ލިޔެކިޔުންތައް އާންމުކުރަން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް ދީފި

Oct 19, 2026, 11:06 PM
ފީފާގެ ރައީސް އިންފަންޓީނޯ: އޭނާ އަށް މަގާމުގައި ދެމިހުންނަށް ޕްރެޝަރު އަންނަނީ ބޮޑުވަމުން.

ފީފާގެ ރައީސް އިންފަންޓީނޯ: އޭނާ އަށް މަގާމުގައި ދެމިހުންނަށް ޕްރެޝަރު އަންނަނީ ބޮޑުވަމުން.

ޒިއުރިކް، ސްވިޒަލެންޑް (އޮކްޓޫބަރު 19) - ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާގައި މިހާރު އޮތް ލީޑަޝިޕާ ގުޅޭގޮތުން މައްސަލަ ބޮޑުވި ހުރިހާ ލިޔެކިއުމެއް އާންމުކުރުުމަށް، އެ ފެޑެރޭޝަންގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ދެ ހަފްތާގެ މުހުލަތެއް ދީފި އެވެ. 

މި ލިޔެކިޔުންތައް ހޯދުމަށް، ޔުއެފާ އިން ވަނީ ފީފާގެ ރައީސް އިންފަންޓީނޯގެ ލީޑަޝިޕް ގޮވައިގެން އެމެރިކާގެ ކޯޓަކަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.

ޔުއެފާ އިން ފީފާ އަށް ފޮނުވި ސިޓީގައި ވަނީ، އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ކުރިން، ފީފާ އިން މި ފަހުން އެކި މައްސަލަތަކާއި ޕްރޮޖެކްޓްތަކުގައި އަމަލުކުރި ގޮތްގޮތުގެ ލިޔެކިޔުންތައް އާންމުކުރަން ގޮވާލައިފަ އެވެ. 

Advertisement

ފީފާގެ މައްސަލަ ބޮޑުވި ހުރިހާ ލިޔެކިއުމެއް އާންމުކުރަން އިންފަންޓީނޯ އަށް ގޮވާލައިިފި

ފީފާގެ މުބާރާތްތަކުގެ ރައިޓްސް ވިއްކާލަން އުޅުނު މައްސަލައާއި ބައެއް ނިންމުންތަކާ ގުޅޭ ލިޔެކިޔުންތައް އާންމުކުރުމަށް އިނގިރޭސި އެފްއޭގެ ޗެއާމަން ޑެބީ ހެވިޓް، ފީފާގެ ރައީސް އިންފަންޓީނޯއަށް ގޮވާލައްވައިފި. ޔޫއެފާއިން ވެސް އަންނަނީ އިންފަންޓީނޯއާ ދެކޮޅަށް އެމެރިކާގެ ތިން ކޯޓެއްގައި މައްސަލަތައް ކުރިއަށްގެންދަމުން.

އެ ސިޓީގައި ޔުއެފާ އިން ވަނީ، މިދިޔަަ ބުރާސްފަތި ދުވަހު ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ފީފާގެ ރައީސް، އިންފަންޓީނޯ އަށް މެމްބަރުން ކުރިމަތިކުރުވި މުހިިންމު ސުވާލުތަކުގެ ޖަވާބު ލިބިފައިނުވާ ކަމަށް ވެސް ހިމަނައިފަ އެވެ. އިންފަންޓީނޯ ވަނީ ކައުންސިލް ބައްދަލުވުމުގައި އޭނާ އަށް ހެދުނު ގޯސްތަކަށް މައާފަށް ވެސް އެދިވަޑައިގެންފަ އެވެ. އެކަމަކު، އެކި އޮފިޝަލުންގެ ސުވާލުތަކަށް އެކަށޭނެ ޖަވާބެއް ދޭން އިންފަންޓީނޯ އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ. 

ފީފާ އިން އާންމުކުރަން ދެކޮޅު ހަދާ މުހިންމު ލިޔެކިޔުންތަކަށް ބަލާއިރު، ފީފާގެ މުބާރާތްތަކުގެ ރައިޓްސް، ވޯލްޑް ކަޕް ހިމެނޭހެން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އާއިލީ ގުޅުން އޮންނަ ކުންފުންޏަކަށް ވިއްކާލަން އުޅުނު ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ) ޑީލުގެ ލިޔެކިޔުންތަކަށް ހާއްސަ ސަމާލުކަމެއް ވަނީ ލިބިފަ އެވެ. އަދި، މި ފަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި އޮތް ފީފާ ވޯލްޑް ކަޕްގެ ތެރެއިން، އެމެރިކާގެ ފޯވާޑް، ފަލޮރިން ބަލޮގަން އަށް ދެއްކި ރަތް ކާޑަށް މާފު ދޭން ނިންމި ގޮތުގެ ލިޔެކިޔުންތައް ވެސް ޔުއެފާ އިން ރިލީސްކުރަން އެދޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެ އެވެ. 

މީގެ އިތުރުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ފީފާގެ ރައީސް އިންފަންޓީނޯ، އިސްވެ ހުންނަވައި، އެމެެރިކާގެ ރައީސް ޓްރަމްޕް އަށް ފީފާ ޕީސް ޕްރައިޒް އެވޯޑް ދޭން ނިންމި ގޮތުގެ ތަފްސީލް ހޯދަން ވެސް ޔުއެފާ އިން ވަނީ ހުށަހަޅައިފަ އެވެ. 

ޔުއެފާ އިން ފޮނުވި ސިޓީއާ ގުޅޭގޮތުން، މިހާތަނަށް ފީފާ އިން ރަސްމީކޮށް ވަކި ގޮތެއް އިއުލާނުކޮށްފައިނުވެ އެވެ. 

ފީފާގެ ރައީސްގެ މަގާމު 2016 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އަންނަ އިންފަންޓީނޯ ވަނީ އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox