ޗައިނާ-ދިވެހިރާއްޖެ
4 ލިޔުން
ފަހުގެ
ހަބަރުއަސްކަރީ އިމާރާތެއް އެޅުމަށް ޗައިނާގެ ކުންފުންޏަކަށް
ކަޅުތުއްކަލާ ކޮށީގައި ސިފައިންނަށް ހާއްސަ 15 ބުރީގެ އިމާރާތެއް އެޅުމަށް ޗައިނާގެ ރޯޓައިމް ކުންފުންޏާ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފިއެވެ. ސިފައިންގެ ތާރީޚުގައި ހިންގާ އެންމެ ބޮޑު މި އުމްރާނީ މަޝްރޫއުގެ އަގާއި، މުހިންމު އަސްކަރީ މަރުކަޒެއްގެ މަސައްކަތް ބޭރު ކުންފުންޏަކާ ހަވާލުކުރި ސަބަބު ސަރުކާރުން ހާމައެއް ނުކުރެއެވެ.
ކޮލަމްދިވެހިރާއްޖެ އާއި ސީނުކަރައިގެ ގުޅުމަށް 1300 އަހަރު
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަށް 1300 އަށްވުރެ ގިނަ އަހަރުވެފައިވާކަން، ހަތްވަނަ ގަރުނުގައި ރާއްޖޭގެ ރަސްކަލަކު ޗައިނާއަށް ސަފީރުން ފޮނުއްވިކަމުގެ ތާރީޚީ ލިޔެކިޔުންތަކުން ވަނީ ހާމަވެފައެވެ. މި ގުޅުމުގެ ތެރެއިން ރާއްޖެއިން މައިގަނޑު ގޮތެއްގައި ބޮއްޔާއި މާވަހަރު ބޭރުކޮށްފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެނިފައިވާ ޗައިނާގެ އުފެއްދުންތަކުން މި ގަދީމީ ވިޔަފާރީގެ ގުޅުން އިތުރަށް ސާބިތުވެއެވެ.
