ހުރިހާ ސަރަހައްދެއްގައި ރަސްމާލެ ކަހަލަ ޕްރޮޖެކްޓުތައް ހިންގޭނެ
ރިއަލް އެސްޓޭޓް ގާނޫނާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ރަސްމާލެ ފަދަ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އުޝާމް ވިދާޅުވި. މީގެ މައިގަނޑު މަގްސަދަކީ ޓޫރިޒަމް ނޫން ރިއަލް އެސްޓޭޓް މާކެޓެއް ރާއްޖޭގައި އަލަށް އުފައްދައި، އެ ސިނާއަތުގައި އިންވެސްޓްކުރުމުގެ ގާނޫނީ އޮނިގަނޑެއް ތައާރަފުކުރުން.