އިނގިރޭސިވިލާތާއެކު އަސްކަރީ ގުޅުން ބަދަހި ކުރަން ރާއްޖެއިން މަޝްވަރާކޮށްފި

May 22, 2026, 2:35 PM
ރާއްޖޭގެ ޑިފެންސް މިނިސްޓަރު ރަޝީދު، އިނގިރޭސި ސަފީރު ނިކް ލޯއާއެކު: އެމެރިކާއާއެކު ގުޅުން އަސްކަރީ ގުޅުން ބަދަހި ކުރަން ވެސް ރާއްޖެއިން މަޝްވަރާ ކުރި -- ފޮޓޯ: ޑިފެންސް މިނިސްޓްރީ

ރާއްޖޭގެ ޑިފެންސް މިނިސްޓަރު ރަޝީދު، އިނގިރޭސި ސަފީރު ނިކް ލޯއާއެކު: އެމެރިކާއާއެކު ގުޅުން އަސްކަރީ ގުޅުން ބަދަހި ކުރަން ވެސް ރާއްޖެއިން މަޝްވަރާ ކުރި -- ފޮޓޯ: ޑިފެންސް މިނިސްޓްރީ

އިނގިރޭސިވިލާތާއެކު އަސްކަރީ ގުޅުން ބަދަހި ކުރަން ރާއްޖޭގެ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު މަޝްވަރާ ކުރައްވައިފި އެވެ.

ޑިފެންސް މިނިސްޓަރު ރަޝީދު އެ މަޝްވަރާތައް ކުރެއްވީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ނިކް ލޯއާއެކު ވެރި ރަށް މާލޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. 

ޑިފެންސް މިނިސްޓްރީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އަސްކަރީ ގޮތުން ގުޅުން ބަދަހި ކުރުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ފުޅާކުރަން ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ. 

Advertisement

"ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރުކުރަން އިނގިރޭސިވިލާތުން ދެމުންގެންދާ އެހީތެރިކަމަށް ބައްދަލުވުމުގައި މިނިސްޓަރު، ސަފީރަށް ޝުކުރު އަދާ ކުރެއްވި،" ޑިފެންސް މިނިސްޓްރީ އިން ބުނެފައިވެ އެވެ. 

އެމެރިކާއާއެކު އަސްކަރީ ގުޅުން ބަދަހި ކުރަން ވެސް މިދިޔަ ހަފުތާގައި ދިވެހިރާއްޖެއިން ވަނީ މަޝްވަރާކޮށްފަ އެވެ. އެ މަޝްވަރާތައް ކުރިއަށްގެންދިޔައީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު އަބްދުލް ގަފޫރު މޫސާ އަދި އެމެރިކާގެ މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްގެ އާ އެޖުޓަންޓް ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޓްރެންޓް ގިބްސަން އެ ގައުމުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެމެރިކާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ބުނީ މަޝްވަރާ ކުރެވުނީ ރާއްޖެ އާއި މޮންޓާނާ ސްޓޭޓްއާ ދެމެދު އެކުލަވާލާފައިވާ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ މެދު ކަމަށެވެ. 

ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވީ 2022 ވަނަ އަހަރު އެވެ. މިއީ އެމެރިކާގެ ސްޓޭޓްތަކުގެ ނޭޝަނަލް ގާޑުންގެ ތަޖުރިބާގެ އަލީގައި ގައުމުތަކަށް ތަމްރީން ހިންގުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox