މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން: އަލީ ހުސައިން

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ހިލޭ ދިނުމާ ދެކޮޅަށާއި، ބޭރު މީހުންނަށް ރާއްޖޭގައި ދިގު މުއްދަތަށް ތިބެވޭ ގޮތަށް ހުށަހަޅާފައިވާ ރެސިޑެންސީ ގާނޫނާ ދެކޮޅަށް ބާއްވާ "ގައުމީ ހަރަކާތް" އިދިކޮޅު ގިނަ ސިޔާސީ ޕާޓީތަކެއްގެ ބައިވެރިވުމާއެކު ފަށައިގެން ބާއްވާ ރެލީގައި އަލީ ހުސައިން ވާހަކަ ދައްކަވަނީ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ހިލޭ ދިނުމާ ދެކޮޅަށާއި، ބޭރު މީހުންނަށް ރާއްޖޭގައި ދިގު މުއްދަތަށް ތިބެވޭ ގޮތަށް ހުށަހަޅާފައިވާ ރެސިޑެންސީ ގާނޫނާ ދެކޮޅަށް ބާއްވާ "ގައުމީ ހަރަކާތް" އިދިކޮޅު ގިނަ ސިޔާސީ ޕާޓީތަކެއްގެ ބައިވެރިވުމާއެކު ފަށައިގެން ބާއްވާ ރެލީގައި އަލީ ހުސައިން ވާހަކަ ދައްކަވަނީ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތައް ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، މިހާރު ފެށެން އެ އުޅެނީ މި ގައުމުގެ މިނިވަންކަން ނިމުމުގެ ފެށުން ކަމަށް ގާނޫނީ ވަކީލު އަދި "ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުގެ ތަރުޖަމާނު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ދިވެހިންގެ ބިން ދިވެހިންނަށް ނަމުގައި ރޭ ބޭއްވި ހަރަކާތުގައި އަލީ ހުސައިން ވިދާޅުވީ, އިސްލާމްދީން ނޫން ދީންތަކަށް ނިސްބަތްވާ މީހުންނާއި ޒަޔަނިސްޓުން ރާއްޖެއަށް ގެނެސް އާބާދުކުރުވަން ފަށައިފިނަމަ، ދިވެހިންގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަން ދާދި އަވަހަށް ފޭރިގަނެވިގެން ހިނގައިދާނެ ކަމަށެވެ.

"މިހާރު ފެށެން މި އުޅެނީ މި ގައުމުގެ މިނިވަންކަން ނިމުމުގެ ފެށުން. އެއީ ބޭރު މީހުން ދިވެހިރާއްޖޭގައި، ވަޒަންވެރިކުރުވަން ފަށައިފިކަމުގައިވާނަމަ، ހާއްސަކޮށް ޒަޔަނިސްޓުން، އިސްލާމްދީން ނޫން ދީންތަކަށް ނިސްބަތްވާ މީހުން، ރާއްޖެއަށް ގެނެސް އެގޮތަށް ވަޒަންވެރިކުރުވަން ފަށައިފި ކަމުގައިވާނަމަ އަޅުގަނޑުމެންގެ މިނިވަންކަން ދާދި އަވަހަށް ހިނގައިދާނެ،" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ, ދުނިޔޭގެ ބޮޑެތި ބާރުތަކާއި ނުފޫޒުގަދަ ހަތިޔާރު އުފައްދާ ގައުމުތަކާ ހަނގުރާމަކުރެވޭ ވަރުގެ ގާބިލުކަމެއް ދިވެހި ސިފައިންނާއި ފުލުހުންގެ ކިބައިގައި ހުރިކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އެހެންކަމުން މިއަދު ދިވެހިންނަށް ކުރެވޭނެ ހަމައެކަނި ކަމަކީ، ގައުމުގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ދޮރު ޒަޔަނިސްޓުންނަށް ބަންދުކުރުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރަސްމާލެ މަޝްރޫއާ ގުޅިގެން ހެދިފައި ހުރި އެއްވެސް މާލީ ތަފްސީލެއް ނުވަތަ ހިސާބުކިތާބެއް އަދި އަދަށް ދާންދެންވެސް ފިނޭންސް މިނިސްޓްރީއާ ހިއްސާކުރެވިފައި ނެތް ކަމަށް ފާހަގަކުރައްވައި, އެ މިނިސްޓްރީން ބަލާލާނެ އެންމެ ޕޭޖެއްގެ ޑޮކިއުމެންޓެއްވެސް ނެތްއިރު، މި މުޅި މުއާމަލާތް އެނބުރެނީ ހަމައެކަނި ވަކި ބައެއްގެ މެދުގައި ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

"ދެތިން މީހެއްގެ މެދުގައި މިކަމުގެ ތަފްސީލު މިވަނީ، ރައީސް މުއިއްޒާއި، ބްރަދާ އަބްދުﷲ އާއި މުއްތަލިބާ ދޭތެރޭގައި މިކަން މި އެނބުރެނީ. މި ކުރާ ހަރަދަކާއި، ފައިސާ ދާގޮތަކާ މިކަންކަން މި އެނގެނީ މި މީހުންނަށް. އެހެންނަމަވެސް ވިއްކާލަން މި އުޅެނީ އަޅުގަނޑުމެން ހުރިހާ ދިވެހިންގެ ބިން،" އަލީ ހުސައިން ވިދާޅުވިއެވެ.

ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި ރަސްމާލޭގެ ބިމުން 500 ހެކްޓަރު އީގަލް ހިލްސްއަށް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ.

ރަސްމާލޭގެ އެއްބައި އީގަލް ހިލްސްއަށް ދޫކޮށްލާތީ އާއި އެ ކުންފުނީގެ ވެރިޔާ އަލައްބާރު އަކީ އިޒްރޭލްގެ އެކުވެރިއެއް އަދި މަދަދުވެރިއަކަށް ވުމުން ދީނީ އިލްމުވެރިންނާއި އިދިކޮޅު ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިވުމަށް ފުރުސަތު ހުޅުވިގެންދާތީވެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް، މި މަޝްރޫއުއާ ދެކޮޅަށް މަސައްކަތްކުރާ "ގައުމީ ހަރަކާތުން" އަދި އިދިކޮޅު އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މާދަމާރޭގެ ޖަލްސާއަށް ދާން ސަރުކާރު މުވައްޒަފުންނަށް އަންގައިފި

މާދަމާރޭ ބާއްވާ ޖަލްސާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާއަށް ދާ މުވައްޒަފުންނާއި އެމީހުންގެ އަނބިފިރިންގެ މައުލޫމާތު މިއަދު މެންދުރުގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

އަދާލަތުން ސަރުކާރަށް ތާއީދުކުރުމުން އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ މިއީ ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާނެ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފައިވަނީ، އެ އޮފީހުގެ ޗެއާޕާސަނާ ގުޅޭ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި ޝިއުނާ އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ މީގެ ކުރިން އޭސީސީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

Newsletter

Get the latest news delivered straight to your inbox