ފްލައިދުބާއީގެ ކޯ-ޕައިލެޓާއި އޮސްޓްރޭލިއާއާ އޮތް ގުޅުން ތަހުގީގުކުރަނީ

Oct 5, 2026, 8:45 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ފްލައިދުބާއީގެ އެފްޒެޑް 1073 ފްލައިޓްގެ ކެޕްޓަނަށް ހަމަލާދީ، ބޯޓު ހައިޖެކް ކުރަން އުޅުނު ކޯ-ޕައިލެޓާ އޮސްޓްރޭލިއާއާ އޮތް ގުޅުންތައް އެ ގައުމުގެ ކައުންޓާ ޓެރަރިޒަމް ޔުނިޓަކުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނަކު އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ފެޑަރަލް ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، ފެޑަރަލް ފުލުހުންނާއި، ވިކްޓޯރިއާ ސްޓޭޓް ފުލުހުންގެ އިތުރުން އޭއެސްއައިއޯ އިންޓެލިޖެންސް އެޖެންސީ ހިމެނޭ "ވިކްޓޯރިއަން ޖޮއިންޓް ކައުންޓާ ޓެރަރިޒަމް ޓީމުން" އެ މީހާ އާއި އޮސްޓްރޭލިއާއާ އޮތް ގުޅުންތައް ބަލަމުންދާ ކަމަށެވެ.

މި ތަހުގީގުގެ މައުލޫމާތު ލިބިފައިވާ ދެ މަސްދަރަކުން ބުނި ގޮތުގައި، އެ ކޯ-ޕައިލެޓަކީ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓްގެ ވެރިރަށް މެލްބަންގެ ޔުނިވާސިޓީއަކުން ކިޔަވާފައިވާ މީހެކެވެ. އަދި މީގެ ދިހަ ވަރަކަށް އަހަރު ކުރިން އޭނާ ކިޔެވީ އާރްއެމްއައިޓީ ޔުނިވާސިޓީގައި ކަމަށް ތިންވަނަ މަސްދަރަކުން ބުނެފައިވީ ނަމަވެސް، އެ ޔުނިވާސިޓީން މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނަން ވަނީ އިންކާރުކޮށްފަ އެވެ.

Advertisement

އޭގެ އިތުރުން ހަރުކަށި ފިކުރާ ގުޅުން ހުރި އޮސްޓްރޭލިއާގެ މިސްކިތްތަކުގައި އޭނާ ވަގުތު ހޭދަކުރި ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ. 

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޕްރޮސެކިއުޓާ ޖެނެރަލް ހޮނިހިރު ދުވަހު ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ދުބާއީން އިޒްރޭލަށް ދަތުރުކުރި ފްލައިދުބާއީގެ އެފްޒެޑް 1073 ފްލައިޓްގެ ކޯ-ޕައިލެޓް، އެ ބޯޓުގެ ކެޕްޓަނަށް ހަމަލާދިނީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ކޯރާޑިއަކުން (އެމަޖެންސީ ކްރޭޝް އޭކްސް) ކަމަށެވެ. އަދި މިއީ "ޓެރަރިސްޓް ހަމަލާއެއް" ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

ރޮއިޓާސް އަށް ފްލައިޓް ސިމިއުލޭޓަރެއްގައި އެ މަންޒަރު ދައްކައިދިން އޭވިއޭޝަން އިންސްޓްރަކްޓަރަކު ބުނި ގޮތުގައި، އެފްޒެޑް 1073 ފްލައިޓް ގާތްގަނޑަކަށް 30 ސިކުންތުގެ ތެރޭގައި 16،000 ފޫޓު ތިރިއަށް ވެއްޓެމުން ދިޔައިރު، ބޯޓުގައި ތިބި މީހުންނަށް އިހުސާސް ކުރެވޭނީ "ވާޓިކަލް ރޯލާ ކޯސްޓަރެއްގައި" ތިބޭ ފަދަ ބިރުވެރި ގޮތަކަށެވެ. ނަމަވެސް، ބޯޓު ކޮންޓްރޯލްގެ ދަށަށް ގެނެސް ސަލާމަތްތެރިކަމާއެކު ވަނީ ޖައްސާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ރިޔާދުގެ މައި އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ޔަމަނުގެ ހޫތީން ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން މެދުކަނޑާލާފައިވާ ސައުދީގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފިއެވެ. ހޫތީންގެ ހަމަލާތައް ކުރިއަށްދާނެ ކަމުގެ އިންޒާރު ދީފައިވާއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޔޫކްރެއިންގައި ސްޓާލިންކްގެ ހިދުމަތް ހިފެހެއްޓި ކަމަށް ބުނެފި

ޔޫކްރެއިންގެ އަސްކަރީ ހަރަކާތްތަކަށް ސްޓާލިންކް ބޭނުންކޮށްގެން އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، އެ ގައުމަށް ދެމުންދިޔަ އިންޓަނެޓްގެ ހިދުމަތް ހިފެހެއްޓި ކަމަށް އީލޮން މަސްކް އެއްބަސްވެއްޖެއެވެ. މަސްކް ވިދާޅުވީ އާންމު ވިޔަފާރި ހިދުމަތެއް ބޭނުންކޮށްގެން ޑްރޯން ހަމަލާތައް ދިނުމަކީ ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލައިގައި ޔޫކްރެއިންގެ ދިފާއީ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް ލަންކާއިން އެހީވެއްޖެ

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކަށް އެ ގައުމުން ސިއްހީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ބޭނުންވާ ފަރުވާ ދިނުމަށްފަހު، އިދާރީ ކަންކަން ފުރިހަމަކޮށް މިހާރު އެ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ބައްޕައާ ގުޅުން ކަނޑާލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުން

މޭގަން މާކަލް އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވަނީ، ބައްޕަގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި މޭގަން ފޮނުވި ސިޓީއެއްގައި، އޭނާގެ ދަރިންނާ ބައްޕަ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ތުހުމަތުތައް ތަހުގީގު ކުރަމުންނެވެ.

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

Newsletter

Get the latest news delivered straight to your inbox