ސަތާރަ އަހަރަށް ފަހު އޮސްޓްރޭލިއާގެ އެންމެ މަގްބޫލު ރޮކްބޭންޑު އެނބުރި އަންނަނީ

Oct 12, 2026, 10:38 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އޮސްޓްރޭލިއާގެ އެންމެ މަގުބޫލު އެއް ރޮކް ބޭންޑް ކަމަށްވާ "ޕައުޑާފިންގާ" އިން، އެ ބޭންޑް ރޫޅާލިތާ 17 އަހަރު ފަހުން އަލުން އެނބުރި އައުމަށް ބާއްވާ ޓުއާގެ ތަފުސީލުތައް ހާމަކޮށްފި އެވެ.

ބްރިސްބޭނަށް ނިސްބަތްވާ މި ބޭންޑުން އަލުން ގުޅުނުކަން މިދިޔަ ހަފުތާގައި ކަށަވަރުކޮށްދީފައިވާއިރު، މި ޓުއާ ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ބްރިސްބޭންގައި ބާއްވާ ހަތަރު ޝޯއަކުންނެވެ.

މީގެ އިތުރުން ކެއަންސް، ސިޑްނީ، އެޑިލޭޑް، ޕާތު އަދި މެލްބަންގައި އިތުރު 14 ޝޯއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މި ހުރިހާ ޝޯތަކެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސްޓޭޑިއަމްތަކުގެ ފެންވަރަށް ތައްޔާރުކޮށްފައިވާ ބޮޑެތި ޓެންޓުތަކެއްގަ އެވެ.

Advertisement

ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި އެ ބޭންޑުން ބުނީ، އަލުން އެކުގައި މިއުޒިކް ކުޅެން ފެށޭތީ އެކަމާ އިންތިހާއަށް އުފާކުރާ ކަމަށެވެ.

އެ ބޭންޑުން ބުނީ، ގިނަ ދުވަސްވީ ސަޕޯޓަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށާއި، އަދި މިހާތަނަށް އެ ބޭންޑުގެ ލައިވް ޝޯއެއް ބަލާލުމުގެ ފުރުސަތު ނުލިބޭ އާ ސަޕޯޓަރުންތަކެއް ވެސް މިހާރު އެބަތިބި ކަމަށެވެ.

ހަމައެކަނި ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭގަނޑު ޝޯތައް ބާއްވާ ގޮތަށް ތާވަލުކޮށްފައިވާ މި ޓުއާގެ ފޯމެޓަކީ، މިދިޔަ އަހަރު "އޯއޭސިސް" ބޭންޑުން އެމީހުންގެ ވޯލްޑް ޓުއާގައި ބޭނުންކުރި ފޯމެޓާ އެއްގޮތް ފޯމެޓެކެވެ. އޮސްޓްރޭލިއާއިން ބޭރުގައި އެއްވެސް ޝޯއެއް ބޭއްވުމަށް އަދި މިހާތަނަށް ނިންމާފައެއް ނުވެ އެވެ.

ޕައުޑާފިންގާ އިން ވަނީ އެމީހުންގެ މިއުޒިކީ ކެރިއަރުގައި ޖުމްލަ ހަތް ސްޓޫޑިއޯ އަލްބަމް ނެރެފަ އެވެ. މީގެ ތެރެއިން 2000 ވަނަ އަހަރު ނެރުނު "އޮޑިސީ ނަމްބަރު ފައިވް" އަކީ 2011 ވަނަ އަހަރު އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އޭބީސީ) ގެ މިއުޒިކް ސްޓޭޝަން "ޓްރިޕަލް ޖޭ" ގެ އަޑުއެހުންތެރިންގެ ނަޒަރުގައި އޮސްޓްރޭލިއާގެ ތާރީޚުގައި ނެރުނު އެންމެ މޮޅު އަލްބަމެވެ.

އެ އަލްބަމްގައި ހިމެނޭ "މައި ހެޕިނަސް" ލަވަޔަކީ 2025 ވަނަ އަހަރު އެ ސްޓޭޝަނުން ހޮވި އޮސްޓްރޭލިއާގެ ތާރީޚުގައި ހަވަނައަށް އެންމެ މޮޅު ލަވަ އެވެ. މީގެ އިތުރުން "އޮން މައި މައިންޑް"، "ދީޒް ޑޭއިސް" އަދި "ސަންސެޓްސް" އަކީވެސް އެ ބޭންޑުގެ ފާހަގަކޮށްލެވޭ މަގުބޫލު ލަވަތަކެވެ.

ބޭންޑް ރޫޅާލި ފަހުން، ލީޑް ލަވަކިޔުންތެރިޔާ ބާނާޑް ފެނިންގް ވަނީ އަމިއްލަ ގޮތުން މިއުޒިކީ މަސައްކަތްތައް ކުރިއަށް ގެންގޮސްފަ އެވެ. އަދި ބޭސް ގިޓަރިސްޓް ޖޯން ކޮލިންސް ވަނީ ބްރިސްބޭންގައި ލައިވް މިއުޒިކް ކުޅޭ އެންމެ ބޮޑު ދެ މަރުކަޒު ހުޅުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox