ގައުމީ ޓީޓީ މުބާރާތް: ޝައްފާން ތަށި ދިފާއުކުރިއިރު، ދީމާ އަށް އަލުން ޗެމްޕިއަންކަން

Aug 11, 2026, 11:57 PM
ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފައިނަލް މެޗުތައް ކާމިޔާބުކޮށް ގައުމީ ޗެމްޕިއަންކަން ހޯދި ދީމާ އާއި ޝައްފާން.--- ފޮޓޯ: އަދަދު ސްޕޯޓްސް/ އިމޭޖަސް.އެމްވީ

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފައިނަލް މެޗުތައް ކާމިޔާބުކޮށް ގައުމީ ޗެމްޕިއަންކަން ހޯދި ދީމާ އާއި ޝައްފާން.--- ފޮޓޯ: އަދަދު ސްޕޯޓްސް/ އިމޭޖަސް.އެމްވީ

މިއަދު ނިމިގެންދިޔަ، 64 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި، ފިރިހެން ސިންގަލްސް ތަށި މުހައްމަދު ޝައްފާން އިސްމާއިލް ދިފާއުކުރިއިރު، އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން، އަލުން ފާތިމަތު ދީމާ އަލީ ހޯދައިފި އެވެ. 

މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޝައްފާން އާއި ދީމާގެ ޕެއާ އިންނެވެ. 

މިދިޔަ އަހަރުގެ ގައުމީ ޓީޓީ މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލާ ކުރިމަތިލިއިރު، އޭގެ ކުރިން ފަސް ފަހަރު ވެސް ޗެމްޕިއަނަކީ ދީމާ އެެވެ. އެކަމަކު، އެ ފަހަރު ފައިނަލުގައި ދީމާގެ މައްޗަށް ކުރިހޯދައި އައިޝަތު ރަފާ ނާޒިމް ވަނީ މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. އެއީ، ރަފާ އަށް ގައުމީ ތަށި ލިބުނު ތިން ވަަނަ ފަހަރެވެ. 

މި ފަހަރުގެ ގައުމީ ފައިނަލް، މިއަދު ހަވީރު ހެންވޭރު މުނިއުފާ ޓީޓީ ހޯލުގައި ކުރިއަށްދިޔައިރު، ދީމާ ވަނީ ރަފާ އަތުން، 4-1 ގޭމުން މޮޅުވެ، އަލުން ގައުމީ ތަށި ހޯދައިފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ، 9-11، 11-5، 11-5، 11-8 އަދި 12-10 އިންނެވެ. ދީމާ ވަނީ 19 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. 

އަންްހެން ސިންގަލްސްގެ ދެ ވަނަ ރަނަރަޕުން ގޮުތުގައި ހޮވުނީ މިޝްކާ މުހައްމަދު އިބްރާހިމް އާއި އައިޝަތު އަލްސާ ނާފިޒް އެވެ. 

ގައުމީ ޓީޓީ މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން، 2022 އާއި 2023 ވަނަ އަހަރު ހޯދި ޝައްފާން، 2024 ވަނަ އަހަރުގެ މުބާރާތުގައި ފެނިގެންނުދެ އެވެ. އަނިޔާގެ ސަބަބުން އެ ފަހަރު ޝައްފާން އަށް ގައުމީ މުބާރާތް ގެއްލުނީ އެވެ. އެކަމަކު، މިދިޔަ އަހަރު އަލުން ގައުމީ މުބާރާތާ ކުރިމަތިލައި، ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ، މޫސާ މުންސިފް އަހުމަދު ބަލިކޮށް އަލުން ތަށި ހޯދި އެވެ. އަދި، މި ފަހަރުގެ ފައިނަލުގައި ވެސް ޝައްފާން ވަނީ މުންސިފް އަތުން މޮޅުވެފަ އެވެ. އެއީ، 4-1 ގޭމުންނެވެ. 

މި ފަހަރުގެ ފައިނަލްގެ ސެޓުތައް ގޮސްފައިވަނީ، 11-9، 11-9، 11-4، 5-11 އަދި 11-8 އިންނެވެ. 

ފިިރިހެން ސިންގަލްސްގެ ދެވަނަ ރަނަރަޕުންނަކީ، އިބްރާހިމް ލަތީފް އާއި މުހައްމަދު އާލް އިމްރާން އެވެ. 

ފުރަތަމަ ޑިވިޝަނުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން، މުންސިފް އާއި އާލްގެ ޕެއާ އިން ހޯދީ ފައިނަލުގައި ޝައްފާން އާއި މުހައްމަދު މައިޒަރު އާދަމް ޒާހިރުގެ ޕެއާ ބަލިކޮށްފަ އެވެ. އަންހެން ޑަބަލްސް ޗެމްޕިއަނުންނަކީ ދީމާ އާއި އަލްސާގެ ޕެއާ އެވެ. އެއީ ފައިނަލުގައި، މިޝްކާ އާއި އައިޝަތު މަލާކް ތާސީންގެ ޕެއާ ބަލިކޮށްފަ އެވެ. ދީމާ އާއި ޝައްފާންގެ ޕެއާ މިކްސް ޑަބަލްސް ތަށި ހޯދީ ފައިނަލުގައި، މުންސިފް އާއި ރަފާގެ ޕެއާ ބަލިކޮށްފަ އެވެ. 

ނަވާރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ، އާލް އެވެ. އެއީ، އުމެއިރު މުހައްމަދު މުއިއްޒު ބަލިކޮށްފަ އެވެ. ސަތާރަ އަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަނުންނަކީ، އާލް އާއި މަލާކްގެ ޕެއާ އެވެ. ސަތާރަ އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުހައްމަދު ޒާއިމް އަހުމަދު އާއި އައްޔޫބް އިޒްކާން ސަލީމްގެ ޕެއާ އެވެ.

ސަތާރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ތަށި އުފުލާލީ 15 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން ވެސް ހޯދި އަލްސާ އެވެ. އަލްސާ ވަނީ 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އެއީ، މަލާކްއާ އެއް ޕެއާއެއްގައި ކުޅެގެންނެވެ. 

ސަތާރަ އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އުމެއިރު އެވެ. އަދި، 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ، އިސާކް އަޒީމް ޝިހާމް އެވެ. ތޭރަ އަަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އިބްރާހިމް އަޝްއަލް އާސިފް ހޯދިއިރު، އަންހެން ސިންގަލްސް ޗެމްޕިއަނަކީ، ސާރާ މޫސާ ޖަމީލް އެެވެ. އެގާރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ފާޒް އިމްޔާޒް ލަތީފް ހޯދިއިރު، މި އުމުރުފުރާގެ އަންހެން ޗެމްޕިއަންކަން ހޯދީ، ލަޔާނާ ޝާމިއު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox