ބިދޭސީ ކުންފުނިތަކަކުން މުއިއްޒުގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ!

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު.

ހައުސިން މިނިސްޓަރު ކަމުގައި ފެބްރުއަރީ 2012 އިން ނޮވެމްބަރު 2018 އަށް ހުންނެވި، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ އެކައުންޓަށް, އޭނާ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގި ބައެއް ކުންފުނިތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ހާމަވެއްޖެ އެވެ.

"އަދަދު" ނޫހުގެ ނޫސްވެރިން ހޯދައި, ބެލި ލިޔުންތަކުން ފެންނަން ހުރި ގޮތުގައި ޖެނުއަރީ 2015 އިން ފެށިގެން ނޮވެމްބަރު 2018ގެ ނިޔަލަށް މުއިއްޒުގެ އެކައުންޓަށް ބޭރުގެ ކުންފުނިތަކާއި ރާއްޖޭގެ ބައެއް އަމިއްލަ ފަރާތްތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވެ އެވެ. އަދި މުއިއްޒުގެ އެކައުންޓުން ގިނަ އަދަދެއްގެ ޓްރާންސެކްޝަން އެކި ފަރާތްތަކަށް ހަދައިފައި އެބަ ހުއްޓެވެ.

މުއިއްޒުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ ޔޫއެސް ޑޮލަރު އެކައުންޓަށް ފެބްރުއަރީ 01, 2017 އިން ފެށިގެން އޮކްޓޯބަރު 15, 2018 ގެ ނިޔަލަށް ޖަމާވެފައިވާ ޔޫއެސް ޑޮލަރުގެ ތަފްސީލު ލިޔެކިޔުންތަކެއް "އަދަދު" ނޫހަށް ވަނީ ލިބިފަ އެވެ.

އެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ފާހަގަކޮށްލެވޭ ބޮޑު އަދަދުތަކެއް ތިން ކުންފުންޏަކުން މުއިއްޒުގެ އަމިއްލަ ނަމުގައި އޮތް ޑޮލަރު އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.

ނަމަވެސް މި ނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ އަމިއްލަ އެކައުންޓަށް ގަވާއިދާ ހިލާފަށް އެއްވެސް ފައިސާއެއް ޖަމާވެފައި ނޯންނާނެ ކަމަށެވެ. އަދި ރޭ ލ. ފޮނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ "އަޅުގަނޑު ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނޯންނާނެ" ކަމަށާއި ފޮރުވާނެ އެއްވެސް ކަމެއް ވެސް ނެތް ކަމަށެވެ.

"އަޅުގަނޑަކަށް ކުރިމައްޗެއް ނުކުރެވޭނެ ޖަބާދު ނުދެވޭ ސުވާލެއް. އެއްވެސް ތުހުމަތަކުން އަޅުގަނޑު އެކަމަކުން ރެކޭނެ ކަމެއް ނޯންނާނެ. ގާނޫނާ ގަވާއިދާ ހިލާފަށް އެއްވެސް އިރަކު ކުރި ކަމެއް ނޯންނާނެ. މިހާރު ވެސް ނުކުރަން، ކުރިއަށް އޮތް ތަނަކު ވެސް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.

މުއިއްޒުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގި ކުންފުނިތަކުންނެވެ. އަދި މުއިއްޒާ ގާތް ގުޅުމެއް އޮތް ދިވެހި ކުންފުންޏެއްގެ އިތުރުން ކޮން ފަރާތެއްކަން އެނގެން ނެތް ބައެއް ޓްރާންސެކްޝަންތައް ވެސް ހިންގާފައި އެބަ ހުއްޓެވެ.

ހުނާން ނަންބަރު 6 އިންޖިނިއަރިން ކޯ ލިމިޓެޑް/ހުނާން ކޮންސްޓްރަކްޝަން

މިއީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ހިންގި އެންމެ ބޮޑު ޕްރޮޖެކްޓު ކަމަށްވާ ސިނަމާލެ ބްރިޖާއި ގުޅިގެން ގާއިމުކުރި ހައިވޭ ތަރައްގީކުރި ކުންފުންޏެވެ. އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 24 މިލިއަން ޑޮލަރަށް އެޕްރީލް 15, 2017 ގަ އެވެ.

ހުޅުމާލޭ ހައިވޭ. މި މަގު ހެދި ކުންފުނިން މުއިއްޒުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވޭ. -- ފޮޓޯ: އަދަދު
ހުޅުމާލޭ ހައިވޭ. މި މަގު ހެދި ކުންފުނިން މުއިއްޒުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވޭ. -- ފޮޓޯ: އަދަދު

ހުޅުމާލޭ ހައިވޭ. މި މަގު ހެދި ކުންފުނިން މުއިއްޒުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވޭ. -- ފޮޓޯ: އަދަދު

މަޝްރޫއުއަށް ބޭނުންވާ މާލީ އެހީތެރިކަން ދިނީ އޭރުގެ ރައީސް އަބްދުالله ޔާމީން ޑިސެމްބަރު 10, 2017 ގައި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ކުރިފުޅުމަތީގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ފައިސާ ހަމަޖެއްސީ އެ ގައުމުގެ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކުންނެވެ.

އެ މަޝްރޫއުގެ ދަށުން މަގު ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކައި ޒަމާނީ ފެންވަރަށް ތަރައްގީކުރި އެވެ. އަދި, މަގުގައި ހަރުކުރަން ޖެހޭ ނިޝާންތަކާއި ބައްތިތައް ވެސް ޖަހާފައިވެ އެވެ.

"އަދަދު" ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި 2018 ވަނަ އަހަރުގެ ތެރޭގައި ހަތަރު ފަހަރެއްގެ މަތިން މުއިއްޒުގެ އެކައުންޓަށް އެ ކުންފުނިން ޖުމުލަ 70,499 ޑޮލަރު (1,087,094.58ރ.) ޖަމާކޮށްފައިވެ އެވެ.

މުއާމަލާތްތައް ހިނގާފައިވާ ތާރީހުތަކާއި އަދަދުތައް

  • މާޗް 20, 2018: 7,500 ޑޮލަރު (115,650ރ.)
  • މާޗް 30, 2018: 47,999 ޑޮލަރު (740,144ރ)
  • ޖުލައި 15, 2018: 7,500 ޑޮލަރު (115,650ރ.)
  • އޮކްޓޯބަރު 1, 2018: 7,500 ޑޮލަރު (115,650ރ.)

މުއިއްޒުގެ އެކައުންޓަށް ޑޮލަރު ވަނުމުގެ ކުރިން އޮކްޓޯބަރު 15, 2017 ގައި ދައުލަތުގެ ބަޖެޓުން ފިނޭންސް މިނިސްޓްރީން ވަނީ ހުނާން ކޮންސްޓްރަކްޝަނަށް 105,950 ޑޮލަރު (1,633,749 ރުފިޔާ) ޖަމާކޮށްފަ އެވެ.

މާލޭގެ މޭޔަރު ކަމާއި މެއި 2021, ގައި ހަވާލުވުމަށް ފަހު ވެސް މި ކުންފުންޏަށް ސިޓީ ކައުންސިލުން ވަނީ މަޝްރޫއެެއް ހަވާލުކޮށްފަ އެވެ. އެގޮތުން, މާލޭ ސިޓީގެ ތާރު އަޅާފައި ހުރި މަގުތަކުގައި ހެދިފައި ހުރި ޕޮޓްހޯލްސް ބައްދަން އެ ކުންފުންޏާ ހަވާލުކުރީ 1.4 މިލިއަން ރުފިޔާއަށެވެ.

މި ސަރުކާރުން ހުޅުމާލޭގައި ގާއިމުކުރި އޮފީސް އިމާރާތް ވެސް އަޅާފައިވަނީ މި ކުންފުނިންނެެވެ. އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 185 މިލިއަން ރުފިޔާއަށެވެ.

ވިންރަން ހޮންކޮންގް އިންޓަނޭޝަނަލް ޓްރޭޑިން ލިމިޓެޑް

ވިންރަން އިންޓަނޭޝަނަލް އިން ވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ތިން ފަަހަރެއްގެ މަތިން ޖުމުލަ 24,348.77 ޑޮލަރު (375,458.033ރ.) މުއިއްޒުގެ އެކައުންޓަށް ޖަމާކޮށްފަ އެވެ.

މުއާމަލާތްތައް ހިނގާފައިވާ ތާރީހުތަކާއި އަދަދުތައް

  • މާޗް 15، 2017: 7,950 ޑޮލަރު (122،589ރ.)
  • ޖޫން 20, 2017: 8،948.77 ޑޮލަރު (137،990.03ރ)
  • އޮކްޓޯބަރު 11, 2017: 7،450 ޑޮލަރު (114،879ރ.)

މި މުއާމަލާތްތަކުގެ އިތުރުން އައިއޯއެފް ކޯޕަރޭޝަން ކިޔާ ކުންފުންޏަކުން އޭޕްރީލް 16، 2017 ގައި މުއިއްޒުގެ އެކައުންޓަށް 50،000 ޑޮލަރު ޖަމާކޮށްފައިވެ އެވެ. އެ ފައިސާގެ އިތުރުން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔެއްގެ ކުންފުންޏަކުން މުސާރައިގެ ގޮތުގައި 2015 ވަނަ އަހަރު އެއް މިލިއަން ރުފިޔާ މުއިއްޒުގެ އެކައުންޓަށް ވަނީ ޖަމާކޮށްފައިވެ އެވެ. އެ ފައިސާ މުއިއްޒަށް ދިންކަން އެ ކުންފުނީގެ ފަރާތުން ވެސް "އަދަދު" ނޫހަށް ކަށަވަރުކޮށް ދިނެވެ.

ކޮން ފަރާތެއްކަން އެނގެން ނެތް މުއާމަލާތްތައް

މަތީގައި ބަޔާންކޮށްފައިވާ ދެ ކުންފުނީގެ އިތުރުން 2017 އަދި 2018 ގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ޖުމުލަ 25,599 ޑޮލަރު (394,736.58ރ.) މުއިއްޒުގެ އެކައުންޓަށް ޖަމާކޮށްފައިވެ އެވެ. ނަމަވެސް އެއީ ކޮން ފަރާތަކުން ޖަމާކޮށްފައިވާ ފައިސާއެއް ކަމެއް ލިޔުންތަކުން ނޭނގެ އެވެ. އަދި ކާކުކަން ނޭނގޭ ފަރާތަކުން 600،000ރ. ވެސް ޖަމާކޮށްފައިވެ އެވެ.

ބޭރުގެ ކުންފުނިތަކުން ޖަމާވެފައިވާ ފައިސާ މުއިއްޒު ޑިކްލެއާކޮށްފައިވަނީ ކުލީގެ ގޮތުގައި ލިބިފައިވާ ފައިސާގެ ގޮތުގަ އެވެ. ނަމަވެސް މުއިއްޒުގެ ނަމުގައި އެއްވެސް ވިޔަފާރިއެއް ހިންގާކަން އެނގެން ނެތެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ކެމްޕޭނުގައި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ކެމްޕޭނުގައި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ކެމްޕޭނުގައި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދިމްޔާތު އިމާރާތްކުރުން

މ. ދިމްޔާތަކީ މުއިއްޒުގެ ބައްޕާގެ އަމިއްލަގެ އެވެ. މިހާރު އެއީ މުއިއްޒުގެ މިލްކިއްޔާތެކެވެ. މުއިއްޒުގެ މިނިސްޓަރު ކަމުގައި، ކުރިން ހުރި ގެ ތަޅާލުމަށް ފަހު، އުސްކޮށް އިމާރާތްކުރި އެވެ. އެ ބިލްޑިން ހެދުމަށް އިސްލާމިކް ބޭންކުން 39 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައި ވާއިރު، ކޮންސްޓަރަކްޝަން މަސައްކަތް ކުރި އާރުސީސީ ފުރަތަމަ ޕޭމަންޓުގެ ގޮތުގައި ދައްކާފައިވާ 13 މިލިއަން ރުފިޔާގެ ތެރެއިން 11 މިލިއަން ދައްކާފައިވަނީ ނަގުދު ފައިސާއިންނެ އެވެ. އެއީ އެ ކުންފުނީގެ އިންވޮއިސް ނަންބަރު (1354/2017/R) އަށް ދައްކާފައިވާ ފައިސާ އެވެ.

ދިމްޔާތުގެ އިމާރާތް ކުރި، ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން ލޯނު ނަގާފައި ވާއިރު، އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި މުއިއްޒެއް ނެތެވެ. އެ ކުންފުނީގެ އެންމެ ބޮޑު ހިއްސާދާރަކީ މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ. ދެ ވަނަ ހިއްސާދަރަކީ މުއިއްޒުގެ އެކުވެރިޔާ، އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ފަޔާޒު (މޫސާ ޒަމީރުގެ ކޮއްކޮ) އެވެ.

ދިމްޔާތުގެ، ދިމްޔާތު ޕްރައިވެޓް ލިމިޓެޑަށް ދީފައިވަނީ 20 އަހަރު ދުވަހަށް ކުއްޔަށެވެ.

މައްސަލަ އޮތީ އިދާރާތަކުގެ ސަމާލުކަމަށް އައިސްފައި

މުއުއްޒުގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވާ މައްސަލަ މައްސަލަ ކަމާ ގުޅުން ހުރި އިދާރާތަކުގެ ސަމާލުމަކަށް އޮތީ އައިސްފަ އެވެ. ނަމަވެސް އެ ވެރިކަމުގައި ވެސް އަދި މި ވެރިކަމުގައި ވެސް އެ މައްސަލަ ބަލާފައެއް ނެތެވެ.

އެ ދުވަސްވަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ވަނީ އެ ކޮމިޝަނަށް މިފަދަ މައްސަލައެއް ހުށަހެޅިކަން ޔަގީންކޮށްދީފަ އެވެ. އެ މައްސަލަ މިހާރު ވެސް އޭސީސީގައި އެބަ އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox