އަސްކަރީ އިމާރާތެއް އެޅުމަށް ޗައިނާގެ ކުންފުންޏަކަށް
ކަޅުތުއްކަލާ ކޮށީގައި ސިފައިންނަށް ހާއްސަ 15 ބުރީގެ އިމާރާތެއް އެޅުމަށް ޗައިނާގެ ރޯޓައިމް ކުންފުންޏާ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފިއެވެ. ސިފައިންގެ ތާރީޚުގައި ހިންގާ އެންމެ ބޮޑު މި އުމްރާނީ މަޝްރޫއުގެ އަގާއި، މުހިންމު އަސްކަރީ މަރުކަޒެއްގެ މަސައްކަތް ބޭރު ކުންފުންޏަކާ ހަވާލުކުރި ސަބަބު ސަރުކާރުން ހާމައެއް ނުކުރެއެވެ.