ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފި

Oct 13, 2026, 9:16 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އިޓަލީން ފުރައިގެން އޮސްޓްރޭލިއާއަށް ދަތުރުކުރަން އޮތް ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވުމާ ގުޅިގެން، މިދިޔަ ހޮނިހިރު ދުވަހު އެ ދަތުރު ކެންސަލްކޮށްފި އެވެ.

ސިޑްނީ މޯނިން ހެރަލްޑް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ހުކުރު ދުވަހު އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން އިޓަލީގެ ރޯމަށް ކުރި ގާތްގަނޑަކަށް 17 ގަޑިއިރުގެ ދަތުރުގައި، ބައެއް ފަސިންޖަރުން ވަނީ ސޫފިތަކެއް އެ މީހުންގެ ގައިގައި ދަތްއަޅަމުންދާ ކަމުގެ ޝަކުވާ ކޮށްފަ އެވެ.

އެ ދަތުރުގެ ތެރޭގައި، ސޫފިތައް ދަތްއެޅުމުގެ ސަބަބުން ހަންގަނޑު ކަހާ މައްސަލައަށް ލުޔެއް ހޯދައިދިނުމަށް ފަސިންޖަރުންނަށް އެންޓިހިސްޓަމިން ބޭސް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް، ދަތުރު ނިމުމުގެ ކުރިން ބޯޓުގައި ހުރި ބޭސް ހުސްވި ކަމަށް މައުލޫމާތު ލިބެ އެވެ.

ކުއަންޓަސްގެ ތަރުޖަމާނަކު ވިދާޅުވީ، ބޯޓު ރަނގަޅަށް ސާފުކުރުމަށްޓަކައި ބޮއިންގް 787 ޑްރީމްލައިނާ މަރުކާގެ އެ ބޯޓު ބިންމަތީގައި މަޑުކުރުވަން ޖެހުނު ކަމަށެވެ.

އެއާލައިނުން ބުނި ގޮތުގައި، ދަތުރު ކެންސަލްވުމުގެ ސަބަބުން ދަތިވި ހުރިހާ ކަސްޓަމަރުންނަށް ހުރުމުގެ އިންތިޒާމު ހަމަޖައްސައިދީ، ކުރިން ފުރަން އޮތް ގަޑިން ފެށިގެން 48 ގަޑިއިރު ނުވަނީސް އެހެން ފްލައިޓްތަކުން ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފަ އެވެ.

ތަތްމަކުނަކީ އާންމުކޮށް އަންނައުނާއި، ފަރުނީޗަރާއި، ބެޑްޝީޓް ފަދަ ތަންތަނުގައި އުޅޭ، ފިޔަ ނުހުންނަ ކުދި ސޫފިތަކެކެވެ. އިނގިރޭސިވިލާތުގެ އެންއެޗްއެސް ވެބްސައިޓުގައިވާ ގޮތުން، އޭތި ދަތްއެޅުމުން ހަންގަނޑު ކަހާ ގޮތް ވީ ނަމަވެސް، އޭގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތަކެއް އާންމުކޮށް ދިމައެއް ނުވެ އެވެ.

ނަމަވެސް، ތަތްމަކުނު ނައްތާލުމަކީ އުނދަގޫ އަދި ބޮޑު ހަރަދެއް ހިނގާ ކަމެކެވެ. އޭތި ނައްތާލުމަށްޓަކައި ހުރިހާ ބެޑްޝީޓާއި، އަންނައުނާއި، އަދި ދޮރުފޮތި ފަދަ ތަކެތި ހޫނު ފެނުން ދޮވެ، ހޫނުކޮށް ހިއްކަން ޖެހެ އެވެ. ނުވަތަ އެ ތަކެތި ޕްލާސްޓިކް ކޮތަޅަށް އަޅައި ތިން ހަތަރު ދުވަހު ފްރީޒަރަށް ލާފައި ބަހައްޓަން ޖެހެ އެވެ.

ދަތުރުފަތުރުގެ ނިޒާމަށް ތަތްމަކުނުގެ ސަބަބުން މިފަދަ ބުރޫއެރުމަކީ އާ ކަމެއް ނޫނެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް، އިނގިރޭސިވިލާތުގެ ސައުތު އީސްޓަން ރޭލްވޭގެ ބައެއް ދަތުރުތައް ކެންސަލް ކުރަން ޖެހުނީ، ރޭލު ދުއްވާ މީހުން ތިބޭ ކެބިން ތެރެއިން ތަތްމަކުނު ފެނުމާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox