންވެރިކުރުވީކަން އޭނާ ފާހަގަކުރެއްވި އެވެ. 

"އެ ބިލުން ދިވެހިރާއްޖޭގައި ގައިރުދީންތަކުގެ މީހުން، މީހުން ވަޒަންވެރިވުން ނުވަދިހަނުވަ އަހަރުން ނުވަދިހަނުވަ އަހަރުން އާކުރެވޭ ގޮތަށް އޮތުން މަނަލެއް ނުކުރޭ. ދެން އިޒްރޭލު މީހުންނަށް ނާދެވޭނޭ ބުނާއިރު، މިހާރު ފަލަސްތީނުގެ ބިމުގައި ވަޒަންވެރިވެގެން އެ އުޅޭ ހުރިހާ އެންމެންނަކީ އިޒްރޭލަށް ނިސްބަތްވާ މީހުންނެއް ނޫނޭ. އެ ތަނުގައި އޮތް ޒައިނިސްޓު އެންޓިޓީން އެ ތަނަށް ސެޓްލާސްގެ ގޮތުގައި ދުނިޔޭގެ އެ ތަންމިތަނުގައި ތިބި ޒައިނިސްޓުން ގެންނަނީ،" އަލީ ހުސައިން ވިދާޅުވި އެވެ. 

އޭގެއިތުރުން އިޒްރޭލު ގައުމެއްގެ ގޮތުގައި ބަލައިގަނެފައިވާ މަދު ގައުމުތަކުގެ ތެރޭގައި ޔޫއޭއީ ހިމެނޭކަން އަލީ ހުސައިން ފާހަގަކުރެއްވި އެވެ. ރަސްމާލެއިން އެއްބައި ދޫކޮށްލަން ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއަށެވެ. 

ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރުން ހުއްޓާލިކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ. ދާއިމީ އެއްބަސްވުމުގައި މި ނޮވެމްބަރު މަހު ސޮއިކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox