ކޮންކަކަފްގެ ރައީސް މޮންޓަގްލިއާނީ، ފީފާގެ ރައީސަކަށް ކުރިމަތިލަނީ

Aug 3, 2026, 9:45 AM
ނޯތު/ސެންޓްރަލް އެމެރިކާ އަދި ކެރީބިއަން ފުޓްބޯލް އެސޯސިއޭޝަން ތަމްސީލްކުރާ ފެޑެރޭޝަން ކޮންކަކަފްގެ ރައީސް، މޮންޓަގްލިއާނީ

ނޯތު/ސެންޓްރަލް އެމެރިކާ އަދި ކެރީބިއަން ފުޓްބޯލް އެސޯސިއޭޝަން ތަމްސީލްކުރާ ފެޑެރޭޝަން ކޮންކަކަފްގެ ރައީސް، މޮންޓަގްލިއާނީ

ވެންކޫވާ، ކެނަޑާ (އޮގަސްޓް 3) -  ނޯތު/ސެންޓްރަލް އެމެރިކާ އަދި ކެރީބިއަން ފުޓްބޯލް އެސޯސިއޭޝަން ތަމްސީލްކުރާ ފެޑެރޭޝަން ކޮންކަކަފްގެ ރައީސް، މޮންޓަގްލިއާނީ، އަންނަ އަހަރުގެ މާޗް މަހު ބާއްވާ ފީފާގެ އިންތިހާބުގައި އެ ފެޑެރޭޝަންގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

ފީފާގެ ރައީސްގެ މަގާމުގައި ތިން ވަނަ ދައުރެއް މިހާރު ފުރިހަމަަ ކުރައްވަމުން އަންނަ ޖިއާނީ އިންފަންޓީނޯ އަށް އޮތް އިތުބާރު ގިނަ ގައުމުތަކަކަށް ވަނީ ގެއްލިފަ އެވެ. އެ ގޮތުން، ދެން އޮތް ފީފާގެ އިންތިހާބީ ކޮންގްރެސްގައި، އިންފަންޓީނޯއާ ދެކޮޅަށް އެހެން ކެންޑިޑޭޓަކު، ނެރުމަށްޓަކައި، އެންމެ ބާރު އަޅަމުން އަންނަނީ ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިންނެވެ. 

ޔުއެފާ އިން އެންމެ ފުރަތަމަ ނެރެން މަސައްކަތްކުރީ، ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) އަދި ފްރާންސްގެ ޕީއެސްޖީގެ ރައީސް، ގަތަރުގެ ނާސިރު އަލް ހެލައިފީ އެވެ. އެކަމަކު، އޭނާގެ ތަރުޖަމާނަކު މީޑިއާގައި ހާމަކުރީ ހެލައިފީގެ އެ ފަދަ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. 

އޭގެ ފަހުން، ޔުއެފާ އިން އެެހެން ކެންޑިޑޭޓަކު ނެރުމަށް ކުރި މަޝްވަރާތަކުގައި ގިނަ ގައުމުތަކެއްގެ އޮފިޝަލުންނަށް އިއްތިފާގުވެވުނު އެއް ނަމަކީ، ފީފާގެ ކައުންސިލްގެ ނައިބު ރައީސަކަށް މަސައްކަތް ކުރައްވަމުން އަންނަ މޮންޓަގްލިއާނީ އެވެ. މީގެ ކުރިން، ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ މޮންޓަގްލިއާނީ އަށް ޔުއެފާގެ ތާއީދު ލިބުނު ކަމުގައި ވިޔަސް ހަމައެކަނި އެ ބައްރުން އޭނާ އަށް ފީފާގެ ރައީސްގެ މަގާމަށް ނާދެވޭނެ އެވެ. 

ފީފާގެ ރައީސްކަން 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ އިންފަންްޓީނޯ އަށް އިތުބާރު ގެއްލެން ދިމާވި އެންމެ ބޮޑު ސަބަބަކީ، މި ފަހުން، އޭނާ ގެންނަން މަސައްކަތް ކުރި، ފީފާ ފޯވާޑް އެންޓަޕްރައިޒަސް (އެފްއެފްއީ)ގައި ހިމަނާފައިވާ ކަންކަމުގެ ސަބަބުންނެވެ. 

ނޯތު/ސެންޓްރަލް އެމެރިކާ އަދި ކެރީބިއަން ފުޓްބޯލް އެސޯސިއޭޝަން ތަމްސީލްކުރާ ފެޑެރޭޝަން ކޮންކަކަފްގެ ރައީސް، މޮންޓަގްލިއާނީ އާއި ފީފާގެ ރައީސް އިންފަންޓީނޯ.
ނޯތު/ސެންޓްރަލް އެމެރިކާ އަދި ކެރީބިއަން ފުޓްބޯލް އެސޯސިއޭޝަން ތަމްސީލްކުރާ ފެޑެރޭޝަން ކޮންކަކަފްގެ ރައީސް، މޮންޓަގްލިއާނީ އާއި ފީފާގެ ރައީސް އިންފަންޓީނޯ.

އަމިއްލަ އިންވެސްޓަރުންނަށް ފީފާގެ މުބާރާތްތަކުގެ ކޮންޓްރޯލް ލިބޭ ގޮތަށް، ފީފާ ވޯލްޑް ކަޕްގެ ހިއްސާއެއް ވެސް ވިއްކާލެވޭ ގޮތަށް ފަށަން ފީފާ އިން މަސައްކަތް ކުރަމުން އައި، ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ މަސައްކަތް ގޮތް ހުސްވެގެން ހުއްޓާލަން ފީފާ އިން ވަނީ ނިންމައިފަ އެވެ. އެ ނިންމުމާ ދެކޮޅަށް އެންމެ ފުރަތަމަ އަޑުއުފުލި، ފެޑެރެޝަނަކީ ޔުއެފާ އެވެ. ޔުއެފާ އިން ނިންމީ އެ ގޮތަށް ފީފާ އިން ނިންމައިފިނަމަ، ވޯލްޑް ކަޕް ބޮައިކޮޓް ކުރާށެވެ. 

ޔުއެފާ އާއި ކޮންކަކަފްގެ އިތުރުން، އޭއެފްސީން ކެނޑިނޭޅި ކުރި ޕްރެޝަރާ އެކު، ފީފާ އިން އެފްއެފްއީ ހުއްޓާލަން ނިންމި ނިންމުމަށް މަރުހަބާ ކިޔުމަށް ޔުއެފާ އިން ނެރުނު ބަޔާނުގައި ވަނީ އިންފަންޓީނޯ އަށް ފާޑުކިޔައިފަ އެވެ. އެ ގޮތުން، ޔުއެފާ އިން ބުނެފައިވަނީ، ފީފާގެ މި ނިންމުމަކީ، މުޅި ފުޓްބޯޅަ އަށް ލިބުނު ކާމިޔާބެއް ކަމަށެވެ. 

ފީފާ އަށް ނާކާމިޔާބުވި، ޖުމްލަ އެކު، 20 ބިލިއަން ޑޮލަރުގެ އެފްއެފްއީ އިންވެސްޓްމަންޓް ޕްލޭނަކީ، އިންފަންޓީނޯ އާއި، އެެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ބައިވެރިވުން އޮތް ކަމެއް ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ތުހުމަތުކުރެ އެވެ. އެއީ، ފީފާގެ ވިސްނުން ހުރީ، އެފްއެފްއީގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައި، ޓްރަމްޕާ ގުޅުން އޮތް ކުންފުންޏެއް ކަމަށްވާ ތުރައިވް އެޓާނަލް އަށް ދޭ ގޮތަށެވެ. މިއީ، އިންފަންޓީނޯ އަށް ވެސް ކޮންމެ މަހަކު، އެތައް މިލިއަން ޑޮލަރު ފައިދާއެއް ވާނެ ޑީލެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔުއެފާ އިން ވަނީ، އެފްއެފްއީގެ ކަންކަން ބެލުމުގެ މަސައްކަތް ފަށައިފަ އެވެ. އެ ގޮތުން، މި މަހު އެއް ވަނަ ދުވަހު ޔުއެފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެފްއެފްއީއާ ގުޅޭ ހުރިހާ މައުލޫމާތުތަކެއް އެއްކޮށް، އެ އަށް ރައްކާތެރިވެ، އެ މައުލޫމާތުތައް ބޭނުންވާ ހުރިހާ ފަރާތަކަށް ދެއްކުމަށްޓަކައި، ފީފާ އިން ތައްޔާރުވާން ޖެހޭ ކަމަށެވެ. އަދި، އެފްއެފްއީއާ ގުޅޭ އެއްވެސް މުހިންމު މައުލޫމާތުތަކެއް ހިމެނޭ ލިޔެކިޔުމެއް ގެއްލިއްޖެނަމަ، ޔުއެފާ އިން ފީފާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް ޔުއެފާ އިން ވަނީ އަންގައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox