ސިޑްނީ

2 ލިޔުން

ފަހުގެ

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފިދުނިޔެ

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސިޑްނީ އެއާޕޯޓުގައި ދެ ބޯޓު ޖެހެން އުޅުނު މައްސަލައެއް ބަލަނީދުނިޔެ

ސިޑްނީ އެއާޕޯޓުގައި ދެ ބޯޓު ޖެހެން އުޅުނު މައްސަލައެއް ބަލަނީ

ސިޑްނީ އެއާޕޯޓުގެ ރަންވޭމަތީގައި ޖެޓްސްޓާ އާއި ގަތަރު އެއާވޭސްގެ ދެ ބޯޓު ޖެހެން އުޅުނު ނުރައްކާތެރި ހާދިސާއެއް އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާގައި ބޯޓުތައް ހުއްޓުވަން ޖެހުނު ކުއްލި ބްރޭކާއެކު ކެބިން ކްރޫއަކަށް އަނިޔާވެ ބޯޓަށް ގެއްލުން ލިބިފައިވާއިރު، މައްސަލަ ބަލަނީ އެއާ ޓްރެފިކް ކޮންޓްރޯލްގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރިތޯ ބެލުމަށެވެ.