ރަސްމާލޭން ޑުބާއި ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނެތް: މުއްތަލިބު

ސެޕްޓެމްބަރު 21، 2025: ރަސްމާލޭގައި ބޮޑު މަޝްރޫއުއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރަނީ

ސެޕްޓެމްބަރު 21، 2025: ރަސްމާލޭގައި ބޮޑު މަޝްރޫއުއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރަނީ

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރަން ހަވާލުކޮށްފައިވާ ޔޫއޭއީގެ އީގަލްސް ހިލްސް ޑިވެލޮޕަރުންނަށް އެ މަޝްރޫއު ދިނީ އެއްވެސް ޓެކްސް ލުޔެއް ނުދޭ ގޮތަށް ކަމަށް ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ. 

ސަރުކާރުން މިއަދު އިއުލާންކުރި މި މަޝްރޫއުގެ ދަށުން ރަަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ހިންގާނެ ކަމަށް އީގަލް ހިލްސް އާއި ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ. ކުރިން މި ނޫހަށް މައުލޫމާތު ލިބުނީ މިއީ ހާއްސަ ޓެކްސް ޒޯނެއްގެ ގޮތުގައި ކަނޑައެޅިގެން ހިންގާ ތަރައްގީގެ މަޝްރޫއެއް ކަމަށެވެ. 

ނަމަވެސް މުއްތޮލިބު މިހާރު ނޫހަށް ވިދާޅުވެފައި ވަނީ، އެ މަޝްރޫއު ކުރިއަށް ގެންދަނީ އެއްވެސް "ޓެކްސް ހޮލިޑޭއެއް ނުވަތަ ޓެކްސް އިސްތިސްނާއެއް ނުހިމެނޭ ގޮތަށް ކަަމަށެވެ. އަދި މި ތަނުގައި ހިންގާ ހުރިހާ ވިޔަފާރި ހަރަކާތަކަށް އާންމު ޓެކްސް އުސޫލުތައް ހިނގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އޭގެ އިތުރުން،  ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާ ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައި ހުންނަ އެކައުންޓަކުން ކުރާ ގޮތަށް އެއްބެސްވެފައިވާ ކަމަށް މުއްތަލިބު ވިދާޅުވެފައިވެ އެވެ. އަދި، މި ތަނުގައި ތަރައްގީކޮށްގެން ވިއްކާ ރެޒިޑެންސީ ޔުނިޓުތައް ވިއްކައިގެން ލިބޭ ފައިސާ ވެސް ޖަމާކުރަން ޖެހޭނީ، ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓެއްގައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މުއްތަލިބު ވަނީ ރަސްމާލޭ އިންޓަގްރޭޓަޑް ޒޯނުގައި ތަރައްގީކުރާ ތަންތަން ވިއްކައިގެން ލިބޭ އާމްދަނީ ސަރުކާރާ ހިއްސާކުރާ ގޮތް ވެސް ވިދާޅުވެފަ އެވެ. އެއީ ވިޔަފާރި އުސޫލުން ތަރައްގީކުރާ ތަންތަން ވިއްކައިގެން ލިބޭ އާމްދަނީގެ 10 ޕަސެންޓު، ފުރަތަމަ އަދި ދެވަނަ މަރުހަލާގެ ކޮންމެ ރިއަލް އެސްޓޭޓް މުއާމަލާތަކުން ހަތަރު ޕަސެންޓުގެ ރަޖިސްޓްރޭޝަން ފީއެކެވެ. މި އާމްދަނީތަކުން ދައުލަތުގެ ބަޖެޓަށް  11 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބުނެފައިވެ އެވެ. 

ސަރުކާރުން ބުނަނީ މި ތަން ދޫކޮށްފައި ވަނީ ލީސްހޯލްޑް އުސޫލުން ބިމުގެ މިލްކުވެރިކަން ބަދަލު ނުވާ ގޮތަށް ކުއްޔަށް ކަމަށެވެ. ނަމަވެސް، ކުއްޔަށް ދިން ބިމުގެ ސަރަހައްދެއް، ދިން އަގެއް، ދިނީ ކިހާ މުއްދަތަކަށް ކަމެއް އެނގޭނެ މައުލޫމާތު ސަރުކާރުން އަދި ހަމާއެއް ނުކުރެ އެވެ. 

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯނުގައި ބައިިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ބްރޭންޑެޑް ރެޒިޑެންސްތަކުގެ އިތުރުން ރެސްޓޯރެންޓުތަކާއި، ފިހާރަތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ސިއްހީ މަރުކަޒުތައް ހުންނާނެ ކަަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި މި މަޝްރޫއުގެ ދަށުން،  ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި 5،000 ސޯޝަލް ހައުސިން ޔުނިޓު އަޅައިދޭނެ ކަަމަށް ވެސް ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox