ގުރުއާނުގެ އާޔަތެއް ނުބައިކޮށް ކިޔާފައި ވާތީ "ޕަރީ: ޗެޕްޓާ 1" ދެއްކުން ހުއްޓުވައިފި

Nov 29, 2026, 9:57 PM
ޕަރީ: ޗެޕްޓާ 1 ފިލްމުގެ އޯޕަނިން ގްރެފިކްސް --- ފޮޓޯ: ޔޫޓިއުބް/އެސްޕްރޮޑަކްޝަންސް

ޕަރީ: ޗެޕްޓާ 1 ފިލްމުގެ އޯޕަނިން ގްރެފިކްސް --- ފޮޓޯ: ޔޫޓިއުބް/އެސްޕްރޮޑަކްޝަންސް

ދިވެހި ފިލްމު "ޕަރީ: ޗެޕްޓާ 1" ގެ މަންޒަރެއްގައި ކީރިތި ގުރުއާނުގެ އާޔަތެއް ސައްހަ ނޫން ގޮތަކަށް ގެނެސްދީފައި ވާތީ، އެ މަންޒަރު އިސްލާހު ކުރަންދެން ފިލްމު ދެއްކުން ވަގުތުން ވަގުތަށް ހުއްޓާލަން ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން (އެންބީސީ) އަންގައިފި އެވެ.

ފިލްމު ދެއްކުން ހުއްޓާލަން އަންގާފައި ވަނީ މިދިޔަ ޖަނަވަރީ 7 ވަނަ ދުވަހު ޕްރީމިއާ ކުރި މި ފިލްމުގައި ހިމެނޭ ދީނީ މައްސަލަ އެ ބިއުރޯގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ.

އެންބީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ މަންޒަރު އަލުން ޑަބްކޮށް އިސްލާހު ކުރުމަށް ފިލްމު އުފެއްދި ފަރާތަށް މިހާރު އަންގާފައި ވާނެ ކަމަށެވެ. އަދި އެކަން އިސްލާހު ކުރެވެންދެން އެއްވެސް މަންސައެއްގައި މި ފިލްމު ދެއްކުން ހުއްޓާލުމަށް ވަނީ އަންގާފަ އެވެ. މީގެ އިތުރުން ފާހަގަކުރެވުނު މަންޒަރު މީސްމީޑިއާގައި ދައުރު ނުކުރުމަށް ވެސް އެ ބިއުރޯއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.

ފިލްމު ކްލެސިފައި ކުރުމުގެ މަރުހަލާގައި މިފަދަ ބޮޑު ކަމެއް ފާހަގަކުރެވިފައި ނުވާތީ އެންބީސީން ވަނީ އާންމުންގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި މި މައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށް ވެސް އެ ބިއުރޯއިން ބުންޏެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރު ވިޔަނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ހަރުދަނާކަމާ އެކު އަޅާނެ ކަމުގެ ޔަގީންކަން ވެސް އެންބީސީން ވަނީ ދީފަ އެވެ.

މި މައްސަލައާ ގުޅިގެން ފިލްމުގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަލީ ސީޒަން ވަނީ މިއީ ޑަބިން މަރުހަލާގައި ގެނެވުނު ގޯސް ބަދަލެއް ކަމަށް ބުނެ މައާފަށް އެދިފަ އެވެ. އަދި މިއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށާއި އެއީ އެރި ބޮޑު އޮޅުމެއް ކަމަށް އޭނާ ބުންޏެވެ. 

"ޕަރީ: ޗެޕްޓާ 1" އަކީ ސީޒަން ޑައިރެކްޓްކޮށް މިއަހަރުގެ ކުރީކޮޅު ސިނަމާތަކަށް ގެނައި ބިރުވެރި ފިލްމެކެވެ. މިއީ ސީޒަންގެ އިތުރުން ދިވެހި ސިނަމާގެ މަގުބޫލު އެތައް ތަރިންނެއް ފެނިގެންދިޔަ އަދި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ.

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox