ކޮމިޓީއަށް ހާޒިރުވެ ރަސްމާލެ ދޫކޮށްލާ ބިލަށް ހިޔާލު ހުށަހެޅުމަށް އެދުމުގެ ފުރުސަތު ޕާޓީތަކާއި ޖަމިއްޔާތަކަށް ދެނީ

މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އިޒްރޭލާ ގުޅުން އޮންނަ ޔޫއޭއީގެ މަހުޖަނު މުހައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އެއްބަސްވުމަށް ފަހު، އެ މުއާމަލާތް ގާނޫނީ ގޮތުން ސައްހަ ކުރުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ދިރާސާކުރާއިރު، ކޮމިޓީއަށް ހާޒިރުވެ ހިޔާލު ހުށަހަޅަން ބޭނުންވާ ސިޔާސީ ޕާޓީތަކާއި ދީނީ އަދި މަދަނީ ޖަމިއްޔާތަކަށް އެ ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ނިންމައިފި އެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެ ހުށަހެޅުން ހުށަހެޅުއްވީ ކޮމިޓީގެ މުގައްރިރު، އިބްރާހިމް ސުޖާއު އެވެ. އޭނާ ހުށަހެޅުއްވީ، ކޮމިޓީއަށް ހާޒިރުވެ ރަސްމާލެ ބިލަށް ހިޔާލު ހުށަހަޅަން ބޭނުންވާ ޕާޓީތަކާއި ޖަމިއްޔާތަކަށް އެކަމަށް އެދި މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ދިނުމަށެވެ. އޭނާގެ ހުށަހެޅުމާ އެއްގޮތަށް ކޮމިޓީގެ އިއްތިފާގުން ފާސްކުރީ މިއަދުން ފެށިގެން އަންނަ ޑިސެމްބަރު 2، ގެ ނިޔަލަށް އެ ފުރުސަތު ހުޅުވައިލުމަށެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިގޮތަށް މިއަދު ފާސްކުރި ނަމަވެސް، މީގެ ކުރިން ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތޮއްޑޫ ދާއިރާެގެ މަޖިލިސް މެންބަރު، ހުސެއިން ސަމީރު އެ ހުށަހެޅުން ހުށަހެޅުއްވުމުން ޕީއެންސީ މެންބަރުން އެކަމަށް ތާއީދެއް ނުކުރެއްވި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ، މީގެ ކުރީ ކޮމިޓީ ބައްދަލުވުމުގައި މިނިސްޓްރީތަކުން ލިޔުމުން ޖަވާބު ހޯދަން ނިންމި ނިންމުމަށް ވެސް ބަދަލެއް ގެނެސްފަ އެވެ. އެގޮތުން، މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމައިފައި ވަނީ އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް ހިޔާލު ހޯދުމަށެވެ.

އެހެންކަމުން، ރަސްމާލެ ދޫކޮށްލާ ބިލު ދިރާސާކުރާއިރު، އިކޮނޮމިކް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، އެޓާނީ ޖެނެރަލް އަދި، ވިޒިޓް މޯލްޑިވްސްގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ހިޔާލު ހޯދާނެ އެވެ.

އީގަލް ހިލްސްއަށް ރަސްމާލެ ދޫކޮށްލުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑު ހިމަނައިފައިވާ ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ނިންމަން ކޮމިޓީން ކަނޑައަޅައިފައި ވަނީ އަންނަ ޑިސެމްބަރު 7، ގެ ކުރިންނެވެ.

އެ ބިލު ދިރާސާކުރާއިރު، ކޮމިޓީއަށް ހާޒިރުވެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް ހުޅުވައިލަން ނިންމާފައިވާއިރު، އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފްއިން ވަނީ އެ މަޝްރޫއުއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ އިތުރުން، އެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމަށް ފެންނަނުފެންނަ ވޯޓެއް ނެގުމަށް ވެސް އެ ޕާޓީތަކުން ދަނީ ގޮވައިލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox