ރަސްމާލެއިން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ވެސް ހާމަނުކުރި

ސެޕްޓެމްބަރު 2، 2026 ގައި ފުށިދިއްގަރު ފަޅު މަތިން ނަގާފައިވާ ސެޓެލައިޓް ފޮޓޮއެއް: މައުލޫމާތު ލިބެނީ ޑުބާއީ ކުންފުންޏަށް ދެނީ ރަސްމާލޭ އުތުރު --- ފޮޓޯ: ސެންޓިނެލް/ކޮޕާނިކަސް

ސެޕްޓެމްބަރު 2، 2026 ގައި ފުށިދިއްގަރު ފަޅު މަތިން ނަގާފައިވާ ސެޓެލައިޓް ފޮޓޮއެއް: މައުލޫމާތު ލިބެނީ ޑުބާއީ ކުންފުންޏަށް ދެނީ ރަސްމާލޭ އުތުރު --- ފޮޓޯ: ސެންޓިނެލް/ކޮޕާނިކަސް

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ޑުބާއީގެ އީގަލް ހިލްސް ޑިވެލޮޕާސްއާއެކީ ސޮއިކުރި އެއްބަސްވުމުގެ ދަށުން ފުށިދިއްގަރު ފަޅުން ދޫކޮށްލާ ސަރަހައްދުގެ ބޮޑު މިނާއި އެ ސަރަހައްދު ދޫކޮށްލާ އަގު ނުބުނެ އެ މަޝްރޫއު ސަރުކާރުން އިއުލާންކޮށްފި އެވެ. 

ޔޫއޭއީގެ އެމާރު ކުންފުނީގެ ބާނީގެ މުހައްމަދު އަލައްބަރުގެ އީގަލް ހިލްސް ކުންފުންޏާއެކީ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދުގެ ހެނދުނުގެ ވަގުތެއްގަައި ޑުބާއީގަ އެވެ.

މި މަޝްރޫއުގައި ސޮއިކުރުމާއެކީ ޔޫއޭއީގެ މީޑީއާތަކުގައި ވަނީ މި ހަބަރު ޖަހާފަ އެވެ. ރާއްޖޭގެ މީޑިއާތަކުން ވެސް މި ހަބަރު ޖެހީ އެ ގައުމުގެ މީޑިއާތަކާ ހަވާލާދީ އެވެ. އެ ފަހުން ހައުސިން މިނިސްޓްރީން، އެ މިނިސްޓްރީގެ ރަސްމީ ސޯޝަލް މީޑިއާތަ އަކައުންޓުތަކުން ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ.

ހައުސިންގެ ބަޔާނުގައި ވަނީ ރަސްމާލޭގައި ވޯޓާފްރަންޓަކާއި މެރީނާއެއް ހިމެނޭހެން ބޮޑު އިންޓަގްރޭޓަޑް މަޝްރޫއެއް ރަސްމާލޭގެ ބަޔެއްގައި ހިންގާނެ ކަމަށެވެ. އަދި، މިއިންޓަގްރޭޓަޑް ޒޯނުގައި ބައިިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ބްރޭންޑެޑް ރެޒިޑެންސްތަކުގެ އިތުރުން ރެސްޓޯރެންޓުތަކާއި، ފިހާރަތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ސިއްހީ މަރުކަޒުތައް ހުންނާނެ ކަަމަށެވެ.

އޭގެ އިތުރުން، ޕްރޮޖެކްޓަށް ހިނގާނެ ހަރަދުގެ އަންދާޒާތަކާއި އެހެން ބައެއް ފައިދާތައް ވެސް ބަޔާނުގައި އޮތެވެ. ނަމަވެސް، ދޫކޮށްލަނީ ކޮން ސަަރަހައްދެއް ކަމެއް، ކިހާ ސަރަހައްދެއް ކަމެއް، ކިހާ އަގަކަށް ކަމެއް ބަޔާނުގައި އެއްވެސް ހިސާބެއްގައި ނެތެވެ. 

އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތަން ތަރައްގީކުރަނީ އެސްއީޒެޑު ގާނޫނުގައި ބުނާ ޓައުންޝިޕެއްގެ ގޮތުގައި އެވެ. އެހެންކަމުން ރަސްމާލޭގެ އެ ސަރަހައްދު ކަނޑައެޅިގެން ދާނީ ހާއްސަ ޓެކްސް އަދި ޑިއުޓީ ސަރަހައްދެއްގެ ގޮތުގައި އެވެ. 

މިހެން ނަމަވެސް ސަރުކާރުގެ ބަޔާނުގައި ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބުއާ ހަވާލާދީ ވަނީ، އެއްވެސް ޓެކްސް ލުއިތަކެއް ދިނުމެއް ނެތި، އެ ތަނުން ކުރާ ކޮންމެ ވިޔަފާރިއަކުން ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށެވެ. 

"މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބޯޑު އިންވެސްޓްމަންޓް ޕްރޮގްރާމް - އަޅުގަނޑުމެންގެ ބޭންކިން ނިޒާމުގެ ތެރެއިން ދައުރުވާ އެތަކެއް ދިހަ ބިލިއަން ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓް، 54،000 އަށް ވުރެ ގިނަ ވަޒީފާ، އެތައް ހާސް ދިވެހި އާއިލާތަކަށް ގެދޮރު، އަދި ވިއްކާ ކޮންމެ ފަހަރު ދައުލަތަށް ސީދާ އާމްދަނީ، ޓެކްސް ލުޔެއް ނުދީ، އަދި ސަރުކާރުން ދަރަންޏެއް ނުނަގައި ހާސިލުކުރެވޭ." އޭނާ ވިދާޅުވި އެވެ. 

ރަސްމާލެ މެރީނާ މަޝްރޫއުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނަނީ، އީގަލް ހިލްސްއަށް ދެނީ ރަސްމާލޭގެ 500 ހެކްޓަރު ކަމަށެވެ. މިއީ ފުށިދިއްގަރު ފަޅުން ހިއްކާނެ ކަމަށް ބުނެފައިވާ 1058 ހެކްޓަރުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއް ބަޔެވެ. ސަރުކާރުން މި މުއާމަލާތުގެ ބޭނުމަށް ރަސްމާލެ އަގުކޮށްފައި ވަނީ، އެ މީހުން ބުނާ ގޮތުގައި، އަކަ ފޫޓެއް 6،000ރ. އަށެވެ. 

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ދުބާއީގެ ކުންފުންޏަކާއެކު ސޮއިކޮށްފި

ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން 500 ހެކްޓަރުގެ ދޫކޮށްލާ ކަމަށް މައުލޫމާތު ލިބޭ. މިތަން ތަރައްގީކުރަން ދެނީ އެސްއީޒެޑު ގާނޫނުގެ ދަށުން ހާއްސަ އިގުތިސޯދީ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅިގެން.

މި އަދަދު ބޭނުންކޮށްގެން މި މުއާމަލާތުގެ ދަށުން ދޫކޮށްލާ ސަރަހައްދުގެ ބިމުގެ އަގު ހިސާބުކުރުމުން، ޖުމްލަ އަގު 318 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ސަރުކާރާއި ޑުބާއީ ކުންފުނިން އެ ބުނާ 20 ބިލިއަން ޑޮލަރާ އެއްވަރުގެ އަދަދެކެވެ.

މި ނޫހަށް މައުލޫމާތު ދިން މީހުން ބުނީ ސަރުކާރުން ވަނީ ބިމުގެ އަގުގެ ބަދަލުގައި ސޯޝަލް ހައުސިން ތަރައްގީކޮށްދޭ ގޮތަށް، އެ އަގު ނުނަގާ ގޮތަށް ނިންމާފައި ކަމަށެވެ. ސަރުކާރުން ދެކެނީ، އެ މީހުން ބުނީ، މީގެ ސަބަބުން މާލީ ގެއްލުމެއް ލިބުނަސް، ބޯހިޔާވަހިކަން ތަރައްގީކުރުމުގެ އިޖުތިމާއީ ފައިދާ މާ ބޮޑު ކަމަށެވެ. ހައުސިން ޔުނިޓުތައް އަޅަނީ ހުޅުމާލޭގައި ކަމަށް މިނިސްޓަރު މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ. 

މި މައުލޫމާތުތައް ކަށަވަރުކުރަން އަދަދު ނޫހުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) އަށް ގުޅި ނަމަވެސް އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ، ސަރުކާރުގެ ބަހެއް ނުލިބެ އެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓުގެ ގޮތުގައި ހިންގަމުން އަންނަ ރަސްމާލެ މަޝްރޫއަކީ، ސަރުކާރުން ބުނާ ގޮތުގައި، ދިވެހިންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ނެތުމުގެ މައްސަލައަށް އޮތް ވަށައިޖެހޭ ފުރިހަމަ ހައްލު ނުވަތަ "ޓޯޓަލް ސޮލިއުޝަން" އެވެ. އަދި މި ތަން ވާނީ މިއީ ތިމާވެއްޓާ ރައްޓެހި، މޫސުމީ ބަދަލުތަކަށް ވިލުންވެރި، ޒަމާނީ "އެކޯ-ސިޓީ" އަކަށް ކަމަށް ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox