ބޯޓު ވައްޓާލަން އުޅުނު ޕައިލެޓް ހަރުކަށި ފިކުރަށް ލެނބުނީ އޮސްޓްރޭލިއާގައި: ޔޫއޭއީ

Oct 10, 2026, 5:15 PM
ފޮޓޯ: ސޯޝަލް މީޑިއާ

ފޮޓޯ: ސޯޝަލް މީޑިއާ

ފްލައިދުބާއީގެ ބޯޓެއް ހައިޖެކް ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ އޮމާންގެ ކޯ-ޕައިލެޓް ހަރުކަށި ފިކުރާއި ޓެރަރިޒަމަށް ލެނބެން ފެށީ އޮސްޓްރޭލިއާގައި ކިޔަވަން އުޅުނު ދުވަސްވަރު ކަމަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ޔޫއޭއީގެ އެޓާނީ ޖެނެރަލް ހަމަދު ސައިފް އަލް ޝަމްސީ ތުހުމަތު ކުރެއްވި ގޮތުގައި، ހަމާމް އަލް ހަމާމީގެ ނަމަކަށް ކިޔާ މި ޕައިލެޓް މިދިޔަ ހަފުތާގައި މަސައްކަތް ކުރީ "ޖާނުން ފިދާވުމުގެ ހަމަލާއެއް" ދީ، އިޒްރޭލުގެ ޓެލް އަވީވް އެއާޕޯޓަށް ބޯޓު ވައްޓާލުމަށެވެ.

ބޯޓުގެ ކޮކްޕިޓް ތެރޭގައި އޮންނަ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ކޯރާޑި ބޭނުންކޮށްގެން އޭނާ ވަނީ ބޯޓުގެ ކެޕްޓަނަށް ހަމަލާދީ ޒަހަމްކޮށްލާފަ އެވެ. ނަމަވެސް، ބޯޓުގެ ފަސިންޖަރުން ވަނީ އޭނާ ހިފަހައްޓައި ކޮންޓްރޯލް ކޮށްފަ އެވެ. ދުބާއީން ޓެލް އަވީވަށް ދަތުރުކުރި މި ފްލައިޓްގެ އެހެން ކުރޫއަކުން ވަނީ ބޯޓު ސައުދީ އަރަބިއްޔާއަށް ސަލާމަތްތެރިކަމާއެކު ޖައްސައިފަ އެވެ.

Advertisement

މެލްބަންގެ އާރްއެމްއައިޓީ ޔުނިވާސިޓީން މީގެ ކުރިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެ ޕައިލެޓަކީ އެ ތަނުގައި ކިޔެވި ދަރިވަރެކެވެ. ނަމަވެސް އޭނާގެ އިންޖިނިއަރިން ކޯސް ފުރިހަމަނުކޮށް އޭނާ ވަނީ އެ ޔުނިވާސިޓީން ވަކިވެފަ އެވެ.

އެޓާނީ ޖެނެރަލް ޝަމްސީ ވިދާޅުވި ގޮތުގައި، އުމުރުން 29 އަހަރުގެ މި ޕައިލެޓާ ސުވާލުކުރުމުން، އޭނާއަށް މިކަމުގެ ހިތްވަރު ލިބުނީ 2001 ވަނަ އަހަރު އެމެރިކާއަށް އަލްގައިދާއިން ދިން 11 ސެޕްޓެމްބަރުގެ ހަމަލާތަކުން ކަމަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ.

ޔޫއޭއީގެ ދައުލަތުގެ ނިއުސް އެޖެންސީ "ވާމް" އިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޓާނީ ޖެނެރަލް ވިދާޅުވީ އޭނާ ހަރުކަށި ފިކުރާއި ޓެރަރިޒަމަށް ލެނބެން ފެށިކަމުގެ ނިޝާންތައް ފުރަތަމަ ފެންނަން ފެށީ 2017 ވަނަ އަހަރު އޮސްޓްރޭލިއާގައި ކިޔަވަން އުޅުނު ދުވަސްވަރު ކަމަށް ތަހުގީގުން ދައްކާ ކަމަށެވެ.

އެ ދުވަސްވަރު އޭނާ ހަރުކަށި ފިކުރުގެ ލިޔުންތައް ކިޔުމާއި، ޓެރަރިސްޓް ޖަމާއަތްތަކާއި ޖާނުން ފިދާވުމުގެ ހަމަލާތައް ދައްކުވައިދޭ އިންޓަނެޓް ކޮންޓެންޓްތައް ބެލުމުގެ ސަބަބުން، ހަރުކަށި ފިކުރުގެ ނުފޫޒު އޭނާއަށް ފޯރާފައިވާ ކަމަށް ވެސް ޝަމްސީ ވިދާޅުވި އެވެ.

ވާމްގެ ރިޕޯޓުގައިވާ ގޮތުން، ޓެރަރިޒަމަށް ހިތްވަރުދޭ ތަކެތި ގިނައިން ބެލުމާއި، އަމިއްލަ ކޯޗެއްގެ ދަށުން ބޮކްސިން ތަމްރީނުތައް ހަދައިގެން، މި ރޭވުން ތަންފީޒު ކުރުމަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އޭނާ ތައްޔާރުވި ކަމަށް ތަހުގީގު ކުރާ ފަރާތްތަކަށް އޭނާ ވަނީ ކިޔައިދީފަ އެވެ.

"އޭނާ އިއުތިރާފުވެފައިވާ ގޮތުގައި މި އަމަލު ހިންގީ އެހެން އެއްވެސް ބައެއްގެ ބައިވެރިވުމެއް ނެތި އަމިއްލައަށް. ނަމަވެސް މި ދައުވާ ކަށަވަރު ކުރުމަށް ތަހުގީގުތައް އަދިވެސް ދަނީ ކުރިއަށް،" ވާމް އިން ބުންޏެވެ.

އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އޭބީސީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މީހާއަށް 2014 ވަނަ އަހަރު އޮސްޓްރޭލިއާގެ ސްޓޫޑަންޓް ވިސާ ދޫކޮށްފައިވާއިރު، އޭނާ އެ ގައުމުން ފުރައިގެން ދިޔުމުގެ ކުރިން 2015 އިން 2017 އަށް އެ ގައުމުގައި ކިޔަވަން އުޅުނެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހު ދަތުރުކުރި ފްލައިޓް އެފްޒެޑް1073 ގައި 170 އަށް ވުރެ ގިނަ ފަސިންޖަރުންނާއި ކުރޫއިން ތިއްބެވެ.

މި ހާދިސާ ހިނގިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ މީހާއާ އޮސްޓްރޭލިއާއާ އޮތް ގުޅުންތައް ބަލަމުންދާކަން ކަށަވަރުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox