ދަރަނި ދެއްކުމަށްޓަކައި ވަގުތުން ފައިސާ ލިބޭ ގޮތަށް ދައުލަތުގެ ހަރުމުދާ ވިއްކުން މި ވަގުތު މުހިންމު ކަމަށް ނަޝީދު ވިދާޅުވެއްޖެ

ބޮޑު ބަދަލު ކެމްޕޭން ޖަލްސާއެއްގެ ތެރެއިން: ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއުއެއް ހިންގަން ޔޫއޭއީގެ ކުންފުންޏަކާ ހަވާލުކުރިކަން އިއުލާނުކުރީ މިއަދު -- ފޮޓޯ: އަދަދު

ބޮޑު ބަދަލު ކެމްޕޭން ޖަލްސާއެއްގެ ތެރެއިން: ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއުއެއް ހިންގަން ޔޫއޭއީގެ ކުންފުންޏަކާ ހަވާލުކުރިކަން އިއުލާނުކުރީ މިއަދު -- ފޮޓޯ: އަދަދު

ދައުލަތުގެ ދަރަނި ދެއްކުމަށްޓަކައި ހަރުމުދާ ވިއްކުން ރަނގަޅު ކަމަށާއި ނަމަވެސް، މި ވަގުތަށް މުހިންމީ ވަގުތުން ފައިސާ ލިބޭ ގޮތަށް ދައުލަތުގެ ހަރުމުދަލެއް ވިއްކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމާލޭގެ ބައެއްގައި ވޯޓާފްރަންޓް އަދި މެރީނާއެއް ތަރައްގީކުރަން 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމަކީ ރާއްޖެއަށް ދިމާވެފައި އޮތް މާލީ ދަތިކަމުން އަރައިގަތުމާ ކުޑަކޮށް ވެސް ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.

"ހުރިހާ ކަމެއް އެންމެ ރަނގަޅަށްދިޔަ ނަމަވެސް، އެ ތަނުން ދައުލަތަށް އެއްޗެއް ލިބެން އަދި މަދުވެގެން ދެ އަހަރު ނަގާނެ، މި ވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭ ގޮތަށް ދައުލަތުގެ ހަރުމުދަލެއް ވިއްކުން،" ނަޝީދު ވިދާޅުވި އެވެ.

މިއަދު ދުބާއީގައި ބޭއްވި ރަސްމިއްޔާތުގައި އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގައި ސޮއިކުރީ އީގަލް ހިލްސް އާއި އެމާރު ޕްރޮޕަޓީސްގެ ބާނީ މުހައްއްމަދު އަލައްބާރާއީ ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބެވެ. 

އެއްބަސްވުމުގެ ދަށުން ފުށިދިއްގަރު ފަޅުން ދޫކޮށްލާ ސަރަހައްދުގެ ބޮޑު މިނާއި އެ ސަރަހައްދު ދޫކޮށްލާ އަގެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މި މަޝްރޫއުގައި ސޮއިކުރުމާއެކީ ޔޫއޭއީގެ މީޑީއާތަކުގައި ވަނީ މި ހަބަރު ޖަހާފަ އެވެ. ރާއްޖޭގެ މީޑިއާތަކުން ވެސް މި ހަބަރު ޖެހީ އެ ގައުމުގެ މީޑިއާތަކާ ހަވާލާދީ އެވެ. އެ ފަހުން ހައުސިން މިނިސްޓްރީން، އެ މިނިސްޓްރީގެ ރަސްމީ ސޯޝަލް މީޑިއާތަ އަކައުންޓުތަކުން ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ.

ހައުސިންގެ ބަޔާނުގައި ވަނީ ރަސްމާލޭގައި ވޯޓާފްރަންޓަކާއި މެރީނާއެއް ހިމެނޭހެން ބޮޑު އިންޓަގްރޭޓަޑް މަޝްރޫއެއް ރަސްމާލޭގެ ބަޔެއްގައި ހިންގާނެ ކަމަށެވެ. އަދި، މިއިންޓަގްރޭޓަޑް ޒޯނުގައި ބައިިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ބްރޭންޑެޑް ރެޒިޑެންސްތަކުގެ އިތުރުން ރެސްޓޯރެންޓުތަކާއި، ފިހާރަތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ސިއްހީ މަރުކަޒުތައް ހުންނާނެ ކަަމަށެވެ.

ރަސްމާލެ މެރީނާ މަޝްރޫއުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނަނީ، އީގަލް ހިލްސްއަށް ދެނީ ރަސްމާލޭގެ 500 ހެކްޓަރު ކަމަށެވެ. މިއީ ފުށިދިއްގަރު ފަޅުން ހިއްކާނެ ކަމަށް ބުނެފައިވާ 1058 ހެކްޓަރުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއް ބަޔެވެ. ސަރުކާރުން މި މުއާމަލާތުގެ ބޭނުމަށް ރަސްމާލެ އަގުކޮށްފައި ވަނީ، އެ މީހުން ބުނާ ގޮތުގައި، އަކަ ފޫޓެއް 6،000ރ. އަށެވެ. 

މި އަދަދު ބޭނުންކޮށްގެން މި މުއާމަލާތުގެ ދަށުން ދޫކޮށްލާ ސަރަހައްދުގެ ބިމުގެ އަގު ހިސާބުކުރުމުން، ޖުމްލަ އަގު 318 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ސަރުކާރާއި ޑުބާއީ ކުންފުނިން އެ ބުނާ 20 ބިލިއަން ޑޮލަރާ އެއްވަރުގެ އަދަދެކެވެ.

މި މައުލޫމާތުތައް ކަށަވަރުކުރަން އަދަދު ނޫހުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) އަށް ގުޅި ނަމަވެސް އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ، ސަރުކާރުގެ ބަހެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox