ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

Nov 19, 2026, 6:20 PM
ރަމޮން ވޭގާ: އިނގިރޭސި ކްލަބްތަކަށް ކުރިން ކުޅުނު ސްވިޒަލެންޑްގެ ކުޅުންތެރިޔާ، ވޭގާ ވަނީ ފީފާ ރައީސް ކަމަށް ކުރިމަތިލާން އިއުލާނުކޮށްފައި، އެކަމަކު، ކެންޑިޑެސީ ލިސްޓުގައި އޭނާގެ ނަމެއް ނެތް.

ރަމޮން ވޭގާ: އިނގިރޭސި ކްލަބްތަކަށް ކުރިން ކުޅުނު ސްވިޒަލެންޑްގެ ކުޅުންތެރިޔާ، ވޭގާ ވަނީ ފީފާ ރައީސް ކަމަށް ކުރިމަތިލާން އިއުލާނުކޮށްފައި، އެކަމަކު، ކެންޑިޑެސީ ލިސްޓުގައި އޭނާގެ ނަމެއް ނެތް.

ޒިއުރިކް، ސްވިޒަލެންޑް (ނޮވެމްބަރު 19) - އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކުރިއިރު، އިނގިރޭސި ކްލަބްތަކަށާއި ސްވިޒަލެންޑް ގައުމީ ޓީމަށް ކުރިން ކުޅުނު ރަމޮން ވޭގާ ބާކީވެއްޖެ އެވެ. 

ވޭގާ ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ފީފާގެ އިންތިހާބުގައި ވާދަކުރާނެކަން އިއުލާނުކޮށްފަ އެވެ. އެކަމަކު، ފީފާގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު، ކެންޑިޑެސީގެ ޝަރުތުހަމަވާ ތިން ކެންޑިޑޭޓުންގެ ނަން ފީފާއިން އިން އިއުލާނުކުރިއިރު، ވޭގާގެ ނަމެއް ނެތެވެ. 

މީގެ ކުރިން 2019 ވަނަ އަހަރު ވެސް ވޭގާ ވަނީ ފީފާ ރައީސަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެެވެ. އެ ފަހަރު ވެސް ކެންޑިޑެސީގެ ޝަރުތުތައް ފުރިހަަމަ ކުރެވޭގޮތެއްނުވި އެވެ. މި ފަހަރުގެ އިންތިހާބުގައި ދިމާވި ކަމެއް ރަސްމީކޮށް ހާމަކޮށްފައިނުވި ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި، އޭނާ އަށް ފީފާގެ ރައީސަކަށް ކުރިމަތިލާން ބޭނުންވާ ފަސް ފެޑެރޭޝަނެއްގެ ސަޕޯޓް ލިޔުން ވެސް ހަމަނުކުރެވުނީ އެވެ. 

ފީފާ އިން އިއުލާނުކުރި ކެންޑިޑޭޓުން: (ކ،ވ): ޓަޝީމާ، އިންފަންޓީނޯ އަދި ޑިއާލޯ
ފީފާ އިން އިއުލާނުކުރި ކެންޑިޑޭޓުން: (ކ،ވ): ޓަޝީމާ، އިންފަންޓީނޯ އަދި ޑިއާލޯ

ފީފާ އިން މިއަދު ކެންޑިޑެސީ ހުށަހެޅި ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު ހިމެނެނީ، 2016 އިން ފެށިގެން އެ ފެޑެރޭޝަނުގެ ރައީސަކަށް ހުންނެވި ޖިއާނީ އިންފަންޓީނޯ އާއި ޔޫރަޕްގެ ގައުމުތަކުގެ ތާއީދާ އެކު ނެރުނު ފްރާންސް ފެޑެރޭޝަންގެ ރައީސް، ފިލިޕޭ ޑިއާލޯ އަދި ޖަޕާން ފުޓްބޯޅައިގެ އޮނޮރަރީ ރައީސް، ކޯޒޯ ޓަޝީމާ އެވެ. 

ފީފާ އިން މިއަދު ބުނީ، މިނިވަން އިލެކްޓޯރަލް ކޮމިޓީ އަކުން ތިން ކެންޑިޑޭޓުން ހުށަހެޅި ލިޔެކިޔުންތަކުގެ ސައްހަކަން ކަނޑައަޅަން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަންކަން ފުރިހަމަ ކުރަމުން އަންނާނެ ކަމަށެވެ. ފީފާ އިން ބުނީ، ރައީސަކު ހޮވަން ވޯޓުލުން ކުރިއަށްގެންދާނީ އަންނަ އަހަރުގެ މާޗް މަހު 18 ވަނަ ދުވަހު އެވެ. އެއީ، މޮރޮކޯގެ ރަބަތުގައި ކުރިއަށްދާ 77 ވަނަ ފީފާ ކޮންގްރެސްގަ އެވެ. 

 ފީފާގެ ރައީސްގެ މަގާމު ލިބޭނީ، ފީފާ މެމްބަރު، 211 ގައުމުގެ ތެރެއިން، މަދުވެގެން 106 ގައުމުގެ ތާއީދު ހޯދައިގެންނެވެ. މި ވަގުތަށް ބަލާއިރު، އިންފަންޓީނޯ އަށް މި ވަނީ، 47 ގައުމު ހިމެނޭ އޭއެފްސީ އާއި 54 ގައުމު ހިމެނޭ އެފްރިކާގެ ކާފްގެ ތާއީދު ލިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މާޒިޔާ އާއި ނިއު ރޭޑިއަންޓް ވަރުގަދަ ފެށުމާ އެކު ކުރިއަށް

އެފްއޭއެމް ވިމެންސް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، މާޒިޔާ އާއި ނިއު ރޭޑިއަންޓުން މުބާރާތުގެ ވަރުގަދަ ފެށުމެއް ދަމަހައްޓައިފިއެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ދެ ޓީމަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. މި މުބާރާތުގެ ފޯރިގަދަ މެޗެއްގައި އަންނަ އާދިއްތަ ދުވަހު ނިއު އާއި މާޒިޔާ ބައްދަލުކުރާނެއެވެ.

ސިޓީއާ ޔުނައިޓެޑުން އަރާހަމަކުރާނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެ ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމަކަށް އަލުން ޔުނައިޓެޑް ހަދައި، ސިޓީގެ ކުރި ހޯދާނެ ކަމަށް. ލީގުގެ 18 ވަނައިގައި އޮތް ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ވަގުތު ބޭނުންވާނެ ކަމަށާއި، ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައި.

އެމްއައިބީން ގައުމީ ބިލިއާޑު ޗެމްޕިއަންކަން ހޯދައިފި

ޤައުމީ ބިލިއާޑް މުބާރާތުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް 3-2 އިން ބަލިކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. ޖުމްލަ 10 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައި.

ލުކާކޫ، 16 އަހަރަށް ފަހު ބެލްޖިއަމް ޓީމުން ރިޓަޔާކޮށްފި

ބެލްޖިއަމްގެ ގައުމީ ޓީމަށް 16 އަހަރު ކުޅެދިނުމަށްފަހު، އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރޮމެލޫ ލުކާކޫ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި. ޖުމްލަ 135 މެޗުން 94 ލަނޑު ކާމިޔާބުކޮށްފައިވާ ލުކާކޫ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން ޔޫރޯ ކޮލިފައިންގެ ރެކޯޑް އޮތް ކުޅުންތެރިޔާ

ލިބުނީ މަދު ވަގުތުކޮޅެއް، ޝަކުވާނުކޮށް ހޯދައިދިނީ ސާފްގެ ތަށި!

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިންޑިއާ ޓީމަށް ތައްޔާރުވާން މަދު ވަގުތުކޮޅެއް ލިބުނުއިރު، މުބާރާތުގެ ތެރެއިން މުހިންމު ކުޅުންތެރިންތަކެއް ޓީމުން ވަކިވުމުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު. ނަމަވެސް ކޯޗު ނައުޝާދުގެ އިރުޝާދުގެ ދަށުން، ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށްގެން އިންޑިއާ އިން ވަނީ ޝަކުވާއެއް ނެތި ތަށި ހޯދާފައި

ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ އެވޯޑް ރާއްޖެ އަށް

ބަންގްލަދޭޝްގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ، މުބާރާތުން ކެޓި ނަމަވެސް، މުޅި މުބާރާތުގެ ފެއާޕްލޭ އެވޯޑް ރާއްޖެއަށް ވަނީ ލިބިފައި. މިއީ ލަނޑެއް އަދި ޕޮއިންޓެއް ނުލިބި ރާއްޖެ މި މުބާރާތުން ކެޓި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއަށް ލިބުނު އެންމެ ދަށް ނަތީޖާއ

ރިވައިވަލް ބެޑްމިންޓަން ޗެލެންޖް ތަށި ހައިޝަމް އާއި ނަބާ އަށް

އެމްއައިބީ ރިވައިވަލް ބެޑްމިންޓަން ޗެލެންޖުގެ ފިރިހެން ސިންގަލްސް ތަށި ހައިޝަމް އިބްރާހިމް އަލީ ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ ފާތިމަތު ނަބާހާ އެވެ. މި މުބާރާތުގެ ފިރިހެން ޑަބަލްސް ޒަޔާން އާއި ނިބާލް ކާމިޔާބުކުރިއިރު، އަންހެން ޑަބަލްސް ތަށި ހޯދީ ނަބާ އާއި ނަބީހާގެ ޕެއާ އިންނެވެ.

Newsletter

Get the latest news delivered straight to your inbox