އޮސްޓްރޭލިއާ
118 ލިޔުން
ފަހުގެ
ދުނިޔެއޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި
އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.
ދުނިޔެއޮސްޓްރޭލިއާ ޕާލަމެންޓު މެމްބަރެއްގެ ގައިގައި ކާރަކުން ޖައްސައިފި
އޮސްޓްރޭލިއާގެ ޕާލަމެންޓު މެންބަރު ހެލެން ހެއިންސްގެ ގައިގައި ކާރަކުން ޖައްސައި ސީރިއަސް އަނިޔާތަކެއް ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން 43 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، ބޮޑުވަޒީރު އެލްބަނީޒީ ވަނީ މިއީ ގަސްދުގައި ދީފައިވާ ހަމަލާއަކަށް ވުން އެކަށީގެންވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޮސްޓްރޭލިއާގެ ސިޔާސީ ބޭފުޅުންނަށް ކުރިމަތިވާ މިފަދަ ނުރައްކާތައް އިތުރުވަމުންދާކަން ހޯމް އެފެއާޒް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
