އަސްކަރީ އެންމެ މުހިންމު އެއް މަރުކަޒުގައި 15 ބުރީގެ އިމާރާތެއް އެޅުމަށް ޗައިނާގެ ކުންފުންޏަކަށް ދީފި

Nov 3, 2026, 9:11 AM
ކަޅުތުއްކަލާ ކޮށީގައި 15 ބުރީގެ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް އިމާރާތެއް އެޅުމަށް، ޑިފެންސް މިނިސްޓްރީ އާއި ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑާ ދެމެދު އިއްޔެ އެއްބަސްވުމުގައި ސޮއިކުރަނީ -- ފޮޓޯ: އެމްއެންޑީއެފް

ކަޅުތުއްކަލާ ކޮށީގައި 15 ބުރީގެ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް އިމާރާތެއް އެޅުމަށް، ޑިފެންސް މިނިސްޓްރީ އާއި ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑާ ދެމެދު އިއްޔެ އެއްބަސްވުމުގައި ސޮއިކުރަނީ -- ފޮޓޯ: އެމްއެންޑީއެފް

ކަޅުތުއްކަލާ ކޮށީގައި ސިފައިންނަށް ހާއްސަކޮށްގެން 15 ބުރީގެ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް އިމާރާތެއް އަޅަން ޗައިނާގެ  ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން ލިމިޓެޑާ އިއްޔެ ހަވާލުކޮށްފި އެވެ. 

އެމްއެންޑީއެފުން ބުނާ ގޮތުގައި ސިފައިންގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މި މަޝްރޫއު ރޯޓައިމްއާ ހަވާލު ކުރީ އިމާރާނުގެ ޑިޒައިން އާއި ކޮންސްޓްރަކްޝަންގެ މަސައްކަތެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި އެ މަޝްރޫއުގެ އަގު ސަރުކާރުން ހާމައެއް ނުކުރެ އެވެ. އަދި އަސްކަރީ އެންމެ މުހިންމު އެއް މަރުކަޒު ކަމަށްވާ ކަޅުތުއްކަލާ ކޮށީގައި، ސިފައިންގެ އޮޕަރޭޝަންތަކާއި ލޮޖިސްޓިކްސް ބަލަހައްޓާ މައި އިމާރާތުގެ ޑިޒައިން ކުރުމާއި އިމާރާތްކުރުން ބޭރުގެ ކުންފުންޏަކާ ހަވާލުކުރި ސަބަބެއް ވެސް ހާމައެއް ނުކުރެ އެވެ. 

މި މަޝްރޫއު ހަވާލުކުރުމަށް  ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ދިފާއީ ވުޒާރާގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރު ފާތިމަތު މިޒްނާ އަލީ އާއި  ޗައިނާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖޯ ވޭދޯން އެވެ. 

އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސް އާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ޑިފެންސް މިނިސްޓްރީގެ އިސްވެރިންނާއި ރޯޓައިމް އިންޖިނިއަރިން އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ސަރުކާރު އަދި ބައެއް ކުންފުނިތަކުގެ އަގުބޮޑެތި މަޝްރޫއުތައް ބީލަމަކަށް ނުަލައި ޗައިނާގެ ކުންފުނިތަކާ ހަވާލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ތިލަފުށީގެ ބަނދަރުގެ ހެދުމުގެ މަސައްކަތްތައް ވެސް ހިމެނެ އެވެ. 

ބިދޭސީ ކުންފުނިތަކަކުން މުއިއްޒުގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ!

މުއިއްޒުގެ މިނިސްޓަރު ކަމުގައި އޭނާގެ އަމިއްލަ އެކައުންޓަށް ބޭރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާއިރު، އެފަދަ ގޮތަކަށް ފައިސާ ޖަމާކޮށްފައި ނުހުންނާނެ ކަމަށް އޭނާ ވަނީ ބުނެފައި. ނަމަވެސް އަދަދަށް ލިބިފައިވާ ލިޔުންތަކުން ފައިސާ ޖަމާވެފައިވާކަން ކަށަވަރުވޭ

މުއިއްޒު މިނިސްޓަރުކަމުގައި ހުންނެވިއިރުން ފެށިގެން ޗައިނާގެ ކުންފުނިތަކާ ގާތްގުޅުމެއް އުފެދި، އެ މަނިކުފާނުގެ އެކައުންޓަށް ޗައިނާގެ ބައެއް ކުންފުނިތަކުން ފައިސާ ޖަމާކޮށްފައިވެ އެވެ. އެއީ ކުލީގެ ގޮތުގައި ލިބިފައިވާ ފައިސާ ކަމަށް އެމަނިކުފާނުގެ ފަރާތުން ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox