އެތައް ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި އަލަމްގީރު ހުކުމް ތަންފީޒުކޮށް ނިމުމުން ޑީޕޯޓުކޮށްފި

އަލަމްގީރް: އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާފައި -- ފޮޓޯ: ސޯޝަލް މީޑިއާ

އަލަމްގީރް: އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާފައި -- ފޮޓޯ: ސޯޝަލް މީޑިއާ

އެތައް ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގައި ވީޑިއޯ ނެގި، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރުގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމުމުން ދުވަހަކު ވެސް ރާއްޖެއަށް އެނބުރި ނާދެވޭ ގޮތަށް އޭނާ ޑީޕޯޓުކޮށްފި އެވެ.

އަލަމްގީރުގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމުމުން، އޭނާ ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަން މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިން މި ނޫހަށް ކަށަވަރުކޮށްދިނެވެ.

އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން މޯލްޑިވްސް އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާއްޖެއަށް ދެން ނާދެވޭ ގޮތަށް އަލަމްގީރު ޑީޕޯޓުކޮށްފައިވާ ކަމަށެވެ.

"ޑީޕޯޓުކޮށްފައި ވަނީ މި މަހު 26، ގައި، އިންޑެފިނީޓުކޮށް ޑީޕޯޓުކުރީ، ދެން ދުވަހަކު ވެސް ރާއްޖެއަށް އަނބުރާ ނާދެވޭ ގޮތަށް،" އިމިގްރޭޝަނުން ބުންޏެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލަ އާއި އޮރިޔާން ކާޑު އުފެއްދުމުގެ 40 ދައުވާގައި އަލަމްގީރު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ސެޕްޓެމްބަރު 29، 2022 ގަ އެވެ. އެ މައްސަލަތަކުގައި އޭނާގެ މައްޗަށް ޖުމުލަ ހަތަރު އަހަރާއި ދެ މަސްދުވަހަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.

އެއީ އެއް ޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަކަށް އޭނާ އިއުތިރާފުވުމުން އިއްވި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމަކާއި އޮރިޔާން ކާޑު އުފެއްދުމުގެ 40 ދައުވާއަށް އިއުތިރާފުވުމުން އިއްވި ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމާއި އެއް ޖިންސުން ގުޅުން ހިންގުމުގެ އިތުރު ހަ ދައުވާއަކަށް އިއުތިރާފުވުމުން އިއްވި ނުވަ މަހާއި 13 ދުވަހުގެ ޖަލު ހުކުމެވެ.

އަލަމްގީރުއަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކަކެއްގެ މައްސަލައިގައި ހައްޔަރުކުރި މީހެކެވެ. 2022 ވަނަ އަހަރުގެ ޖޫން މަހު އާންމުވި އެ ވީޑިއޯތަކުން ރާއްޖޭގައި މަޝްހޫރު ސިޔާސީ ބޭފުޅުންނާއި އިސް މަގާމުތައް ފުރުއްވައިފައިވާ ބޭފުޅުން ވެސް ހިމެނުނެވެ.

އެ މައްސަލައިގައި އަލަމްގީރުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން، މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު، ނާޒިމް ސައްތާރު އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ފުލުހެއް ކަމަށްވާ އަބްދުލް ރައުފްގެ މައްޗަށް ވެސް އެއް ޖިންސުން ގުޅުން ހިންގިކަން ސާބިތުވެ ހުކުމްކުރި އެވެ.

ނާޒިމްއަށް ހުކުމްކުރީ ހަތަރު މަސްދުވަހު ގޭބަންދުގައި ބެހެއްޓުމަށެވެ. ރައޫފަށް ކުރީ އެއް އަހަރާއި އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ.

އަލަމްގީރުއާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ 18 މީހެއްގެ ޕާސްޕޯޓު ފުލުހުން އޭރު ހިފެހެއްޓި އެވެ. އަދި، އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލައިގައި ތިން މީހަކު ހައްޔަރުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox