ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

Nov 20, 2026, 3:45 PM
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ވާހަކަ ދައްކަނީ.-- ފޮޓޯ: އިސްމާއިލް ތޯރިގު /  އަދަދު ސްޕޯޓްސް

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ވާހަކަ ދައްކަނީ.-- ފޮޓޯ: އިސްމާއިލް ތޯރިގު / އަދަދު ސްޕޯޓްސް

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށައިގެން ފުރަތަމަ ހަ މެޗު ކުޅުނުއިރު، ބޮޑު ދެ ބްރޭކް އައިސްފައިވާ ކަމަށާއި އޭގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ހެދި "ލީގުގެ ފީލް އެއް" ނީންނަ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ. 

ދިވެހި ޕްރިމިއާ ލީގު ފެށީ ސެޕްޓެމްބަރު 10 ވަނަ ދުވަހު އެވެ. އޭގެ ފަހުން، އައި ފުރަތަމަ އިންޓަނޭޝަނަލް ބްރޭކުގައި 17 ދުވަހަށް ލީގު މެދުކަނޑާލި އެވެ. އޮކްޓޫބަރު ނުވަ ވަނަ ދުވަހު އަލުން ލީގު ފެށުމަށް ފަހު، ސާފް ޗެމްޕިއަންޝިޕްގެ ތައްޔާރީތަކާ އެކު، ލީގުގެ ކުޅުން އޮކްޓޫބަރު 22 އިން ނޮވެމްބަރު 22 އަށް މެދުކަނޑާލި އެވެ. 

ތިރީސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ލީގުގެ ކުޅުން ފަށާނީ އާދިއްތަ ދުވަހު އެވެ. ފުރަތަމަ މެޗުގައި ކުޅޭނީ އޮޑި ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް އެވެ. 

"ކޮންމެ ގޮތެއް ވިޔަސް ވަރަށް ބޮޑު އުނދަގޫތަކެއް އެބަހުރި، ލީގު މި ކިޔަނީ ކޮންޓިިނިއުޓީ އަކަށް ކަންނާނގެ ދޯ. އެކަމަކު، ތިން މެޗު ކުޅެފައި ބްރޭކަކަށް އައިސްފައި. ޓީމުތަކުން ޕްލޭޔަރުން ގެއްލިފައި. އަނެއްކާ ޓީމުތަކާ އެކުލަވާލަން ވެފައި. ކުރު މުބާރާތްތަކެއް ކުޅޭހެން ކަންނޭނގެ ފީލްވަނީ، ލީގު ފީލެއް ނީނދޭ ދޯ، ކޮންޓިނިއުޓީއެއް ޓީމުތަކުގެ މެޗު ފިޓްނަސް އާއި ޕާފޯމަންސާ އެއްޗެހި، ކޮންޓިނިއުޓީއެއް  ނާންނާތީވެ، އުނދަގޫވޭ ލީގު މި ހިސާބަށް އައިއިރު،" ބްރޭކަކަށް ފަހު އަނެއްކާ ވެސް އަލުން ލީގު ފަށާއިރު ހުރި ގޮންޖެހުންތަކަށް އިޝާރާތްކޮށް އާތީ ބުންޏެވެ. 

"ޓީމުގެ ޕްރެޕަރޭޝަނަށް، ޓީސީ ކަހަލަ ޓީމަކަށް ރަނގަޅު، އެއީ، ލިމިޓެޑް މަދު ނެޝަނަލް ޕްލޭޔަރުން ތިބޭ ޓީމުތަކަށް މީގެ ފައިދާ ބޮޑު،" 

ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލް ހަދާއިރު އިންޓަނޭޝަނަލް ކަލަންޑަރަށް ބަލަންޖެހޭ

ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލް އެކުލަވާލާއިރު ފީފާ އާއި އޭއެފްސީގެ ކަލަންޑަރަށް ބަލައި، ދުރާލައި ރޭވުން މުހިންމު ކަމަށް ޓީސީގެ ކޯޗު މުހައްމަދު އާތިފް ބުނެފި. ލީގު ފެށިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ގިނަ ޓީމުތަކުން ދެ މެޗެއް ކުޅުނުތަނުން، ދިގު ބްރޭކެއް އައުމަކީ ޓީމުތަކުގެ ކުޅުމަށް އަސަރުކުރާނެ ކަމެއްކަން އޭނާ ފާހަގަކުރި

އާތީ ބުނީ ޗެލެންޖް އޮތީ ކުޅުންތެރިން ފިޒިކަލީ ޓްރެއިިނިންތައް ގެންދިއުމަށް ފަހު މެޗު ނުކުޅެ ހަމައެކަނި ފަރިތަކޮށްލަން ތިބެގެން ކުރެވޭނެ ކަމެއް ނެތުން ކަމަށެެވެ. 

"އެކަމަކު ކޮންޓިނުއަސް މެޗުތަކެއް މެދުކެނޑުމެއް ނެތި ނުލިބޭތީ، އަލުން ކޮންމެވެސް އެއްޗެއް ކޮންމެ ޓީމެއް ވެސް މި ކުޅެނީ. ޕްރެޕެއާ ވުމަށާއި އިދިކޮޅު ޓީމު އެނަލައިޒްކުރުމަށާ އަމިއްލަ ޓީމުގެ މޮޓީވޭޝަން ދެން އެޓޭކިން އެއްޗިއްސަށް މީގެ ވަރަށް ބޮޑަށް އިފެކްޓް ކުރޭ މި ގޮތަށް ލީގު ކުރިއަށްދާތީވެ،" މީގެ ކުރިން ވެސް ލީގު ޝެޑިއުލް މި ގޮތަށް ދާތީވެ، ކަންބޮޑުވުންތައް ހިއްސާކުރި އާތީ ބުންޏެވެ. 

ލީގުގެ ހަ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ޓީސީ އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. އާތީ ބުނީ، ޓީސީ ގައި މިހާރު އޮތް ސްކޮޑަށް ބަލާއިރު، މިއީ މިދިޔަ އަހަރަށް ވުރެން "ތަންކޮޅެއް އާދައިގެ" ޓީސީއެއް ކަމަށެެވެ. މިދިޔަ އަހަރު ކުޅުނު ހަ ވަރަކަށް ރަނގަޅު ކުޅުންތެރިން އެ ޓިމުން ދިއުމުން، އަލަށް ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިން ލައިގެން ރަނގަޅު މަސައްކަތެއް ކުރެވޭތޯ ބަލަމުން އަންނަ ކަމަށް އާތީ ބުނެފި އެވެ. 

އާތީ ބުނީ ޓީސީގައި މި ވަގުތު ވެސް ރަނގަޅު ކުޅުންތެރިން އެބަތިބި ކަމަށާއި ރަނގަޅުކުރެވޭނީ މެޗުތަކެއް ގިނައިން ކުުޅުވައިގެން ކަމަށެވެ. އެ ގޮތަށް ވިސްނާއިރު މި ވަގުތު ޓީސީގެ ވަކިވަކި ކުޅުންތެރިންގެ ކުޅުން އެ ގޮތަށް ތަފާތުކޮށް ނުފެނިދާނެ ކަމަށާއި އެކަމަކު، ކުރިއަށް އޮތްތަނުގައި ޓީސީ ކުރީގެ ލެވަލްގައި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އާތީ ވަނީ ބުނެފަ އެވެ. 

ރާއްޖޭގެ ކްލަބްތަކުން މަސައްކަތް ކުރަނީ ވަރަށް "ދޯދިޔާކޮށް" ކަމަށް ބަޔަކަށް ހީވި ނަަމަވެސް، ކްލަބްތަކުން އިދިކޮޅު ޓީމުތަކުގެ ކަންކަން ބެލުމުގައި ވީޑިއޯ އެނަލައިސިސް ވެސް ހަދައި، ވަކިވަކި ކުޅުންތެރިން ދެނެގަނެ، ރޭވުންތައް ރާވާ ކަމަށް އާތީ ވަނީ ބުނެފަ އެވެ. އެކަމަކު، 25 ވަރަކަށް ދުވަހުގެ ބްރޭކެއްގެ ތެރޭގައި ގިނަ ކަންތައްތަކެއް ހިނގާއިރު، ކުރީގެ މެޗުތަކުގެ ހާލަތާއި މިހާރު ޓީމުތަކުގެ ލެވަލް ތަފާތުވުމުގެ ޖާގަ ބޮޑު ކަމަށް އާތީ ވަނީ ބުނެފަ އެވެ. 

ކުރިއަށް އޮތް މެޗު ކުޅެން ޖެހޭ އޮޑި އަކީ މިދިޔަ އަހަރުގެ ލީގުގެ ދެ ވަނަ ޓީމު ކަމަށާއި އެ އަށް ބަލާއިރު ވެސް ޓީސީ އަށް ވުރެން އޮޑި ރަނގަޅުވާނެ ކަމަށް އާތީ ވަނީ ބުނެފަ އެވެ. 

"އެކަމަކު ވެސް އޮޑި އަށް އެ ރެސްޕެކްޓް (އިހުތިރާމް) ދީފައި، އަޅުގަނޑުމެން ވެސް ބަލާނަން ޓީސީގެ އެންމެ ރަނގަޅު ޕާފޯމަންސް ދެއްކޭތޯ، އެންމެ ރަނގަޅު ޕާފޯމަންސަކަށް ޓީސީން މި އަހަރު ދައްކާ މެޗަށް ވާނެހެން އޮޑި މެޗު،" އާތީ ބުންޏެވެ. 

ޓީސީގައި މި ވަގުތު ތިބީ 30 އަހަރުން މަތީގެ ތިން ވަރަކަށް ކުޅުންތެރިން ކަމަށާއި ލީގަށް ބަލާއިރު އެންމެ ޒުވާން ސްކޮޑު އޮތީ ޓީސީގައި ކަމަށް ވުުމުގެ ފުރުސަތު އެބައޮތް ކަމަށް އާތީ ވަނީ ބުނެފަ އެވެ. މުސްތަގުބަލުގައި ރާއްޖޭގެ ގައުމީ ޓީމުގައި ވެސް ކުޅޭނެ ލެވަލްގެ ކުޅުންތެރިން މި ވަގުތު ޓީސީގައި އެބަހުރި ކަމަށާއި އެ ކުޅުންތެރިންގެ ތެރެއަށް ތަޖުރިބާ ހުރި ކުޅުންތެރިން ކުރިއަށް އޮތް ޓްރާންސްފާ ތެރޭގައި އިތުރު ކުރަން މަސައްކަތް ކުރާ ކަމަށް އާތީ ވަނީ ބުނެފަ އެވެ. 

"ތަޖުރިބާހުރި ކުޅުންތެރިން ހޯދިއްޖެނަމަ އިތުރަށް ވަަރުގަދަވާނެ،" އާތީ ބުންޏެވެ. 

އޮޑި އާއި ޓީސީގެ މެޗު ފަށާނީ އާދިއްތަ ދުވަހު، 16:00 ގަ އެވެ. އެ މެޗަކީ ލީގުގައި މި ބުރުގައި ރަނގަޅު ހިސާބެއްގައި ނިންމަން ދެ ޓީމަށް ވެސް ޕޮއިންޓް މުހިންމު މެޗެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

އެފްއޭއެމްގެ އޮފިޝަލެއް ނެތް، ޓްރޮފީއާ ހަވާލުވީ ނޫސްވެރިއެއް!

ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ ޓްރޮފީ ރާއްޖެއަށް ލިބުނުއިރު، އެފްއޭއެމްގެ އޮފިޝަލަކު ނެތުމުން އެއާ ހަވާލުވީ ދިވެހި ނޫސްވެރިއެއް. އެފްއޭއެމް އިން ބުނި ގޮތުގައި ޓްރޮފީ ލިބޭކަން ސާފް އިން އެންގީ ވަރަށް ކުޑަ ވަގުތުކޮޅެއް އޮއްވާ ކަމަށާއި، ނޫސްވެރިއަކު ސްޓޭޖަށް އެރީ ސާފްގެ އޮފިޝަލުން އެދިގެން

އިންފަންޓީނޯގެ ޝަރުތު ހަމަވޭތޯ ގާނޫނީ ގޮތުން ބެލި

ފީފާގެ ރައީސްކަމަށް ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ޖިއާނީ އިންފަންޓީނޯގެ ޝަރުތު ހަމަވޭތޯ އިނގިރޭސި އެފްއޭއިން ގާނޫނީ ގޮތުން ބަލައިފި. ފީފާ ކައުންސިލުން ނިންމާފައިވަނީ އިންފަންޓީނޯގެ ފުރަތަމަ ދައުރަކީ ބާކީ އޮތް މުއްދަތެއް ފުރިހަމަކުރުން ކަމަށްވާތީ، އޭނާއަށް އިތުރު ދައުރަކަށް ކުރިމަތިލެވޭނެ ކަމަށް

އުމުރުން 38 އަހަރުގައި މަޓާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ސްޕެއިނާއެކު ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށް، ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ފަދަ ބޮޑެތި ކްލަބްތަކަށް ކުޅުނު ހުއާން މަޓާ އުމުރުން 38 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. ކުޅުމުން ރިޓަޔާކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް ފުޓްބޯޅައިގެ ދާއިރާއިން ފެންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕާކިސްތާން ފުޓްބޯޅަ ކުރިއަރާނީ ޕްރޮފެޝަނަލް ލީގެއް އޮވެގެން

ޕާކިސްތާން ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އެ ގައުމުގައި ވަރުގަދަ ޕްރޮފެޝަނަލް ލީގެއް އޮތުން މުހިންމު ކަމަށް ގައުމީ ކޯޗު ނޮލްބާޓޯ ސޮލާނޯ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ހަމައެކަނި ބޭރުގައި ކުޅޭ ކުޅުންތެރިންނަށް ބަރޯސާވުމުގެ ބަދަލުގައި، ލޯކަލް ކުޅުންތެރިން ކުރިއެރުވޭނީ ގަވާއިދުން ކުޅޭނެ ލީގެއް އޮވެގެން

Newsletter

Get the latest news delivered straight to your inbox