އަބޫދާބީ ކުންފުނިން ތަރައްގީކޮށްދޭ ފްލެޓުތަކަށް ފަހުން ވެސް ސަރުކާރުން ފައިސާ ދައްކާކަށް ނުޖެހޭނެ: ފިނޭންސް

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރުތަކާއި ވިނަރެސް ފްލެޓުތައް: އަބޫދާބީ ކުންފުނިން ވެސް ފްލެޓުތައް އަޅަނީ ހުޅުމާލޭގައި --- ފޮޓޯ: އަދަދު

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރުތަކާއި ވިނަރެސް ފްލެޓުތައް: އަބޫދާބީ ކުންފުނިން ވެސް ފްލެޓުތައް އަޅަނީ ހުޅުމާލޭގައި --- ފޮޓޯ: އަދަދު

ރަސްމާލެ ވޯޓާފްރަންޓް މަޝްރޫއުގެ ދަށުން ޔޫއޭއީގެ އީގަލް ހިިލްސް ޑިވެލޮޕާސްއިން ހުޅުމާލޭގައި ތަރައްގީކުރާ ހައުސިން ޔުނިޓުތައް ތަރައްގީކުރާށާއި ތަރައްގީކޮށް ނިމުމުން ވެސް ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މި ހައުސިން ޔުނިޓުތައް ތަރައްގީކުރުމަކީ ރަސްމާލޭގައި ހިންގާ މެގަ މަޝްރޫއު ފެށުމުގެ ކުރިން "އިނީޝަލް ކޮމިޓްމަންޓް" އެއްގެ ގޮތުގައި އަބޫދާބީ ކުންފުނިން ކުރަން ޖެހޭ މަސައްކަތެކެވެ. ސަރުކާރުން ބުނަނީ މިއީ ސަރުކާރުން އެއްވެސް ފައިނޭންޝަލް ކޮމިޓްމަންޓެއް ނުދީ އީގަލް ހިލްސްގެ އަމިއްލަ ހަރަދުގައި "ކޮންޓްރެކްޓާ ފައިނޭންސިން" އުސޫލުގެ ދަށުން ތަރައްގީކުރާ ތަންތަން ކަަމަށެވެ.

މީގެ އިތުރު ތަފުސީލުތައް ދެއްވަމުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ޕީއެސްއެމްއަށް ވިދާޅުވީ، އެއްބަސްވެފައި ވަނީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ހުޅުމާލޭގައި 5000 ހައުސިން ޔުނިޓު ތަރައްގީކުރަން ކަމަށެވެ. އަދި މި ހައުސިން ޔުނިޓުތައް އިމާރާތްކުރަން ހިންގާ  މަޝްރޫއު ފައިނޭންސް ކުރަން ސަރުކާރުން އެއްވެސް ގެރެންޓީއެއް ވެސް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

"މި ޕްރޮޖެކްޓަކީ ހަމަ އެ ޕްރޮޖެކްޓު ޑިވެލޮޕްކުރައްވާ ފަރާތުން ފައިނޭންސް ހޯއްދަވައިގެން އެ ޕްރޮޖެކްޓުގެ ހުރިހާ މަސައްކަތެއް ވެސް ކުރައްވާނީ. އެ ޕްރޮޖެކްޓުގެ ތެރެއަށް އަޅުގަނޑުމެން އެއްވެސް ވަރަކަށް ލޯނެއް، އެއްވެސް ފައިނޭންސިންއެއް، އެއްވެސް ކަހަލަ ކޮމިޓްމަންޓެއް ދޭކަށް ނުޖެހޭނެ،" ޒަރީރު ވިދާޅުވި އެވެ. 

ޒަރީރު މިހެން ވިދާޅުވުމުން އަދަދު ނޫހުން ވާނީ މި ތަންތަން އިމާރާތްކޮށް ނިމުމުން، އެއްވެސް ފައިސާއެއް ދައްކަން ޖެހޭނެތޯ ފިނޭންސް މިނިސްޓްރީގައި އަހާފަ އެވެ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެ ކަމަށް ސަރުކާރުން ބުނެފި

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސުވާލު ކުރީ، މި ތަންތަން ވިއްކާ މަރުހަލާގައި ފައިސާ ދައްކަން ޖެހޭނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބްއާ ހަވާލާދީ ދައުރުކުރަމުންދާ މައުލޫމާތާ ގުޅިގެންނެވެ. 

"ފައިސާ ދައްކާނީ ހައުސިން ޔުނިޓްތައް ނިންމައި ހަވާލުކުރުމުން އެ ވިއްކުމުގެ މަރުހަލާގައި،" މުއްތަލިބު ވިދާޅުވި ކަމަށް މިހާރު ނޫހުގެ ހަބަރެއްގައި ވެ އެވެ.

މިކަން ފާހަގަކޮށް ސުވާލުކުރުމުން، ފިނޭންސުގެ އޮފިޝަލަކު ވަނީ އީގަލްސް ހިލްސްއިން ތަރައްގީކުރާ ހައުސިން ޔުނިޓުތަަކަށް ފައިސާ ދައްކަން ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭނެ ކަމަށް ބުނެފަ އެވެ.

ސަރުކާރުން ފައިސާއެއް ދައްކަން ނުޖެހުނުކަން ކަށަވަރުކޮށްދިން ނަމަވެސް، މި ތަންތަން ލިބޭ އާންމުން ފައިސާ ދައްކަން ޖެހޭ ކަމެއް އަދި ފައިސާ ދައްކަން ޖެހެނީ އެ ކުންފުންޏަށްތޯ ނޫނީ ސަރުކާރަށްތޯ އެ އޮފިޝަލަށް ކަށަވަރުކޮށް ނުދެވުނެވެ. އޭނާ ބުނީ، އެ މައުލޫމާތު އެނގޭނީ ހައުސިން މިނިސްޓްރީއަށް ކަަމަށެވެ.

ސަރުކާރުން ވަނީ މި އަހަރުގެ ނިމުމުގެ ކުރިން މި ހައުސިން މަޝްރޫއު އިފްތިތާހުކޮށް، އަންނަ އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ޕްރޮޖެކްޓުގެ އެހެން ތަފުސީލުތައް ހާމަނުކުރާތީ ތަރައްގީކުރަނީ ކިތައް ކޮޓަރީގެ ޔުނިޓުތަކެއް ކަމެއް އަދި ތަރައްގީކުރަނީ ސޯޝަލް ހައުސިން އެކަނި ކަމެއް ނޫނީ ބޭންކުން ފައިނޭންސިން ހޯދޭ ވަރުގެ އާމްދަނީއެއް ލިބޭ މީހުންނަށް ތަރައްގީކުރާ "އެފޯޑަބަލް ހައުސިން" ކަމެއް އަދި ސާފެއް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox