ޗައިނާއިން ކުރިއަށްގެންދާ ތިލަފުށި ވިޔަފާރި ބަނދަރު މަޝްރޫއުގެ މަސައްކަތް އެމެރިކާއިން ބަލައިފި

ނިކޯލް ޗޫލިކް ތިލަފުށީގައި ބަނދަރުގެ މަސައްކަތް ބައްލަވާލައްވަނީ. -- ފޮޓޯ: ޔޫއެސް އެމްބަސީ އިން މޯލްޑިވްސް/ އެކްސް

ނިކޯލް ޗޫލިކް ތިލަފުށީގައި ބަނދަރުގެ މަސައްކަތް ބައްލަވާލައްވަނީ. -- ފޮޓޯ: ޔޫއެސް އެމްބަސީ އިން މޯލްޑިވްސް/ އެކްސް

ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެމެރިކާ ސަރުކާރުން ބަލައިފި އެވެ. 

ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީއިން ބުނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިސްވެރިޔަކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވެރިންނާ ބައްދަލުކުރެއްވި ކަމަށެވެ. 

"ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓު ސެކްރެޓަރީ ނިކޯލް ޗޫލިކް އެމްޕީއެލްއާ ބައްދަލުކުރައްވައި، މަޝްރޫއުގެ މައުލޫމާތު ސާފުކުރުމަށް ތިލަފުއްޓަށް ވަޑައިގެންނެވި..." އެމްބަސީއިން ސޯޝަލް މީޑިއާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ. 

Advertisement

އޭގެ އިތުރުން މުހިއްމު އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގައި ރާއްޖެއާ ގުޅިގެން ކުރިއަށްދެވޭނެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ވެސް ހޯއްދެވި ކަމަށް އެމްބަސީއިން ބުންޏެވެ. 

މީގެ ކުރިން ނިކޯލް ޗޫލިކް ވަނީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއާ ވެސް ބައްދަލުކުރައްވައި، އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތައް ހިންގުމުގެ މަޝްވަރާތަކެއް ބާއްވަވާފަ އެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިން އެންޑް ސާވޭގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން (ސީއެޗްއީސީ) އާ ހަވާލުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. 

އެމްޕީއެލްއިން "ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓް" ގެ ނަން ދީފައިވާ މި ފިޔަވަހީގައި ހިމެނޭ މަސައްކަތްތަކަކީ 650 މީޓަރުގެ ކީ ވޯލް އަކާއި، 125 މީޓަރުގެ މަގަތު ފާލަމަކާއި އެކްސް-ރޭ ފެސިލިޓީގެ އިތުރުން އޮޓޮމޭޓެޑް ވަސީލަތްތަކާއި ބޮންޑަޑް ވެއާހައުސްއެއް ގާއިމްކުރުމެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި ސީއެޗްއީސީއާ ހަވާލުކުރީ ބަނދަރުގެ ޑިޒައިން މަސައްކަތެވެ. މި މަސައްކަތް ކުރަން އެ ކުންފުންޏަށް ދިނީ ފަސް މަހެވެ. އެމްޕީއެލްއިން ބުނި ގޮތުގައި ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާނީ، މި މަސައްކަތް ނިންމައި، އަމަލީ މަސައްކަތް ކުރާނެ އަގަކަށް އެއްބަސްވެގެންނެވެ.

ތިލަފުށީގައި ކުރިއަށްދާ މި މަޝްރޫއުގެ ކަންކަން އެމެރިކާ ސަރުކާރުން ބަލާފައިވާ އިރު، މި ސަރުކާރު އައުމަށް ފަހު އެމެރިކާ އާއެކު އޮންނަ ގުޅުން ދަނީ ވަރަށް ބޮޑަށް ބަދަހިކުރަމުންނެވެ. އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުން ދޭތެރެދޭތެރެއިން ރާއްޖެއަށް ދަތުރުކުރެ އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރާއްޖެއަށް ފޮނުއްވި މަންދޫބު ސާޖިއޯ ގޯ ވެސް މިދިޔަ މާޗު މަހު ޑިފެންސް މިނިސްޓަރާ ބައްދަލުކުރެއްވި އެވެ. އޭނާއަކީ ސައުތު އަދި ސެންޓްރަލް އޭޝިއާއަށް އެމެރިކާއިން ކަނޑައަޅާފައިވާ މަންދޫބެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox