އޮސްޓްރޭލިއާގެ ކުރީގެ އެންމެ އިސް އެއް ފާދިރީ ރޭޕްގެ ކުށުގައި ޖަލަށް

Oct 7, 2026, 11:30 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ނަސާރާ ދީނުގެ ކެތޮލިކް ފައްޅީގެ އިސް ފާދިރީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު، އެބޮރިޖިނަލް ދަރިކޮޅުގެ ދެ ޒުވާނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އޮސްޓްރޭލިއާގެ ކުރީގެ ބިޝޮޕް ކްރިސްޓޮފާ ސައުންޑާސް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުތައް 2020 ވަނަ އަހަރު ފުރަތަމަ ފެންމަތިވުމާއެކު ބިޝޮޕްގެ މަގާމުން އިސްތިއުފާ ދެއްވި ސައުންޑާސްގެ މައްޗަށް، ރޭޕް ކުރުމުގެ އެއް ދައުވާ އާއި ބަދުއަޚުލާގީ އަމަލު ހިންގުމުގެ 12 ދައުވާއެއް ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

އުމުރުން 76 އަހަރުގެ ސައުންޑާސް ހަ އަހަރާއި ބައިގެ މުއްދަތަށް ޖަލަށް ލުމަށް ވެސްޓަން އޮސްޓްރޭލިއާގެ ކޯޓުން ހުކުމް ކުރީ މިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް، އޭނާގެ އަދަބުން ބައެއް ލުއިކޮށްދީ، ޕެރޯލްގެ ދަށުން މިނިވަންވުމުގެ ފުރުސަތު 2031 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލިބޭނެ އެވެ.

ސައުންޑާސް އަކީ ޖިންސީ ގޯނާގެ ދައުވާތަކާ ކުރިމަތިލާން ޖެހުނު ދުނިޔޭގެ ކެތޮލިކް ފައްޅީގެ އެންމެ އިސް ލީޑަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ވެސްޓަން އޮސްޓްރޭލިއާ ސްޓޭޓްގައި ކުރިއަށްދިޔަ މި ޝަރީއަތުގައި ހާމަވި ގޮތުގައި، ސައުންޑާސް ވަނީ ރޭވުންތެރިކަމާއެކު އެ ދެ ޒުވާނުންނާ ގާތް ގުޅުމެއް އުފައްދާފަ އެވެ. 

ސައުންޑާސްގެ މައްޗަށް ކުށް ސާބިތުވީ 2010 އާއި 2019 އާ ދެމެދު އެ ދެ ޒުވާނުންނަށް ބަދުއަޚުލާގީ އަމަލު ހިންގުމާއި، އެކަކަށް ޖިންސީ ގޯނާކޮށް މަޖުބޫރުން ޖިންސީ އަމަލު ހިންގުވި މައްސަލައިގަ އެވެ.

ތިންވަނަ ޒުވާނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ސައުންޑާސްގެ މައްޗަށް ކުރި ތުހުމަތުތަކުން އޭނާ ކުށްވެރިނުވާ ކަމަށް ޖޫރީން ވަނީ ނިންމާފަ އެވެ.

އަނިޔާ ލިބުނު މީހުންގެ ފަރާތުން ކޯޓަށް ހުށަހެޅި ބަޔާނެއްގައި، އެ ޒުވާނާ ބުނެފައިވަނީ އޭނާއަށް ދިމާވި ކަންތައްތަކުގެ ވާހަކަ ދައްކަން އުނދަގޫވާ ކަމަށެވެ.

ފާދިރީއެއްގެ ގޮތުގައި 1976 ވަނަ އަހަރު މަސައްކަތް ފެށި ސައުންޑާސް، އޭނާގެ ވަޒީފާގެ ބޮޑުބައި ހޭދަކުރީ އޮސްޓްރޭލިއާގެ އުތުރު ހުޅަނގު ސަރަހައްދުގެ އެކަހެރި ހިސާބެއް ކަމަށްވާ ކިމްބާލީގަ އެވެ. އަދި 1996 ވަނަ އަހަރު އޭނާ ބްރޫމްގެ ބިޝޮޕްގެ މަގާމަށް އައްޔަންކުރެވުނެވެ.

އޭނާގެ ބެލުމުގެ ދަށުގައި އޮތް ސަރަހައްދަކީ ގާތްގަނޑަކަށް 770،000 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެކެވެ. މިއީ ތުރުކީވިލާތާ އެއްވަރުގެ ބޮޑު ސަރަހައްދެއް ކަމަށްވާއިރު، މީގެ ތެރޭގައި އޮސްޓްރޭލިއާގެ އެންމެ އެކަހެރި އަވަށްތައް ހިމެނެ އެވެ.

ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު މާޓިން ފްލިން ވިދާޅުވީ، ސައުންޑާސް ވަނީ އަނިޔާ ލިބުނު މީހުންގެ އިންސާނީ ކަރާމާތަށް އަރައިގަނެ، އެ މީހުންނަށް ދާއިމީ ނަފްސާނީ ގެއްލުންތަކެއް ދީފައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

ޓްރަމްޕް ފިލިޕީންސަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ފިލިޕީންސަށް ވަޑައިގެން، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ކުއަޑް ގްރޫޕުގެ ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަމާންކަމާއި ގުޅުން ބަދަހިކުރުމާ ގޮތުން މަޝްވަރާކުރެއްވިއިރު، އެމެރިކާގެ އަމާޒަކީ ޗައިނާގެ ނުފޫޒު ކުޑަކޮށް މި ގައުމުތަކާއެކު އޮންނަ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުން ވަރުގަދަކުރުމެވެ.

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

އެޕްސްޓީން އަމިއްލަ އަށް މަރުވީއެއް ނޫން: ފޮރެންސިކް މާހިރު

ޖެފްރީ އެޕްސްޓީންގެ ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކަށް ބަލާއިރު، އޭނާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި މީހަކު އޭނާ މަރާލީ ކަމަށް ފޮރެންސިކް މާހިރު ޕްރޮފެސަރު މައިކަލް ފްރީމަން ބުނެފިއެވެ. ނަމަވެސް، އެޕްސްޓީންގެ އޮޓޯޕްސީ ހެދި މެޑިކަލް އެގްޒެމިނަރު އަދިވެސް ވިދާޅުވަނީ އެއީ ދަންޖެހިގެން އަމިއްލައަށް މަރުވުމެއް ކަމަށެވެ. މި އާ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެޕްސްޓީންގެ ބޭބެ ފޯރުކޮށްދިން މެޑިކަލް ފައިލްތަކާއި ފޮޓޯތަކުގެ އެހީގައެވެ.

މެކްސިކޯގެ އެންމެ ބޮޑު އެއް ޑްރަގު ލޯޑު ފީލިކްސް ގަޔާޑޯ މަރުވެއްޖ

މެކްސިކޯގެ މަސްތުވާތަކެތީގެ ވިޔަފާރި ކޮންޓްރޯލްކުރި "ގުއަޑަލަހާރާ ކާޓެލް" ގެ ބާނީ، މިގޭލް އަންހެލް ފީލިކްސް ގަލާޑޯ އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ. "ދަ ގޯޑްފާދާ" ގެ ނަމުން މަޝްހޫރުވި ގަލާޑޯ މަރުވީ، އެމެރިކާގެ ޑީއީއޭ އެޖެންޓަކު މަރާލި މައްސަލައިގައި 40 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ސިއްހީ ހާލަތު ގޯސްވެގެންނެވެ. އޭނާއަކީ މެކްސިކޯ އާއި ކޮލަމްބިއާގެ ކާޓެލްތައް ގުޅުވައިދީ، އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ނިޒާމު އެންމެ ފުޅާދާއިރާއެއްގައި ހިންގި ނުފޫޒުގަދަ ލީޑަރެވެ.

ޖެންސެން ހުއާން އަނބުރާ މަގާމަށް ގެނައުމަށް ކެމްޕޭނެއް

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ މައްސަލަތަކެއް ފަޅާއަރައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭނާ އަނބުރާ މަގާމަށް ގެނައުމަށް ބޮޑު ކެމްޕޭނެއް ވަނީ ފަށާފަ އެވެ. އީލޮން މަސްކް ފަދަ މަޝްހޫރު ޝަޚުސިއްޔަތުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާ މި ކެމްޕޭނުގައި ގޮވާލަނީ، މިނިވަން ތަހުގީގެއް ނިމެންދެން އޭނާ މަގާމުގައި ބެހެއްޓުމަށެވެ.

Newsletter

Get the latest news delivered straight to your inbox