އެމްޑީޕީން ކުރާ މުޒާހަރާގައި ބައިވެރިވުމަށް ގޮވާލައި، ރަސްމާލެ މަޝްރޫއުއާ ދެކޮޅު ބޮޑު އެއްވުން ޑިސެމްބަރު 3، އަށް އަވަސްކޮށްފި

ނޮވެމްބަރު 13، 2026: ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ބާއްވާ "ދިވެހިންގެ ބިން ދިވެހިންނަށް" ރެލީ

ނޮވެމްބަރު 13، 2026: ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ބާއްވާ "ދިވެހިންގެ ބިން ދިވެހިންނަށް" ރެލީ

އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭންކަމަށް ބުނެ ހިއްކި ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ ކުރިން ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާ އެއްވުމުގައި ވީހައިވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލައި، ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ބާއްވަން ނިންމާފައިވާ ބޮޑު އެއްވުން ރަސްމާލެއާ ދެކޮޅު ގައުމީ ހަރަކާތުން އަވަސްކޮށްފި އެވެ.

ރަސްމާލެއާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ގައުމީ ހަރަކާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ ވަނީ އެމްޑީޕީގެ ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ.

"މި މަސައްކަތަކީ ގައުމީ މަސައްކަތެއް، މި މަސައްކަތަކީ ފަރުދީ ޒިންމާއެއް، އެހެންވީމާ ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ މަސައްކަތް ކުރައްވާ ބޭފުޅުންނާއި ގައުމުދެކެ ލޯބިވާ ހުރިހާ ބޭފުޅުން ވެސް މި ގައުމުގެ މުސްތަގުބަލަށް އެދިގެން އެ ހަރަކާތުގައި ބައިވެރިވެ ބޮޑު ދުވަހެއްކަމުގައި އެ ދުވަސް ހައްދަވައިދެއްވާ،' އިމްރާން ވިދާޅުވި އެވެ.

Advertisement

އޭގެ އިތުރުން އިމްރާން ވިދާޅުވީ ގައުމި ހަރަކާތުން ޑިސެމްބަރު 4، ގައި ބާއްވަން ނިންމާފައިވާ ބޮޑު އެއްވުން ޑިސެމްބަރު 3، ގެ ރޭގަނޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ ބަދަލު ގެންނަން ޖެހުނީ ޑިސެމްބަރު 4، ގައި އާޓިފިޝަލް ބީޗުގައި މިއުޒިކް ޝޯއެއް ބާއްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ގައުމީ ހަރަކާތުން ބާއްވާ ބޮޑު އެއްވުން ދެން ބާއްވާނީ ޑިސެމްބަރު 3، ވާ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށް އިމްރާން ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަ ދައްކަވަމުން އިމްރާން ވަނީ ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ތަކުރާރުކުރައްވައި، އެކަން އެގޮތަށް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ނުދިނުމަށް ދިވެހި ފުލުހުންނާއި ސިފައިންނަށް ވެސް އިލްތިމާސް ކުރައްވައިފަ އެވެ.

އެގޮތުން، އޭނާ ވިދާޅުވީ ގާނޫނުތަކަށް ބަދަލު ގެނެސްގެންވިޔަސް، ރާއްޖޭގައި އެހެން ދީންތަކެއްގެ ބަޔަކު ވަޒަންވެރި ކުރުވުމަށް ކުރާ މަސައްކަތް ހުއްޓުވުމަކީ ދިވެހިރާއްޖޭގެ ދިފާއީ ބާރުތަކުގެ ދީނީ އަދި، ގައުމީ ވާޖިބެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި، އެކަން ނުހުއްޓުވައި ތިބުމަކީ ގައުމަށް ވެވޭ އިހުމާލެއްގެ ގޮތުގައި އިމްރާން ސިފަކުރެއްވި އެވެ.

"މި ކުޑަކުޑަ އިސްލާމީ ގައުމު ފަސާދަ އާއި ކޮރަޕްޝަނާއި ގާފިލްކަމާއެކީގައި ގެއްލުމުގެ ތެރެއަށް ގޮސް ފަނާވެގެންދާން ދޫނުކުރައްވައި އެކަމަށްޓަކައި ރައްޔިތުން ކުރާ އުއްމީދު ހާސިލުކޮށް އޭގެ މައްޗަށް ތެދުވެ، ތިޔަ ބޭކަލުންގެ ގައުމީ އަދި، ދީނީ ވާޖިބު ފުރިހަމައަށް އަދާކޮށް މި ގައުމު ސަލާމަތް ކޮށްދިނުމަށް މި ގައުމުގެ ސިފައިންނާއި ފުލުހުންގެ ކިބައިން އަޅުގަނޑުމެން އިލްތިމާސްކުރަން،" އިމްރާން ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ކުރިން އާންމުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން ކުރިއަށް ގެންދާ އެއްވުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު މާލޭގަ އެވެ. ނަމަވެސް، އެ އެއްވުން ފަށާނެ ވަގުތެއް، އަދި ތަނެއް އެ ޕާޓީން އިއުލާނެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox